ދާއިރާގެ ރައްޔިތުންގެ ހާލު އަބަދުވެސް ބައްލަވާނެ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ މިއަދު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން ނަންގަވާފައިވާ ބައެއް ފޮޓޯތައް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ޝުޖާއު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލެއްވި އިރު ވެސް ވޯޓަށް ފަހު ރައްޔިތުންގެ ހާލު ބަލާނަންތޯ ރައްޔިތުން ސުވާލު ކުރި ކަމަށެވެ. އޭރުވެސް އަބަދުވެސް ދާއިރާގެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަން ހާމަކުރެއްވި ކަމަށް އެނާ ވިދާޅުވިއެވެ.
"ރައްޔިތުން ސުވާލުކުރީ ވޯޓަށް ފަހުވެސް ރައްޔިތުންގެ ހާލު ބަލާނެ މީހަކަށް ޝުޖާޢު ވާނަންތޯ؟ އަޅުގަނޑު ދެންނެވިން! އާދޭހޭ އަޅުގަނޑަކީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ހާލު އަބަދުވެސް ބަލާނެ މީހަކަށް ވާނަމޭ." އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވަނީ ހުޅުމާލޭގެ މަސްވެރިންނާއިވެސް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ބައްދަލުކުރައްވާފައެވެ.
ރައްޔިތުން ސުވާލުކުރީ ވޯޓަށް ފަހުވެސް ރައްޔިތުންގެ ހާލު ބަލާނެ މީހަކަށް ޝުޖާޢު ވާނަންތޯ؟
އަޅުގަނޑު ދެންނެވިން!އާދޭހޭ އަޅުގަނޑަކީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ހާލު އަބަދުވެސް ބަލާނެ މީހަކަށް ވާނަމޭ!
ހުޅުމާލެ ރައްޔިތުންނާއި ގާތުން މިއަދު 2021|06|25@ProgressPartyMV pic.twitter.com/FeZk4T5ERK— Ibrahim Shujau (@IbrahimShujaau) June 25, 2021
ޝުޖާއު ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށް ހޮވިވަޑައިގެންނެވި ފަހުން، އޭނާ ގެންދަވަނީ ދާއިރާގެ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންކަން ހައްލުކޮށްދެވޭތޯ މަސައްކަތް ކުރައްވަމުން ކަމަށް އޭނާ ވިދާޅުވެއެވެ. އަދި ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދޭތޯ މަސައްކަތް ކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން މީގެ ދުވަސްކުރިން ހުޅުމާލޭ ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ޝުޖާއު ވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު އާއި ބައްދަލުކުރައްވާފައެވެ.
އެގޮތުން ކަނބަލުން އެދުނު (ބަށި، ނެޓްބޯޅަ، ހޭންޑް ބޯޅަ) ކޯޓު ހުޅުމާލޭގައި ތަރައްގީ ކޮށްދެއްވުމަށް މަހްލޫފް އަރިހުގައި ދެންނެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޏަހަހަހަ.....ތިހެން ބުނާނެ ނުހޮވޭ އިރު..ޏަހަހަހަ...އެކަމަކު ހޮވުމަށްފަހު ބަޚަބަރު....،ޏަހަހަހަ..
ކޮމެންތް ލިޔަނީ އޭގައިއޮތް އެއްޗެއް ކިޔާފައެއްވެސްނޫންދޯ؟ މެމްބަރަކަށްވަނީ ހޮވުނީމާ. މިހާރުއެއީ ހުޅުމާލޭގެ މެމްބަރެއް. އެމެމްބަރު ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރާވާހަކަ އެއޮތީ.
ކު ރީ ކޮޅު ގައި ވަ ރަށް ގޮތް ދައްކާނެ! މީނަ ގެ ދާއި ރާގެ ޕާޓޭންނާއި ބައްދަލުވުނެއް ނުބާއްވާތ؟