21:53

ހއ. ދިއްދޫން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވެއްޖެ.

21:49

އަތޮޅު ތެރެއިން މިހާރު އެންމެ ގިނައިން މީހުން ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުންދާ ގދ. ތިނަދޫ ބަންދުކޮށްފައި އޮންނަތާ މަސްވެއްޖެ.

17:34

އިއްޔެ މޮނީޓަރިންގ ހާލަތަށް ގެނައި ހއ. ދިއްދޫގައި ކާފިއު ވަގުތު އިތުރު ކުރިކަން އެނގިފައި ނުތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ

15:31

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ޖަމާއަތް ހަދައިގެން މިއަދުގެ ހުކުރު ނަމާދު ބައެއް މިސްކިތް ތަކުގައި ކޮށްފި

11:12

20000 އަހަރު ކުރިން ކޮރޯނާވައިރަސްގެ ބަލިމަޑުކަމެއް ފެތުރިފައިވޭ!


ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހިފެހެއްޓިފައި އޮތް ނަމަވެސް އަދިވެސް އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. މިއަދު ވެސް 150 އަށް ވުރެ ގިނަ މީހުން އަތޮޅުތެރެއިން ކޮވިޑަށް ފައްސިވިއެވެ. މިހާރު ވެސް 50 އަށް ވުރެ ގިނަ ރަށްތައް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ބައެއް ރަށްތަކުގައި ކޮންޓްރޯލް ކުރަން ދަތިވެފައި ވާއިރު އަތޮޅުތަކުގެ ރަށްތަކުން އަދިވެސް މުޅިން އަލަށް ކޮވިޑަށް ފައްސިވާ މީހުން ވެސް ދަނީ ފާހަގަ ކުރެވެމުންނެވެ. ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް މާލެ އިން ރަށްތަކަށް ނުދެވޭނެ ކަމަށް ނިންމާފައި އޮތް ނަމަވެސް އިއްޔެ ސްކޫލްތައް ބަންދުވުމާއިއެކު މިއަދު ގިނަ ބަޔަކު ވަނީ އަތޮޅުތަކަށް ފުރަން ފަށާފައެވެ. އެހެންކަމުން ރަށްތަކަށްދާ މީހުން ރަނގަޅަށް މޮނިޓަރ ނުކުރެވިއްޖެނަމަ އަނެއްކާވެސް ބައެއް ރަށްތަކުގެ ހާލަތު ގޯސްވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

މިއަދު 212 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 52 މީހުން ފައްސިވީ މާލެ އިންނެވެ. 157 މީހުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން ދެމީހުން އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދަކީ ފާއިތުވި ތިން ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. ނަމަވެސް މިއަދަކީ މިމަހުގެ 18 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

މިއަދު 4959 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %4 އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 4262 މީހުންނަށެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 38 މީހުންނަށެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އޭޕްރީލް މަހު ވެސް ދަށަށް ނުދާ މިންވަރަކަށް ދަށަށް ގޮސްފައެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުމާފުޅު- ހިރިލަންދޫ

    ޓެސްޓު ކުރުންމަދުވީ