މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމާލައަކީ "އޮޅުވާލުމެއް" ނޫނީ "ޑްރާމާ" އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފިއެވެ.

މި ގޮތަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

އެމްޑީޕީ އަށް 16 އަހަރު ފުރޭ އަހަރީ ދުވަހާ ނަޝީދަށް ދިން ހަމަލާގެ ތަހުގީގުތަކަށް ފާރަވެރިވާ އެމްޑީޕީގެ ކޮމިޓީގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތި ވަނީ މީސްމީޑިއާގައި ފާޅުކުރާ ބައެއް ޝުއޫރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ ސީރިއަސްކަން ކަނޑާލަން އެމްޑީޕީއާއި ނަޝީދުގެ ވާދަވެރިންތަކެއް މަސައްކަތް ކުރަމުން ގެންދާނެ ކަން އެ ޕާޓީގެ އާންމު މެންބަރުން އަބަދުވެސް ސަމާލުވެ ތިބެން ޖެހޭނެ ކަމަށެވެ.

މިހާރު ވެސް އެމަނިކުފާނުގެ ފުރާނަ ދުއްވާލަން ބޮޑު ހަމަލާއެއް ދީފައިވާ މި ދަނޑިވަޅުގައި އެއީ "އޮޅުވާލުމެއް" ނޫނީ "ޑްރާމާ" އެއް ކަމަށް ބުނެ ބައެއް މީހުން މީސް މީޑިއާގައި "ދޮގު ބުހުތާނު" ވާހަކަތައް ދައްކަމުން ގެންދާ ކަން އިންތި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފާހަގަވި ޓްވީޓެއްގައި، ރައީސް ނަޝީދަށް ދިން ހަމަލާ، އެއީ ޑްރާމާއެކޭ، ގޮއްވާލީ ކުޑަކުޑަ ފުއްޕާ ހަމެކޭ، މިހެން ލިޔެފަ އޮތް، މިފަދަ މައްސަލަތައް ބަލަން ޖެހޭ، އަދި އެ މީހަކަށް ފިޔަވަޅު އަޅަން ޖެހޭނެ،" އިންތި ވިދާޅުވިއެވެ.

އެމްޑީޕީއަށް 16 އަހަރު ފުރޭއިރު، އެ ޕާޓީގެ އަހަރީ ދުވަސް ވެސް ރަމްޒު ކޮށްދޭން ޖެހޭނީ ނަޝީދަށް އިންސާފު ހޯދައިދިނުމަަށް ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އަމާޒު ކުރާ ފުރައްސާރައާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ތެދުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަން ޖަރުމަން ވިލާތަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ. އެމަނިކުފާނު ވިދާޅުވަނީ ވީ އެންމެ އަވަހަކަށް ރާއްޖެ ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

 1. ސޯޕް ލައިޓް ބްރަދަރ

  އެންމެފުރަތަމަ ހައްޔަރު ކުރަންވީ ދޮގު ތެދުކަމަށް ބުނާމީހުން 1111

  86
  1
  • ވަޓް އަ ޖޯކް!

   މިވަރުގެ ސަރުކާރެއް އަދި މަނުދެކެން. ނޫސްވެރިންނަށް ވެސް ބިރުދައްކަނީ! މިއޮތީ "ފްރީޑޮމް އޮފް އެކްސްޕްރެޝަން" މެކުހަށް ޖަހާފައި..

   38
   • ފުއްޕިކޮވެލި

    ކަލޯ ކީއްވެ ކަލޭ އެވަރަށް ތި ފެލެނީ. މަޖިލިސް މެމްބަރުން ވަކިމިންގަނޑަކާށްވުރެ ބާރަށް މަޖިލީހުގަޔާ ޕޯޑިއަމްތަކުގަ ރައްޔިތުން ބިރުދައްކާ އުސޫލުން މުޢާމަލާތުކުރުން މަނާކުރާ ގާނޫނެއް ހަދާ އެގާނޫނާ ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅާބަލަ.

