ހއ.ދިއްދޫން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ދިއްދޫން ނިޔާވީ އެރަށުގެ ފަހާ ތަނެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެކެވެ. އޭނާ އަކީ އިއްޔެ ދިއްދޫން ކޮވިޑަށް ފައްސިވި މީހާ އާއި ގާތުން ބައްދަލުވި މީހެކެވެ. އިއްޔެ ދިއްދޫން ކޮވިޑަށް ފައްސިވީ ބޯކޮށާތަނެއްގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.
އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ނިޔާވެފައި ވަނީ 51 އަހަރުގެ މީހެކެވެ.
"ވަގުުތު"އަށް އެނގިފައިވާގޮތުން، ބަލި ވެގެން އޭނާ ރޭ ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކިއެވެ. އަދި އޭނާ ދެއްކުމުން ރޭ އޭނާގެ ސުންކު ނަގާފައި ވަނީ ފޮނުވާލާފައެވެ. އެ ސުންކު ފައްސިކަން އެނގުނީ މިރޭ އެވެ. އެ މީހާގެ ހަށިގަނޑު ވަޅުނުލާ ބާއްވާފައި އޮތީވެސް ސުންކުގެ ނަތީޖާ ލިބެންދެންނެވެ.
މިހާރު އެމީހާ ވަޅުލުމުގެ ކަންކަންް ދަނީ އޮންނަ އުސޫލުގެ ތެރެއިން ކުރަމުންނެވެ.
އެނގިފައިވާގޮތުން އޭނާ ބަލިކޮށް އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ކޮވިޑް ޖެހިގެން ދިއްދޫން މިހާތަނަށް ދެމީހަކު ވަނީ ނިޔާވެފައެވެ.
ކަރަންޓީންގައި ނެތް މީހަކު ދިއްދޫން ކޮވިޑަށް ފައްސިވުމުން އެރަށް އިއްޔެ ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.
ބަންގްލަ މީހަކަސް ވިއަސް އިހްމާލެއް ތިޔައީ ، އެހާ ބަލި މީހަކު ސުންކް ނަގާފައި ފޮނުވާލައިގެން ނުވާނެ ، ބިދޭސީ އަކަސް އިންސާނަކަށްވީތީ އެޑްމިޓްކޮއްފަރުވާ ދޭންޖެހޭނެ ، އުންމީދަކީ މިކަންވެސް ހެލްތްމިނިސްޓަރ ބައްލަވާދެއްވާ ، އަދި އިހްމާލުވިފަރާތްތަކަށް ހައްގު އަދަބްދީގެން ސިއްޙިދާއިރާ ރަގަޅުކުރެވޭނީ ،