ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ޖަމާއަތް ހަދައިގެން މިއަދުގެ ހުކުރު ނަމާދު ބައެއް މިސްކިތް ތަކުގައި ކޮށްފިއެވެ.

އެގޮތުން ހުކުރު ނަމާދު ކޮށްފައިވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުލް އަލް އުމަރު ބިން އަލް ހައްތާބުގެ އިތުރުން އެހެން ބައެއް މިސްކިތްތަކުގަ އެވެ. މި ހުރިހާ މިސްކިތެއްގައި ކުރި ހުކުރު ނަމާދުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މި މިސްކިތްތަކުގައި ހުކުރު ކޮށްފައިވަނީ ޚުތުބާ ވެސް ކިޔައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ކަމާއި ބެހޭ އިދާރާތަކުން އެކަން ހުއްޓުވަން މަސައްކަތް ކުރި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ފުލުހުންގެ ބައެއް ލިބިފައެއް ނުވެއެވެ.

ކޮވިޑް-19ގެ ސަބަބުން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދު ކުރުމަށް އަންގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަން ފެށުމާއި އެކީ މިސްކިތްތަކުގައި އެކަނި ނަމާދު ކުރުމަށް ހުއްދަ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މާމީ

    ނަމާދު ކުރިމީހުން ޖުރިމާނާ ކުރަން ވާނެ.

    7
    37
  2. ޞަލާތު

    ނަމާދު ކުރުމަކީ ކުށެއްނޫން. އަދި ބަލިމަޑުކަމެއް ފެތުރޭއިރު ގިނަގިނައިން ނަމާދުކޮށް ދުޢާކުރުން އޮތީ.
    ހުއްޓުވާ ފިޔަވަޅު އަޅަންވީ ނަމާދުކުރީމަތަ؟

    ކަސްރަތު ކުރާނަމުގަ ނިކުމެ އުޅޭ އެންމެން ނުފެނޭތަ؟
    ލާދީނީ އެމްޑީއެން އަށް ގޮތެެއް ނުހެދެނީ ކީއްވެތަ؟
    ނަމާދު ހުއްޓުވަން މަސައްކަތް ނުކުރާތި!

    60
    4
  3. ޭޭޭޭޢ

    މަނާކޮށްފައި ވަނިކޮށް މާލޭގެ ބައެއް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކޮށްފި

    29 ސިކުންތު ކުރިން ( ޖޫން 25, 2021 )

    الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله

    ހައްގުގެ ބަސް މަތިވެރި ވިކަމާމެދު 1000X 1000 ފަށުން ޝުކުރު

    55
    3
  4. މުހައްމަދު

    މިހުލު މާލޭގެ ވަށް މިސްކިތަކީ މިހާރުގެ ށި މުދިމާއި މިސްކިތް ޙަވާލުކުރިފަހުން ޖަމާއަތުގައި ނަމާދުކުރުން މަނާކުރި ކަމުގައި ވިއަސް މިއަދާއި ހަމައަށް އެކަން ދޢިމީކޮށް ކުރަމުންދާ މިސްކިތެއް މިދިޔަ ހުކުރުގައިވެސް އަދި މިހުކުރުގައިވެސް ބޮޑު ޖަމާޢަތުގަ ހުކުރު ކުރި ގައި ދުރުކަނެއް މާސްކެއް ގިނަމީހުން ނާޅާ ސުވާލަކީ މީކޮން ފިކުރެއްހޭ މީހޭ ތިޔަ ވިދާޚުވާ އަނދިރި ދަވްލަތް

    4
    25
  5. ﷲ ގެއަޅާ

    މިފަހަރު ކޮވިޑް 19 އާއި ގުޅިގެން މިސްކިތްތައް ބަންދު ކުރިފަހުން މަސްޖިދުލް ފުރުޤާން ގައި ހަމަކޮން ވަގުތަކު ނަމާދު ވަގުތު ބަންގިގޮވުމާއެކު ޖަމާއަތް ހަދައިގެން ޖަމާޢަތުގައި ނާމަދު ކުރުމާއި އަދި ހުކުރު ނަމާދުވެސް ހަމަ ޖަމާއަތުގައި ކުރަމުން ގެންދޭ. ހުކުރު ނަމާދުގައި ޚުޠުބާވެސް ކިޔާ. އެގުރޫޕްގެ ބޭނުމަކީ ހަމަ ގޮންޖެހުން

    8
    36
    • މުޙައްމަދު ޢަލީ

      ލާދީނީ ސަރުކާދެއްގެ ބޭހެއް އަހަރެމެން ނާހާނަން

      34
      3
  6. ބަދަލުވަމުންދާ ސަޤާފަތް

    މިކަން ކުރިބަޔަކާއިމެދު ފިޔަވަޅު އަޅަން ޖެހޭނެ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ޢަމަލުކުރީތީވެ. ކަމުގެ އަހުލުވެރިން ގެ ލަފާގެ މަތީން. ސަރުކާރުން . އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅަށް އިހުތިރާމް ކުރުން ލާޒިމްވާނެ، ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ވީމާ މިކަމުގައި ބައިވެރި އިސްފަރާތްތަކަށް ފިޔަވަޅު އަޅުއްވާ ދެއްވާ

    5
    24
  7. ހހސ

    އޅުކަން ކުރުން މަނާ ކުރެވޭތަ.