 2. އުއްތަމަ އުސްތާޛް

  ދޮންކަލޯ ބޯގޮވީތަ؟

  86
  1
  • ހަމަހިނިއަންނަނީ..

   މިގައުމުގެ ދެބައިކުޅަ އެއްބައި ހައްޔަރު ކުރޭ ދެން

   28
  • އަހަންމަދު

   ކަށަވަރު

   5
   2
 3. އަލަނާސި

  އޮންނާނެ ކުރިން ވެސް މިކަހަލަ މައްސަލައެއް. އެކަމަށް ފަންޑުކުރި މީހާ ފަންޑުކުރީ ކީއްވެ ކަމާއި އެންމެ އަޑީގައި ހުރީ ކާކުކަން ވެސް އޮންނާނެ އެގެން. ފަނި އެޅުވީ ކާކު ކަމާއި ފަނި ދުވީ ކާކު ދެއްްކި މަގުން ކަމާއި މިކަމުގައި ޕަބްލިކްގައިވީ އިއުތިރާފްވެސް އޮންނާނެ ކަރުބުޑުން ނާރު ނަގާފައި. މަހޭ މެންނަށް ވަރަށް ރަގަޅަށް އެގިފައި އޮންނާނީ އެކަން ވެސް ކުރާނެކަން. އެހެންވީމާ އެމައްސަލާގައި މަހޭމެން ގާއްޓެމެންނަށް ހެކިބަސްދެވި އެމައްސަލަ ރަގަޅަށް ބެލިއްޖެނަމަ މިހާރުގެ ތިމައްސަލަ ވެސް ރަގަޅަށް ބެލިދާނެހެން ހީވަނީ

  71
  2
 4. ކަހުރަބު

  ލާދީނީ އެ މް ޑީ ޕީ އަކީ ޑްރާ މާ ޕާރޓީ މަރުކޮ މިޝަން ހަދާގެން ރައްޔިތުންގެ ފައިސާއިންވެސް ކުޅެނީ ޑްރާ މާ މަސްވެރިންނަށް ވީ ވަޢުދުވެސް ޑޮލަރު ޑްރާ މާ ކޮތަރު ކޮށި ކަޑަކަ މުން ގޮސް ރީޕޭ މަންޓް ކުރީ ބޮޑު އެކަންވެސް ދެއިރު ދެ ދަޅައަށް ޑައަލޮގް ބަދަލު ކޮށް ކުޅެނީ ޑްރާ މާ ފިނޑި ރޫޙާނީ ލީޑަރު ފިލަން އެ މްބަސީއަށް ވަދެ ކުޅުނީވެސް ޑްރާ މާ

  78
  2
 5. ބުއްޅަބޭ

  ލޯންޗު ގޮއްވާ...ކިޔާ ލަވަ ހަގައިގެން މަޖިލީހުގައި ކީ ދުވަސް ހަނދާން އެބަހުރިތޯ؟

  94
  1
 6. Anonymous

  މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމާލައަކީ "އޮޅުވާލުމެއް" ނޫނީ "ޑްރާމާ" އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން ގާނޫނެއް ހަދަން ގޮވާލަން އިންތިއަށް.

  23
  62
 7. ކޮވިޑް

  އިންތި ޑްރާމާ އަކަށް ވެސް ހެދީ އެމްޑީޕީ މީހުން އާއިލާ އިން . ޓްޓްކުރާ އަނިޔާ ތަކުގެ ފޮޓޯތައް ބަލާލީމަ އެކަން އެއޮތީ ފެންނަން. އެއްމެ ފަހުން ފެނުނު ފޮޓޯ ގަ ނަޝީދުގެ ބަނޑުން ފަހާފަ ކަމަށް ދައްކާފަ ހުރި ލަކުނުވެސް ނެތް ވެދާނެ ޖަރުމަނުނުން އެ ލަކުނު ފޮހެލީކަމަށްވެސް. ޑްރާމާ ވާނީ ހަމަ ޑްރާމާ އަށް، ނަޝީދަކީ މި ޤައުމުގެ ޑްރާމާ ކިންގް

