ރައީސް މުހައްމަދު ނަޝީދުގެ ކަނާއަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑަ ކަަމަށް އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ގެ މުގައްރިރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ގޮތް ބެލުމަށް އުފައްދާފައިވާ ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހަށް ދިނުމުގެ ގޮތުން ރޭ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން އަފީފް ވިދާޅުވީ ނަޝީދަށް ފޯނުން އިއްޔެ ގުޅުއްވައިގެން އެމަނިކުފާނުގެ ހާލުކޮޅު އޮޅުންފިލުއްވެވި ކަމަށެވެ.

ނަޝީދުގެ ވައަތުގެ އޮޅަނބޮށީގެ ހަރަކާތުގެ %50 ހުއްޓިފައިވާ ކަމަށާއި އަދި ކަނާއަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑަ ކަމަށް ނަޝީދާއި ހަވާލާދެއްވާ އަފީފް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ ވާތު އުޅަނބޮށީގެ ހަރަކާތް މިވަގުތު ގާތްގަނޑަކަށް %50 އޭ ކުރަނީ. ދެން ކަނާތުގެ ތިން އިނގިލި ވަރަށް ބޮޑަށް އައްސިވެފައިވާ ކަމަށް. އެތިން އިނގިލީގެ ހަރަކާތް ހުރީ ގާތްގަނޑަކަށް %10 ގައި ކަމަށް ވިދާޅުވި. ހަށިގަނޑުގެ ބޭރުފުށުން ލިބުނު އަނިޔާތަކުގެ ތެރެއިން ފައިގަ ހުރި ފާރުގަނޑެއް އަދި ނުހިކި ހުރި ކަމަށް ވިދާޅުވި." އަފީފް ވިދާޅުވިއެވެ.

ކޮމެޓީގެ މަސައްކަތްތަކުގެ މައުލޫމާތު ގައުމީ މަޖިލިސް މެންބަރުންނާއި ހިއްސާ ކުރައްވަމުން އަފީފް ވިދާޅުވީ އެކޮމެޓީން ވަރަށް ގިނަ އިދާރާތަކާއި ބައްދަލުކުރަން އެދިފައި ވީނަމަވެސް އަދި ބައްދަލު ކުރެވުނީ މަޖިލީހުގެ 241 ކޮމެޓީއާއި އެކަނި ކަމަށެވެ.

241 ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ދަނީ ވަަރަށް ޕްރޮފެޝަނަލްކޮށް ކަަމަށް ވިދާޅުވެ އަފީފް ވަނީ ކޮމެޓީގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އަފީފް ވިދާޅުވީ ކޮމެޓީގައި މަޖިލީހުގައި ތަމްސީލު ކުރައްވާ ހުރިހާ ޕާޓީތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށާ އެ ހުރިހާ މެންބަރުންވެސް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ކަމަށެވެ.

241 ކޮމެޓީން 49 ބޭފުޅަކާ ބައްދަލުކޮށްފައިވާ ކަމަށާއި 81 ބައްދަލުވުން ބާއްވަވާ 151 ގަޑިއިރު ކޮމެޓީގެ މަސައްކަތަށް ހޭދަކޮށްފައިވާ ކަމަށާއި އަދި ނުރަސްމީކޮށް އެތައް ވަގުތެއް ކޮމެޓީގެ މަސައްކަތަށް ހޭދަކޮށްފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދާ އިންކްއަރީގެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަންނަ ހަފްތާގައި އެމަސައްކަތް ނިމޭނެ ކަމަށް ކޮމެޓީން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މުޙައްމަދު

    ގިނަ ގިނައިން ﷲ އަށް ޙަމްދު ކުރާށެވެ.!

    32
    1
  2. ަރަދީފް

    ގެޓް ވެލް ސޫން ބްރޯ.

    15
    13
  3. އަހު

    ޢުމުރުން ދުވަސްވާ ވަރަކަށް ހަރަކާތް ކުޑަވަމުންދާނީ.

    36
    6
    • ޗޮކި

      ކިހާ ބޮޑުކަމެއް ދެން މަރުވެގެން ދިރުނީއެއް ނޫންތަ އޭނާ ކާކުހޭ ފަންޑުކުރީ ކޮބާހޭ ކޮބާހޭ އެމީހުން ކޮބާހޭ

  4. ކުޑަކަތީބު

    ހުސްފޭކު މީހިނންގެ ސަމާލުކަން ހޯދަން ސްޓަންޓް ޖައްސަނީ

    46
    9
  5. ކުޑަކަތީބު

    ޒިކު ރުތަސްބީހަނުކިޔާތީކަމަށްވެދާނެ ؟

    35
    3
  6. އަލީ

    ހަރަކާތްކުޑަ އިނގިލިތައް ބުރިކޮށްލުމުން ތިޔަކަން ރަނގަނޅު ކުރެވޭނެ.