    28
    2
  8. އުއްތަމަ އުސްތާޛް

    ބަރާބަރު.

    30
    3
  9. ޙަސަނު

    ޥެރިންނަށް ކިޔަމަން ވާންވެސް އެންގެވީﷲ. ނަމާދު ކުރަން އެންގެވީވެސް ﷲ. ނަމާދުނުކުރަން ވެރންނައަންގާ. މުޅިދުނިޔޭގަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާތީވެ މިސްކިތަކީ ކޮންމެ ވަގުތެއްްގަ ކޮންމެމީހަކަށްވެސް ދިއުމުގެ ހުއްދަ އޮވެފަ މިސްކިތަށްދާ އެންމެން ރަގަޅަށް މޮނިޓަރ ނުރެވޭނެތީވެ ބަލިފެތުރުން ކުޑަކުރުމަށް މިސްކިތް ތައް ބަންދުކުރީ. ހއަްދުފަހަނައަޅާފަތިބި މުނާފިގު ވައްހާބީން ނިލުމެ މުޅިގައުމު ފަސާދަކުރަނީ. މުސްލިމުންނަށް ކާފަރަށް ގޮވުން ހަރާމްކަން އެގޭއިރުވެސް މިވައްހާބީގުރޫޕުގެ ދުލުން އެންމެފަހަރަކުވެސް އެއީހަރާމް ކަމެއްކަން ބުނެނުދެވޭ. ރަގަޅުތަގުވާވެރި ބައެއްނަމަ ފުރަތަމަ ދީނުގައޮތްގޮތް ބުނެދީފަ އޭގެފަހުން ދީނާފުށުއަރާ ކަންކަން ބުނެދޭނީ. މިމީހުނަށް ހީވާކަހަލަ ދީންއެގޭބަޔަކަށް މުޅިދުނިޔޭގަވެސް ތިބީ މިމީހުން އެކަނިހެން. ޢެހެންވީމަތާ ސައުދީގަ ގައިދުރުކޮށް ނަމާދުކުރާތީ އެކަމަށް ޖޯކުޖެހީ. ނަމުގެ ކުރިއަށް އަބޫ މެދުތެރެއަށް ބިން ލީމަ އެއޮތީ ޝޭޚުވެފަ. މީގެތޭރޭނެތޭ މިދުނިޔެދަންނަ އެންމެ ޝޭޚެއްވެސް. ޢެހެރަ އިމްރާނުވެސް ޔާމީނޭކިޔައިގެން އެއޮތް ފަތުރާލިދޮގު ހަބަރެއް. ކޮންފަދަ ބޮޑުއިލްޒާމެއް ޔާމީގެ އޮސްތަށިފުޅުގަ އެ އެޅުވީ. އޭރު މިހުރިހާޝޭކުން އިމްރާނު ސަލާމަތް ކުރަން. މިހާރު މިވާގޮތްބަލާ. ޙަމައެއްބައެއް.އެއާ މުޅިންއިދިކޮޅަށް. ފުރއައްސާރަ ކުރުމާ މީހުންގެ އަބުރުކަތިލުމާ އެއްކޮޅަށް މިހާރުއެތިބީ.

    10
    12
  10. ޒމ

    ޒިޔާރަތް މިސްކިތުގެ ނަމަކީ ޖަމީލު ދީދީއަށް ނިސްބަތްކޮށް ކިޔައިފައި ވާ ނަމެއް ނޫން.

    9
    1
  11. ކޮރަލް

    ނޫހުގަ ޖަހަން ޖެހޭ ވާހަކަ އެއް ނޫނެވެ.
    ސިޔާސީ ކުރަން ނޫޅޭށެވެ.
    ނަމާދުކުރަން ހުއްދަ ނަގާކަށް ނުޖެހެއެވެ.

    33
    2
  12. މުހަންމަދު

    ތިޔަވަނީ ރަގަޅަށް، ދެން ނުކުންނާނީ މުޅި ރައްޔިތުން..

    6
    1
  13. އެސޮރު

    ނަމާދު ކުރާތީ މި ސަރުކާރު ކަންބޮޑުވަނީދޯ؟ ކިތައް ހޮޓާ ރެސްޓޯރަންޓުންތޯ މީހުން އެތަންތަނަށް ވައްދައިގެން ހިދުމަތްދެނީ؟ މި ސަރުކާރުގެ ކަމުވޮށިގެންވާ ބޮޑެތި މީހުންވެސް ހޮޓާތަކަށްގޮސް ހިދުމަތް ހޯދަމުން ގެންދާކަމީ ޝައްކެއް ނެތްކަމެއް.

    6
    1
  14. ސަޓޯ

    ހުއްދަނެތި ހުތުބާ ކީގޮލާ ހައްޔަރު ކުރޭ

    1
    3
    • ސަޓޯ ގެ އަމާ

      ގޮލައޭ؟ ބަލަ މިހަރަ ރޯނާ، މި ނޫނަސް ދުވަހެއްވާ ކަން ނެންގެނީތަ؟

  15. މިތުރާ

    މިސްކިތަށް ދިޔުން މަނަލީ! ގު ރޫޕު ހަދައިގެން ކޮފީ މޭޒު ދޮށައް ދެވޭ! މޫދަށް ދެވޭ!

    9
    1
  16. ދިވެހިން

    ހުރިހާއެންމެން ކޮރެންޓީންއަށް ގެންދޭ

    1
    5