  83
  1
 8. ހަސަނު

  ތިމީހުނަށް ފިޔަވަޅު އެޅުމްނޫމް ކަމެއް ނެތީތާ؟؟؟ ނުވަންޏާ ފާބާ...ފުރަތަމަ ފިޔަވަޅު އަޅާބަލަ ކުރިން ވެރިކަން ލިބުނީމަ ކެވިފަހުރި ލާރިތަކަށް...ޒީރޯ ޓޮލަރެންސް...ރައްޔިތުންގެ ވެރިކަމެއްގަ ރައްޔިތުންގެ އަނގަލައްޕައިގެން ބަހެއްނުބުނެތަ ތިބެންވީ...ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ދޭންވެގެން ވެރިކަމަށް ގެނައި ނޫސްވެރިކަމާ މިނިވަންކަމުގެ ބައްޕަޔޯ....ޕަކާކާކާސްސްސް....ރައްޔިތުން ޖަލަށްލާފަ ވެރިކަން ކުރަން އުޅެބަލަ..ދެރަކަމެއްތާދޯ...ނުވަންޏާ ފައިބޭ...... ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ

  56
  1
 9. اکف

  ޑްރާމާ އެކޭ

  57
  2
 10. މާމީ

  ބަލަ ބޮންގޮއްވި މީހާ އެބުނަނީ ފަންޑުކުރީވެސް އަނިޔާ ވިމީހާއޭ. ޑުރާމަ ނޫންނަމަ އޮޕަރޭޝަން ކުރި ފޮޓޯ އޭކިއާފަ ލަންކާ މީހެއްގެ ފޮޓޯ އާއްމު ނުކުރާނެ މިވެސް ނޫސް ތަކުން ފެނުނު ޑުރާމާ ތައް

  60
  2
 11. ދިވެއްސެއް

  އިންތިއާއި ތިޔައުޅޭ ހައެއްކަމީހުންގެ ހަމައެކަނިނގަެުމެއްނޫން މިއީ، ކޮބަ ތިޔަގޮތަށް ފެލުނު ނިހާން އަދުރޭ، މިމމީހުންނަށް ކުޑަކުޑަ ބާރެއް ލިބިގަންނައިރު އުޅެގަންނަ ގޮތުން ހެއްދެވިފަރާތް މަތިން ހަނދާން ނުހުނަހެން ހީވަނީ.

  33
  1
 12. އެމް.ޑީ.ޕީ

  އެމް.ޑީ.ޕީ (މޯލްޑިވްސް ޑްރާމާ ޕާޓީ)

  64
  2
  • اکف

   ހަހަހަ

 13. ހަގީގަތް ފާޅުވީ!

  ބޮމުގެ ހަމަލާއަކީ "ޑްރާމާ" އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން ފުރަތަމަ ގޮވާލާނީވެސް އެއީ ހަމަ އަސްލުވެސް ކުޅުނު ޑްރާމާއެއް ކަމަށް ވާތީވެ.

  21
 14. ހަޖަމް

  ހަޖަމްކުރަން ދަސްކޮށްދިން އެމްޑީޕީން މިހާރު ހާދަ ހަޖަމްކުރުމުގެ ގާބިލުކަން ދައްވެއްޖޭ. ލާދީނީ ކިޔުން މަނާ. ކުރިން ޔާމީނަށް މައުމޫނަށް ނަފުރަތު އުފެއްދުން އޯކޭ މިހާރު ތިމާމެންނާ ދިމާލަށް ވީމާ އޯކޭއެއް ނޫން. ޑްރާމާ ކިޔުން މަނާ.