    33
    14
  7. އުސްމާނުބެ

    ތިބޭޭފުޅާ ދައްކާ ވާހަކައެއް ނެއް ގަބޫލް ކުރެވޭކައް، ދެން ތިކަން ތިހެން އޮތްނަމަ އަވަސް ޝިފާއަކައް އެދެން.....

  8. ަގުމްރީބެ

    ތިކަމަށް ފަރުވާ ހޯދަންޏާ ދާންވީ ، ތުޅާދޫ ދާއިރާގެ މެންބަރު ކުލިނިކަށް އެތަނުން ތިކަމަށް ފަރުވާ ލިބޭނެ

  9. ބޭޗާރާ

    ދުލުގެ ހަރަކާތް އަދި ކުޑައެއް ނުވެއެއްނު. ގައުމަށް ޖެހިފައި އޮތް ކަމަކުން އަދި ސަލާމަތްވި ކަމަކަށް ބެލުމުގެ ޖާގައެއް ނެތް.

  10. ......

    ނަޝީދުގެ އިނގިލި އެއީ ވަކި ހާއްސަ އެއްޗަކުން އުފެދިފަ ހުރި އިނގިއްޔެއްތަ....އޭނައަށްވުރެ ނިކަމެތި ކިތެއް މީހުން ތޯ މިގައމުގަ ބޭސް ނުކުރެވިފަ ތިބީ....އޭނަ ގެ ވާހަކަ ދައްކާ ކަށް ޖާގައެއްނެތް

  11. ޙުސެން

    އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ގެ މުގައްރިރު ހަސަން އަފީފް ނުސީދާކޮށް މި ވިދާޅުވަނީ ނަޝީދަށް މަޖުލީހުގައި މަސައްކަތްދެން ނުކުރެވޭނެކަމަށާއި ރީތިކޮށްއިސްތިއުފާ ދެއްވުމަށްފަހު ދުރަށްވަޑައިގަތުމަށް.

  12. ސޯލިހުބޭ

    އަލްހަމްދުﷲހި! ﷲހަށް ހަމްދުކުރި، އަލްމާނިއްޔަތުގެ މުނިކާފަ ، މި އިސްލާމީ ދައުލަތަށް މިޖައްސާ ތުރާވެރިކަމުން މިރާއްޖެ ސަލާމަތް ކުރައްވާށި! އާމިން

  13. Anonymous

    އަނގަ މަސައްކަތް ކުރެޔެއްނު އެހެންވީމަ އޯކޭ ވާނެ ބުރޯ ދެރަނުވޭ.

  14. Anonymous

    ނަސީބެއްނު ހުރިހާ އިނގިއްޔަކަށް ތިހެން ނުވިކަން.
    އަވަސް ޝިފާ ހިތްތަކުގެ ރައީސަށް

    1
    3
  15. އަހުމަދު

    އެމްމެހާ ޙަމްދެއް މިލްކުވެ ވޮޑިގެންވަނީ ޢަލަމްތަކުގެ ވެރި ﷲ އަށެވެ.

  16. ށުމަން

    ޢުމުރުން ދުވަސް ވީމަ ޒަކަރު ގެ ހަރަކާތް ވެސް ލަސްވެ ކުޑަ ވެ. ޢަވަހަށް ނިމޭ. ރައްޔިތުން މުހައްމަދު ނަށީދު ގެ ހުރިހާ ކަމަކާ ޖާމިނު ވާކަށް ނުޖެހޭ.

    މާދަން ބުނެފާނެ ލަކުނު ހުރިތަން ތަނުގަ އިސްތަށި ނުފަޅައޭ!

  17. ޑައެލޯގް

    ގޮނޑިދުއްވީމަ ތިޔައިގިލި ހަރަކާތްކުރާނެއެވެ. ވަރަށްސަލާމް

  18. އެމް ޑީ ޕީ

    އަޅޭ! އެންމެ ތިން އިނގިލިތަ؟ ރައްޔިތުން މަގު ފުރައްދާ، ބައި ބައިކޮށް، އިންޑިޔާގެ އަޅުވެތި ކަމަށް ވައްޓާލަން މަސައްކަތް ކުރާ އިނބިލީސް.

  19. ކޮޔާ

    ގިނައިން ޔޯޔޯ ކުޅުނީނަ ރަނގަޅުވާކަމަށް ވަނީ

  20. ދޫނި ރާއްޖެ

    ރައީސް ނަޝީދަށް އިންސާފު ލިބެންޖެހޭ
    އެމަނިކުފާނަށް ވަނީ ބޭއިންސާފުން އަނިޔާ ލިބިފައި

    1
    3
  21. ކޮވިޑް

    އުޅަބޮށި، ކަނާތް، ތިން އިންގިލި މިވަރަށް ކިޔާދެވުން އިރު ކީއްވެބާ ކޮން އިންގިލި ތަކެއްކަން ނުބުނެވުނީ؟ ކަނާތު ޝަހާދަތް އިންގިލި ނުކުރޭ ތަ؟ ނަމާދެއް ކުރި ނަމަ ގައިމް ޝަހާދަތް އިންގިލި ހަރަކާތް ކުރާނެ.