މިއަދު އޮތް އާއިލީ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލުކުރެވުނީ ބިއްލޫރި ދޮރެއްގެ ބިއްދޮށުން ކަމަށް، އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބުނެފިއެވެ.
ނަޝްވާ ބުނެފައިވަނީ، މިއަދު އޮތް އާއިލީ ބައްދަލުވުމަކީ މަހެއްހައި ދުވަސް ފަހުން ދީފައިވާ އާއިލީ ބައްދަލުވުމެއް ކަމުގައިވާއިރު، ފިރިކަލުންނާއި ބައްދަލުކުރަން ޖެހުނީ، ބިއްލޫރި ދޮރެއްގެ ބިއްދޮށުން ކަމަށާއި، ވާހަކަ ދައްކަން ޖެހުނީ އެތަނުގައި ހުރި ފޯނެއް މެދުވެރިކޮށް ކަމަށެވެ.
މިއަދުގެ ބައްދަލުވުމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ނަޝްވާ ޓްވީޓުކޮށްފައި ވާއިރު، މީގެ ކުރިން އާއިލީ ބައްދަލުވުން ނުދޭކަމަށް ބުނެވެސް އަދީބުގެ އާއިލާއިން ވަނީ ޝަކުވާ ހުށަހަޅާފައެވެ. ކުރިން ކޮންމެ ހަފްތާއެއްގައި އަދީބަށް އާއިލީ ބައްދަލުވުމަށް ފުރުސަތު ދެމުންދިޔައިރު، މިހާރު ދޫނިދޫގައި ހުންނެވި އަދީބަށް އެ ފުރުސަތު ލިބެނީ މަހަކު އެއްފަހަރު އެވެ.
ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބުނެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށްވެސް އަދީބުގެ އާއިލާއިން ކުރިން އެދިފައި ވެއެވެ. އެގޮތުން އަދީބުގެ ކިޑްނީގައި ހިލަ އުފެދުމާއި، އެތެރެހަށީގައި ސިސްޓް އުފެދުމާއި، ލޮލުގެ ނުރައްކާތެރި ބައްޔެއް ޖެހިފައިވުން ފަދަ ސިއްޙީ ނުރައްކާތަކާއި ކުރިމަތިވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް މިކަންކަމަށް އެކަށީގެންވާ ފަރުވާ އަދީބަށް ނުލިބޭ ކަމަށް ބުނެ އަދީބުގެ ވަކީލުންނާއި އާއިލާއިން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދީބު ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވައި ދިނުމަށް ވަކީލުންނާއި އާއިލާއިން އެދެމުންދާއިރު، މީގެ ކުރިން ރާއްޖޭގެ ޖަލުތަކުގައި ޙުކުމް ތަންފީޒުކުރައްވަމުން ގެންދެވި ސިޔާސީ ބައެއް އިސް ބޭފުޅުން ވަނީ، އެ ފުރުސަތު ދެއްވުމުން ޙުކުމަށް ފިލައިގެން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އަނބިކަނބަލުން އަދީބާއި ބައްދަލުކުރީ ބިއްލޫރި ދޮރެއްގެ ބިއްދޮށުން ކަމަށް ވާނަމަ އެއީ އެއްވެސް މައްސަލަ އެއް ނޫނޭ ރާއްޖޭގެ ރައީސް އަކު އިންނެވި ރިޔާސީ ލޯންެޗެއް ގޮއްވާލި މީހަކާއި މެދު ކަންކަން ކުރަން ޖެހޭނީ އެހެންނޭ އެއީ ހަމަ ރަނގަޅަށޭ ކަންކަން އެކުރަނީ. ނޯ ނީޑް ޓު ވޮރީ ދޭއާރ ގޮއިންގް ޑައުން ޑައުން ޑައުން ޑާއުން ޑާއުން ޑާއުން ޑާއުން..
ޢެއްވެސްކަމެއްނެތިތަ އަދީބް އެތާއެހެރީ އަދީބްއަކީ އެންމެބޮޑެތި ކުއްވެރިންގެ ތެރޭގައި ހިމެނޭ ބަޔަކު އޭނާ ވިކްޓިމް އަކަށް ހަދަން މަސައްކަތް ކުރިއަކަސް ހަގީގަތަކީ އެއީ
ތިވަރުވާ ކަމަށްޓަކައި ޝުކުރުވެރިބަލަ..
ކިތައްމީހުން މަރާފަހުރިމީހެށް ތިއަދީބަކީ ކިތަށްޖަރީމާ ހިންގާ ފަހުރީ އެއިރުގަ ހާދަހާ އާރަކާއިބާރެހްހުއްޓޭ
ކޮންކުރިޓް ފާރެއްގަ ލޯވަޅެއް އަޅާފަ އޭގެ ބިއްދޮށުން ބައްދަލުކުރުވިނަމަ މާ ރަނގަޅުވީސް ތި އަދީބަކީ އަހަރުމެންގެ ލޮބުވެތި ރައީސް އަވަހާރަ ކޮށްލުމަށް ރާވާ އަމަލީގޮތުން ބައިވެރިވި މީހެއް އެހެންގައުމެއްނަމަ މީނަ އޮންނާނީ ބަރުޒަހުގެ ޢާލަމުގަ.....