  21
 15. އިންޑިޔާފަސްބައި

  މ ޑ ޕ ބޭފުޅުން ހިތަޕުޅާ ހަމަނުކުރައްވާ ކޮއްމެ ބަހެއް/އަޑެއް ބުނާ/އިއްވާ ކޮއްމެ ފަރާތަކަށް ހަރުކަށި ފިޔަވު އެޅޭގޮތަށް قانون އަށް إصلاح ގެނައުމަކީ މިހާރުން މިހާރަށް ކޮއްމެހެން ކުރަން مجبورވެއްޖެ ކަމެއްކަމުގައި ހަރުއަޑުން ގޮވާލަން! މިގޮވާލުމަށް އަންނި ސާހިބު، إمتياز ބޭބެ، ޝަހިންދާ އްތަ އަދި ހިސާން އްތަ އާއި ރޮޒޭނާއްތަ ފަދަ ބޭފުޅުން " ލޮބީ " ކޮށްދެއްވާނެ ކަމަށް اميد ކޮށް بقين ކޮށް އާދޭސް ދަންނަވަން!😥 ޕްލީސް! ޕްލީސް!🥳

  6
  1
 16. މަސްއޫދު

  މިހިރަ ގައުއުނައިބާ! ޔާމީނުދަތުރުކުރި ފިނިފެންމާ ލޯންޗު ގޮއްވާލީމައި އެއީ ޑުރާމާއެކޭ ކިޔައިގެން މަޖިލިސްކުރާ ގޭގައި ހަޅޭލަވައިހެދި ހަދާންނެތުނީތޯ؟ބަލަ މިދުވަސް އަތުވެދާނެކަމަށް ހީނޮކޮށް ޔާމީނުވިމައި ޑުރާމާ އަންނިވީމައި ހަގީގަތް މިކަހަލަ ބޯގަޅިބައެއް އެމްޑީޕީގައިތިބެނީ! މިހާރު ތިޔަކުޅުއްވަނީވެސް ޑުރާމާ

  17
 17. Anonymous

  ބަލަ ރަީސްޔާމިން އިންލޯޗައްވީމ މަ ޑްރަާ މާ މިހާރު ބޮން ގޮއްވުން ކަލޭ ތިކިޔާ އެކކއްޗެއް ކިޔަބަލަ ކަލެޭ ހީނުކުރާތި ދިވެހިންނަކީ ކަލޭކަހަލަ ކޮހުންކަމައް

  15
 18. ޑްރާމާ ކުއީން

  ޔާމީން ލޯންޗް ގޮއްވާލީ ޑްރާމާ އެކޭ ގޮވާ ހަޖޫ ޖެހީ މޑޕ މީހުން މިއަދު އެކަން މިބައިމީހުން އަގަޔައް ރަގަޅައް ވަދެއްޖެތާ. ދެން ހަޖަމް ކޮއްލާ. ކަލޭމެން ކީ ހުރިޔާއެއްޗެއް ޒީން ލާފަ އައިސް އެކި ލޯވަޅުތަކައް އެހެރަ ވަދެބާރުވަނީ.

  29
 19. މކލރށ

  ދޮގެއްވާ ނޫން! އެމަނިކުފާނު اسلام دين ގެ أصل އަކާއި خلاف / ބަދު ބަސްފުޅެއް ދުވަހަކުވެސް ވިދާޅު ނުވާކަމަށް އުޑާއި ބިންވެސް ހެކިވާނެ،! "އަދަރ އޮލްޓަރނެޓިވްއެއް" ބޭނުން ކަމަށާއި "ބޮވެންޖެހޭނެ - ބޮވެންވާނެ" ފަދަ ބަސްފުޅު ތަކަކީ "އެދީނު"ގެ اصل ތަކާއި خلاف ބަސްފުޅުތަކެއް ނޫނެއްނޫންތޯ؟ ވީމާ އެމަނިކުފާނުގެ " ރީފޯރމް " މަސައްކަތް ފުޅަށް ހުރަސް ނައަޅައި ނުބެހި ތިބެން ނެއެގެންޏާ
  " އަނގަ ބަންދު ކުރުމުގެ ބިލެއް " قانون އަށް ގެނެސްފާނެކަން ހަނދާންކުރާތި!!🥳 ބުނާކަށް !

