ގދ. ތިނަދޫގައި އާއްމުންނަށް ގެއިން ނިކުމެވޭނީ ހާއްސަ ހުއްދައެއް ނަގައިގެން ވެސް ކޮންމެ ގެއަކުން އެކަކަށް ހަފްތާއަކު އެއްދުވަހު އެއްގަޑިއިރަށް ކަމަށް އެރަށު އީއޯސީ އިން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ތިނަދޫގައި ކޮވިޑް-19 ބަލިމަޑުކަން މުޖުތަމައުގެ ތެރޭގައި ފެތުރެމުން ދާތީ ބަދަލުވެފައިވާތީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކާފިޢު ވަގުތުތަކުގައި ނޫން ވަގުތުތަކުގައި ވެސް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށްޓަކައި ކޮންމެ ހައުސްހޯލްޑް އަކަށް ދެ ފާސް ދޫކުރެވިފައިވީ ނަމަވެސް، ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު މަދުނުވާ ކަމަށެވެ.
ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަނީ ގިނަ ވަގުތުތަކުގައި ރަށުތެރޭގައި މީހުންގެ ޙަރަކާތްތައް އިތުރުވެފައިވާކަން ފާހަގަ ކުރެެވޭތީ 24 ޖޫން 2021 ގައި ބޭއްވުނު އީއޯސީގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން މިހާރު އަޅައިފައިވާ ފިޔަވަޅުތަށް އިތުރަށް ހަރުކަށިކުރުމަށްވަނީ ނިންމާފައި ކަމަށް ކައުންސިލުން ބުންޏެވެ.
އެގޮތުން، މިހާރު ގޭގެއަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާރމިޓް ބޭނުން ކޮށްގެން ބޭރަށް ނިކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅުއްވާ ވަގުތުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް، ޙަފްތާއަކު އެއްދުވަހު އެއްގަޑިއިރަށް ކަމަށާއި އެނޫން ގަޑިތަކުގައި ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުތުމަށް ބޭނުން ކުރެވޭނީ ހަމައެކަނި ޕޮލިސް ޓައިމް ބައުންޑް ޕާރމިޓް ކަމުގައި ހަމަޖައްސަވައި އެކަން އެގޮތުގެ މަތިން ތަންފީޒު ކޮށްދެއްވުން އެދި ފުލުހުންނަށް ކައުންސިލުން ދަންނަވާފައިވާނެ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.
ތިނަދޫއަށް ދިމާވެފައިވާ ކޮވިޑްގެ މި ހާލަތުން އަރައިގަތުމަށް އާންމުންގެ އެއްބާރުލުން ކުރިއަށްވުރެ ބޮޑަށް ބޭނުންވާ ކަމަށާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި އަދި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބައި ކިޔަމަންވުމަށް ނަސޭހަތްތެރިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ތިނަދޫގައި މިހާރު ވެސް ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 200 އަށް އަރައެވެ.
ރަގަޅު ތި ގަވައިދު ވަރައް ރަގަޅު😏
އާމުއްގެ އެއްބާރުލުއް އަބަދުވެސް ތިޔަބޭފުޅުއްނާއެކީ 😊
1 ދުވަހު ނޫން 100 ދުވަހު ނިކުމެވުނަސް މާއިތިރި ނުވާނެ ތިނަދޫ މީހުން، ބޮޑާކަމާއި ކިބުރުވެރި ކަމުން ހީކުރަނީ ތިނަދޫ އަކީ ވެރިރަށް މާލެކަމަށް، މާލޭގައި އޮންނަ ގަވާއިދެއް ތިނަދޫ ހިންގަންޖެހެނީ، ލޮކްޑައުން ނުކޮއްގެން އުޅުނު އިރު ހީވީ އެހެންކަމެއްހެން، ކައުންސިލް ރައީސް ކާލަފާނެހެން، މިހާރު ކިހިނެއްވެގެން ތިއުޅެނީ، އެކަކު އަނެކަކަށް ހެޔޮއެދުމަކީ ތިނަދޫ މީހުން ދަންނަ ކަމެއްނޫން، އެހެންވެ އޭރުވެސް، ސައުދުއަށް ތުރާކުރަންވެގެން ފެލުނީ!! ވ ދެރަށްކަމެއްމީ!!
