އަތޮޅު ތެރެއިން މިހާރު އެންމެ ގިނައިން މީހުން ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުންދާ ގދ. ތިނަދޫ ބަންދުކޮށްފައި އޮންނަތާ މަސްވެއްޖެއެވެ.
ކޮވިޑާއި ގުޅިގެން އެރަށް ބަންދު ކުރީ އޭޕްރިލް 24 ވަނަ ދުވަހުއެވެ.
އެރަށުގައި ކޮވިޑް ފެތުރެމުންދާތީ ހަރުކަށި ފިޔަވަޅުތައް ވެސް ވަނީ އަޅާފައެވެ. އެގޮތުން އެރަށުގައި ގިނަ ވަގުތު ކާފިއު ހިންގަން ފަށާފައިވާއިރު، ބޭރަށް ނުކުމެ އުޅެން ހުއްދަ ހޯދަން ޖެހެއެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެރަށުގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 264 އެވެ. އޭގެ ތެރެއިން ހަ މީހަކަަށް ފަރުވާދެމުން ދަނީ ފެސިލިޓީގައެވެ.
އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 579 އަށް އަރާފައެވެ. އޭގެ ތެރެއިން 315 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ކޮވިޑްގެ ނުރައްކާ ބޮޑު ރަށްތަކުގެ ތެރޭގައި ތިނަދޫ ހިމެނެއެވެ. އެރަށުގައި މިފަހަކުން ބަލި ފެތުރިގަތްކަން އެނގިފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި ބަޔަކާއި ގާތުން އެއްތާވި ބަޔަކު ފައްސިވި ފަހުންނެވެ. އޭގެ ފަހުން އެރަށުގައި ބަލި އޮތް ކަން ވަނީ ދެނެގަނެވިފައެވެ. އަދި ވަކި ތަރުތީބެއް ނެތި ނެގި ސުންކިތަކެއްވެސް އެރަށުން ވަނީ ފައްސިވެފައެވެ. އަދި އެރަށުގައި ބައެއް ގެތަކުގެ އެންމެން ކަހަލަ ގޮތަކަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.
ތިނަދޫން ކޮވިޑް ޖެހުނު އެކަކު އެ ބަލީގައި ނިޔާވިއެވެ.
ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އަންނަނީ ކޮވިޑް ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް ފެތުރިފައި ވަނީ ކަރަންޓީންގައި ތިބި މީހުން ކަރަންޓީންގެ އުސޫލާއި ހިލާފު ވުމުންނެވެ.
ގދ. މުޅި އަތޮޅަށް ބަލާއިރު، އެ އަތޮޅުގެ ފަސް ރަށެއްގައި ކޮވިޑް ޖެހިފައި ތިބި މީހުން އެބަތިއްބެެވެ. އޭގެ ތެރެއިން ތިނަދޫ އައި ގައްދޫން މިއަދު ވޭދަނަތައް ފެނިފައިވާއިރު، މުޅި އަތޮޅުގައި ޖުމްލަ 777 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ.
ފައްސިވާމީހާވެސް ރަށުތެރޭގައި. ހޯމްކަރަންޓީނުގަ ހުންނަ މީހާ ވެސް މުޅިރަށުގަ. މިކަން ހުއްޓުވަން ތަންފީޒީ އިދާރާތައް ނުކުޅެދުންތެރިވެފަ.
ތިނަދޫ އީއޯސީން ބަލަނީ ރައްޔިތު މީހާއަށް އުނދަގޫވާގޮތަށް ހުރިހާކަމެއް ކުރަން.
ގަވާއިދާއި ޚިލާފަށް ކަރަންޓީނުގައި އަދި އައިސޮލޭޝަންގަ ތިބޭ މީހުން އުޅޭ އުޅުން ހުއްޓުވަން އެއްވެސް ކަމެއް ކުރާކަން އީއޯސީން ބޭނުމެއް ނުވޭ.
ރަށުގަ ކާފިޔު ހިންގީމަ ޕާޓޭންނަށް އީދެއް އައިސްގެން އުޅެނީ. ވައްކަން ކުރުން ހައްދުފަހަނަޅާފި.
ތިނަދޫ އީއޯސީ ފެއިލްވެއްޖެ. ރައްޔިތުންނަށް އުދަގޫ ކުރުން ނޫން އެހެން ކަމެއް އެމީހުންގެ ވިސްނުމަކު ނެތް. މިހާރު އެއުޅެނީ ހަފްތާއަކު އެއްދުވަހު އެއްގަޑިއިރަށް ކޮންމެ ގެއަކުން އެކަކަށް ނުކުމެވޭގޮތަށް ބަދަލުކުރަން.
މާލެއަށްވުރެ ހަރުކަށި ފިޔަވަޅު އަޅަން.