  20
  1
 20. ާއަލީ ބުނީ

  ކިތަންމެ ގާނޫނެއް ހެދިޔަސް ހެޔޮ. ކަލޭމެންނަކައް ދެން ދިވެހިން އަނގަމަތީ ޓޭޕެއް ނޭޅޭނެ. ދެންލަލަލާ

  31
 21. މާހިރު

  ބިރު ދައްކައިިގެން ރައްޔިތުންގެ އަނގައިގާ ޓޭޕު އެޅުނު ދުވަސް މާޒީވެ ހިނގައްޖެ. އެދުވަސް އަނބުރާ ގެންނަން ނޫޅޭ

  29
 22. އނއރ

  ތިއީ އެމްޑީޕީ އަމިއްލައަށް ކުރިން ވަކާލާތު ކުރި، "ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން" އާއި ބުރޫ އަރާ ވާހަކައެއް! ކޮންމެ ދިވެއްސަކަށްވެސް، އޭނާ ބުނަން ބޭނުންވާ ވާހަކައެއް، ބޭނުން ތާކު، ބޭނުން އިރަކު ބުނެވޭނެ ކަމަށް ވަކާލާ ތު ކުރީ އެމްޑީޕީ! އެކަމަކު މިހާރު މިފެންނަނީ ކޮން މަންޒަރެއް؟

  ހަމަ ގައިމުވެސް، އެމްޑީއެން އާއި އަދި އެހެނިހެން މީހުން، އިސްލާމްދީނާއި މެދު ދޮގުވާހަކަ ފަތުރާ، ދީނާއި މެދު ފިތުނަ އުފައްދަމުންދާ އިރު، އިންތިމެންނަކަށް ނުކެރޭ، އެއީ "ބުހުތާނު" ދޮގެކޭބުނެ، ޓުވީޓެއް ކޮށްލާކަށް!

  އެމްޑީޕީ މި ޤައުމަށް އަސްލު އައި މަޤްސަދު ގެއްލިއްޖެ! ތިޔައީ މިހާރު، ޢިއްޒަތާއި، ވެރިކަމަށް ދަހިވެފައި ތިބި، އަދި އެކަން ޙާސިލު ކުރުމަށް، ދެމޫނުގެ ވެރިންނަށް ވެފައި ތިބި ބަޔެއް އެކުލެވިގެން ވާ ޕާޓީއެއް!

  24
 23. ކަށިކެޔޮފާތުމަ

  އިންތިކައިރީ އަހާލަދީބަލަ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންތަކެއް ތިއްބަވަނިކޮށް ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި މައްސަލަ ޑްރާމާއެއްގެ ގޮތުގައި ސިފަކުރީ ކޮންބައެއްތޯ؟ ފިނިފެންމާ ލޯންޗްކޮޅަށް ފިނިފެންމާ ދޯނި ކިޔައިގެން ޖޯކަކަށް ހަދައިގެން އުޅުނީ ކޮންބައެއްތޯ؟ އެމީހުންގެ މައްސަލަ ބަލާކަށް ނުވޭތޯ؟

  22
 24. ހައިލީ

  ބޮމުގެ ހަމަލާ ޑްރާމާ އަކަށްހެދި މީހުންތިޔައީ ، ހަދާންވޭތަ ޖެއްސި ވައްތަރުތައް ، ކުރި ޓްވީޓް ތަކާއި ކީލަވަތައް ، މިއަދު ފިޔަވަޅު އަޅަންޏާ އަޅަންޖެހޭ ފުރަތަމަ ބަޔަކީ ތިޔައީ