ލޮކްޑައުން ކުރީ ކައުންސިލްގެ ރައީސް ބޭނުންވެގެނެއްނޫން. އެއީ ގަވާއިދަށް ވަކި ފިކުރެއްގެ ބައެއްގެ ތާއީދު ނުލިބިގެން އުޅޭ ސަބަބަކީ.
މިކަމުގައި ކައުނސިްލރައީސްވެސް އެއްބާރުލުންދީ ހަރުކަށިކަން އިސްކުރިނަމަ ގަވާއިދަށް އަމަލުކުރާމީހުން ގިނަވާނެ.
ބަލަ ތިނަދޫ އަކީ ލޮކްޑައުން ކުރަންޖެހޭ ތަނެއްނޫން، ކައުންސިލް ރައީސް ހެދީ ރަނގަޅަށް، އަނގައިން ބުނެވިދާނެ، ތިނަދޫ ލޮކްޑައުން ކުުރުމަކީ ހުވަދު އަތޮޅަށްވެސް ލިބޭ ގެއްލުމެއް، ކުރިން ފެށިގެން ހަރުދަނާ އޮންނަ އުސޫލުން ކަންކުރި ނަމަ މިހެން ނުވާނެ، ތިނަދޫ އަށް ދާކަށ މީގެ ކުރިން ކައުންސިލް ހުއްދަވެސް ހޯދަން ނުޖެހޭ!
މިހާ ޒަމާންވާއިރުވެސް އަދަދުތައް ދަށަށްނުދަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް މަދުވީމަ.
ހޭލުންތެރިކަން ބޮޑެތި ރަށްރަށުގައި އަދަދު މަދުވެ ކޮންޓްރޯލްކުަރަން ނަގާދުވަސް މަދު.
އެއްމެ މީހުން ތޮއްޖެހިފައިވާ މާލޭގައިވެސް ދުވާލަކަށް ފަނަރަ ސަތޭކަ އަށްވުރެ މައްޗަށް ދިޔައިރުވެސް އަޅާފައިވާ ފިޔަވަޅުތަކަށްވުރެ ތިނަދޫ ކުޑަ އާބާދީއެއްގެ އަޅާ ފިޔަވަޅުތައް ގިނަ. ހަގީގަތަކީ އާޒިމް ނަގާބިލްކަމުން.
މިވެނި މީހަކީ ކާކުކަމާ އޭނައާއެކު އުޅެނީ ކޮންބައެއްކަން ކަމާއި އޭނަ ދިރިއުޅެނީ ކޮންގެއެއްގަ ކަމާއި އޭނަގެ މަންމައަކީ ކާކުކަން ކަމާއި އޭނަ ވަޒީފާއަދާކުރަނީ ކޮންތާކުކަން މިކަހަލަ މައުލޫމާތު ނޭގޭ އެކަކުވެސް މިކުޑަ ރަށުގަ ނެތް. މި ކުޑަރަށުން ކޮވިޑް ފިލުވާނުލެވިގެން މި އުޅެނީ މިރަށުގެ އީއޯސީގެ ނާގާބިލް ކަމުން. އެމީހުންގެ ވިސްނުމަކީ އަބަދުވެސް މިހުންނަށް އުދަގޫ ކުރުން.
އިތުރުވެފައިވާކަމަށް؛ ފާހަނގަކުރެވޭތީ؛
((އިތުރުވެފައިވާކަން ފާހަނގަކުރެެވޭތީ ))
ކަލޭހަދަ؛ ކަޑައޭ: ދޯމިހާރު؛؟
ޙުވާ؛ މިހެން؛ ލިޔެފައި: ހުންނަ: އެއްޗެސް؛ ކިޔަން:ހަދައިގެން: ރުޅި: އާދޭ!
އޭ ތީނަ ގދ.ތިނަދޫ ދޯ؟
(ބޯލަބައި) ؟ މިކީކޭ؟ އެމީހުން ހުސްނޫނު ނުކިޔަނީީ.
މިސާލު:
ކަނޑު / ހަނޑޫ
ޢެމީހުން ކިޔާނީ
ކަޑު / ހަޑޫ
ޙައްހައް.
ބޯލަނބައި. ނޮޓް؛ (ބޯލަބައި)
ގެރޭ؛ މަމިބުނީ؛!