  20
 25. ޚަ

  ތިމީހުންގެ ސަރުކާރުން، ތިމީހުންގެ މެމަބަރަކަށް އަނިޔާވެރި ހަމަލާއެއްދީފައި ފިޔަވަޅު ނޭޅުމުން މިއީ ޖޯކެއް ކަމަށް ބެލެވޭ ޖާގަވެސް ނެތީތަ. ރާއްޖޭގެ ސިޔާސީ ދާއިރާތެރެއިން އެއްވެސް ހަގީގީ ޓެރަރިސްޓްއަކަށް ފިޔަވަޅެއް ނޭޅޭ. ރައްޔިތުން މިހާރު ރައްޔިތުން ބިރުގަންނަނީ މާފިޔާ ވައްތަރަށް މަަސައްކަތް ކުރާ ގޭންގްތައް ދެކެން.

  12
 26. ރައްދު

  ފުރަތަމަ ކުރަންޖެ ހޭ ކަމަކީ ވަލުދޮރާށިން މުއައްސަސާ
  ތަކަށްވަދެތިބި މީހުން ބޮޑު މުސާރަ އާއި އިނާޔަތްތައް ދައުލަތުން ނަގަމުންދާ ޚިޔާނާތްތެރިން އެތަންތަނުން ބޭރުކޮށް މުއައްސަސާތައް މިނިވަންކުުމެވެ މިނޫންގޮތަކަށް ރާއްޖެއަށް ހަމަޖެ ހުން އަންނާނެ ގޮތެއް ނުވިސްނެއެވެ.

  13
 27. ނަން

  އަޅާ ފިޔަވަޅެއް އަޅަބަލަ އެއީ ޑުރާމާއެއް

  19
 28. ......

  ހިޔާލު ފާޅުކުރުމުގެ ހައްގު ހަނި ކުރުމަށް މަސައްކަތް ކުރާ މީހުންނަށާއި ރައްޔިތުންގެ މިނިވަންކަމަށް އަރައިގަންނަ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަން

  17
 29. Anonymous

  ޑްރާމާއެއް

  19
 30. އައްޑޫ ސިޓީ

  އިންތި އެއްމެފުށަތަމަ ފިޔަވަޅުއަޅަންވީ ތިޔަލާދީނީޕާޓީގެ މެންބަރުންނަށް. ދެންވެސް ހެއްދެވި ފަރާތް ހަނދުމަކުރޭ ލާދީނީ.

 31. ހުސޭނުބޭ

  މިހާރު ޔަޤީންވެއްޖެ ތިއީ ޑްރާމާއެއްކަން
  އެހެންވެ ތި ތެޅެއަރުވަނީ

  11
 32. އަލީ

  އަމިއަލް މަސްލަހަތުގެ ކަންކަމާ އަމިއްލަ އެދުމުން ކަސްއަޅާފަ ތިބި މިކަހަލަ މީހުން ދުވަހަކުވެސް ގައުމުގެ ކަންކަމާ ނިކަމެތި ރައްޔިތުންގެ ކަންކަމަކު ވަކާލާތެއް ނުކުރާނެ. މީ ލަދުހަޔާތުގެ މަތީ ހަތާ ފަޅާފަ ތިބި ބައެއް!!! ނަމުގަ ރައްޔިތުން މަޖިލީހުގެ އިއްޒްތެރި މެންބަރު ން!!!

 33. އިންތިޒާރު

  ޙަމަ ސީދާ ޑްރާމާއެއް
  އިންތި ކަލޭގެ ކިތަންމެ ފުއްޕިޔަސް ރައްޔަތުން ނުސިހޭނެ

  10
 34. ޙހހ

  ފިލމެކޭ ބުނޭ އޭރުންފިޔަވަޅެއް ނާލާނެ. ޢަނގަބަންދުކުރަން އުޅޭބައެއްތީ . ކޮމެޓީތައް ހަދައި ލާރި ހަރަދުކުރުބްނޫން އިތުރުކަމެއްނުވެ. ފައިލްވީ 100 ފަހަރު ވެރިކަންލިބުނަސް ﷲ މަތިން ހަދުމަނުވާމީހުން ފެއިލްޗާނެއެވެ. މީ ވަރައްވާހަކަ ވަރައްސަލާން.

 35. ޑިރެކްޓަރ

  ޑްރާމާ އެއް ނޫން.ސީރީސް އެއް. ފުރަތަމަ އެޕިސޯޑް.

  14
 36. ޚިޔާލު 3

  ރިއާސީ އޮޑީގެ ވާ ހަކަ ވެސް ހަދާނަށް އެބައާދޭ

 37. އަހުމަދު އީސާ

  އެއި ހަމަ ޑްރާމާއެއް

 38. ރ ޔާންބެ

  މާދަމާ ނިކުމެ ގޮވާލާތި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެންނަށްވެސް އޮންނަންވާނެއޭ. އޭރުން މޑޕ ކަން ފުރިހަމަވީ.

 39. ވާގޮނުސްކޮ

  އެމޑީޕީ ކުރީމަ ކޮންމެކަމެއްވެސް ރީތިވެފަ ރަންގަޅު. ބަލަކޮންމެތާކުކޮންމެފެންވަރެއްގެ ބަޔަކު ނުވަތަ މީހަކުވިޔަސް
  ޏުބަޔަކުން ރަންގަޅެއްނުނިކުންނާނެ. އިއްޔެވީކަމެއްފަދައިން ރ ވަހީދުވެރިކަމުގަ އެމަނިކުފާނައް ހުތުރު ބަހުން ތިއެމްޑީޕީ ގޮވިހާއެއްޗެއް މިހާރުވެސް ކަންފަތުގާ ހަރުލާފައެބަހުރި. ތަޅަން މަރަން ދަންޖައްސަން ގޮވިހަނދާން ފުހެވިނުދޭ. ވީމާބުނެލާހިތްއޮތީ ގުދޯގުދޯ ގޮވުމަކީ ކޮށްފަހުރިކަމެއް ،ހޭވިހަޑިއެއް ބާތިލު ނުވަތަ ހުދުކާފޫރައް ވާނެކަމެއްނޫން. ތިޔަތިބީ އަމްލައަށް ގުއިރޯނުދަމާފަ ހަމައެގުއިރޯނުއަމިއްލައަށްޖެހިފަ.

 40. އަބޫ

  ދެން އިސްލާމް ދީނާ ޚިލާފް ޢަމަލު ކުރާމީހުންނަށް ފިޔަވަޅު އަޅަންވެސް ގޮވާލަ ބަލަ!

  10
  1
 41. އެމީހާ

  އެއީ ހަމަ ޑުރމާއެއް

 42. ނަސީ

  މީތޯ އެބުނާ ޑިމޮކްރަސީއަކީ އެންމެފަހުން މާއުމޫންމައް ވެނިމުނީ

 43. މާލެ

  އެއީ ހަމަ ޑްރާމާއެއް ނަޝީދަށް އެމްޑީޕީ އާންމުންގެ ސަޕޯޓް ގެއްލޭތީ ހަމްދަރުދީ ހޯދުމަށް ކުރި ކަމެއް.

 44. ރިޔާޒުބެ

  އެއީ ޑުރާމާ އެކޭ ބުނާކޮންމެ މީ ހަކު އަތުން 5000ރ. ޖޫރީމައިނާއެއް ނަގާ ހީވޭ ފުދޭވަރުގެ މަންފާއެއް ލިބޭނެހެން

 45. އައްޑޫ ޝަކުވާ ބޯޓު

  ވަރަށް ޑްރާމާ ބައެއްމީ އަންނިގެ ސަޕޯޓުހޯދަން. ޢަާން؛.! އެވަރުމީހެއް ނެތްވިއްޔާ.

  ތިޔަލިބިފައިވާ މުއްސަނދިކަމާއި؛ ތަނަވަސްކަމަށް؛.ހިތްތިރިކޮށްފައި ނިއުމަތްދެއްވެވި ރަސްކަލާނގެއަށް ޝުކުރުގެ ސަޖިދައެއް ޖަހާބަލަ،

  ޢެއްބަޔަކު މިއުޅެނީ ރެއާއި ދުވާލު އަނގަޔާއި އަތާ ދިމާ ނުވެގެން.
  ކޮންމެވެސް އެއްޗެކޭކިޔާފައި ގާނޫނެއްހަދައި ރައްޔިތުމީހާ ޖޫރިމަނާކޮށް ފެލައި ލެވޭތޯ މިމީހުން މިބަލަނީ.

  ބޮޑާ ކިބުރުވެރި ސިޔަސީވެރިން ތަކެއް މިއީ.
  ފިސާރިބަޔާކާ ވެރިކަން ހަވާލު ކޮށްފައި މިއޮތީ:.!

  ޔާރައްބި! މިއޮތިވާ ގައުމެއް!

 46. ރަދީފް

  އިންތި ކަލޭ ހީނުކުރައްޗޭ އަބަދު ތިހުރެވެނީ ސިއެސްޓާ ޕްރެޒެންޓްކުރަންށޭ.ކަލޭ މަހަށް ދޭބަލަ.މަހަށް އިނގޭ.ވ.ވެދުން ބްރޯ.

  6
  1
 47. މަ

  އެއީ ހަމަ ޑްރާމާއެށް އަޅެ ފިޔަވަޅު އަޅާބަލަ

 48. ބުއްޅަބެ

  ހހހޙަމަ ޑްރާމާއެއް.

 49. ބޮޑުވަޒީރު

  އިތްޒަތްތެރި ހެދިގެން އުޅޭ އިރު ހީވަނީ މީނަ ނޫނީ ކަމެއް ދަންނަ އިތުރު މީހަކު ނޫޅޭހެން ﷲ ގެ ގާނޫނު ކަލޭމެން ތިޔަހަދާ ގާނޫނަށްވުރެ މާމަތިވެރި

 50. ޖާބެ

  ކޮބާތޯ އަނިޔާވެރި ގޮތުގަ ޤަތުލު ކުރެވުނު މީހުން. އެމީހުންނަށް ފިޔަވަޅު ނޭޅުނު ބަޔަކަށް އެޅޭނީ ކޮން ފިޔަވަޅެއްތޯ؟ އިންތި އަށް ކިހިނެއް ވެގެންތަ މި އުޅެނީ. ދެރަކަމެއް ހުވާ

 51. އަބްދޫ

  ކޮންކަހަލަ ބޮމެއް. ކައިރީހުރިފަހާރަ ބިއްލޫރި ނުތެޅޭ .އެހުރިހާ ތަކެތި ގައިގެ އެތަންމިތަނަށް ވަންއިރު އެންމެ ލޭތިއްކެއްވެސް މަގުމައްޗަށް ވެއްޓީފާނެތް. ކީއްވާނީ ރަތް ކުލަކޮޅެއް ގިރާފަ ޖޫސްޕެޓީ ކޮތަލަކަށް އަލައިގެން ގޮސް ފަޅާލިނަމަ ގައިމު ލޭކުލަ ފެންނަން ހުރީސް.

 52. Anonymous

  މޑޕ މީހުން އެކަނި މިގައުމުގަ އުޅެން ބިލެއް ފާސްކުރޭ ދެން އަވަހައް.

 53. ސީނު

  އެހެންވީމަ ނިއުމާމެންނާ ޔޫއްޕެމެން ފުރޮޅި ފުރޮޅިފަ އެކުޅެނީ ހަގީގަތެ ކޭތަ؟