އަބަދުވެސް ދެމި އޮންނާނީ ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

އެޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވަމުން އެމްޑީޕީން އާއްމުކުރި ބަޔާނެއްގައި ބުނީ، މި ދުވަސް ފާހަގަކުރަން ޖެހިފައި ވަނީ މި ޕާޓީގެ އެންމެހައި މެމްބަރުންނަށާއި ޕާޓީއަށް ތާއިދުކުރާ އެންމެހައި ފަރާތްތަކަށް ނުހަނަ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

"މިއީ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަޙަމްކޮށްލާފައިވާ ވަގުތެއް" ކަމަށް 2005 ގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރަން ދައުލަތުން ހުއްދަ ދިނުމުން އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މިހާރު ވެރިކަންކުރާ އެމްޑީޕީން ބުނީ އެ ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ އިތުރަށް، ޕާޓީގެ ފިކުރަށާއި އެމްޑީޕީ ބިނާވެފައިވާ އަސްލުތަކަށާއި ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ހަމަލާއެއް ކަމަށެވެ.

އެ ޕާޓީގެ އެންމެ ފުރަތަމަ ޗެއާޕަސަން އަދި މިހާރު ޕާޓީގެ ރައީސް ނަޝީދު ވިދާޅުވެފައިވާ ފަދައިން އެމްޑީޕީގެ ފިކުރަކީ މި ގައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫން ކަމުގައި އެމްޑީޕީން ބުންޏެވެ. އެ ޕާޓީއަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާއީ، އިގްތިދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެއް ކަމަށް 2005 ވަނަ އަހަރު އުފެދުނު އެމްޑީޕީން ބުންޏެވެ.

ޕާޓީން ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީއާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ އެ ޕާޓީ ކަމާމެދު ޝައްކެއް ނެތް ކަމަށް ހެޔޮވެރިކަމަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީން ބުންޏެވެ.

"ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ވެސް، އިރާދަކުރެއްވިއްޔާ އެމަނިކުފާނާއި މި ޕާޓީ އަބަދުވެސް ދެމި އޮންނާނީ މި ޕާރޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުން ފެށިގެން ދިޔައީ މިއަދު ހެނދުނު ދިދަ ނެގުމުގެ ހަރަކާތަކާއެކުއެވެ. މިއަދު އެކި ވަގުތުތަކުގައި އަހަރީ ދުވަހުގެ ހަރަކާތައް ހިންގަން ވަނީ ހަމަޖެހިފައެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ވީޑިއޯ މެސެޖެއް ދިނުންވެސް މިއަދު އޮންނާނެއެވެ.

އެމްޑީޕީއަކީ 48،990 މެންބަރުންގެ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ހައްގު މިންވަރު

    ހައްގު މިންވަރޭ ކިޔާފަ އަބަދު ބޮމުގެ ހާދިޘާގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އާސަންދައިން ލިބެމުން އައި އައިނު ހެދުމުގެ ޕޮލިސީ ބަދަލު ކުރުމައި، މުޖުތަމައުތެރޭ ކުށްތަކަށް އަރަމުން އަންނަ ކުޑަކުދިންނާއި ޒުވާނުން އެކަންތައްތަކުން އަރައިގަތުމަށް މަސައްކަތްކޮށް ދިނުން ކީވާނީ؟ ވޯޓާއި ހަމަޔަށްއައިމަ އެކަންޖެއްނޫން ރައްޔިތުން ފެންނަން ޖެހެނީކީ، އަދި ހަމައެކަނި މި ދައްކަނީ މި ޕާރޓީގެ ވާހަކައެއްވެސް ނޫން. ސިޔާސީ މީހުންނަށް ފައިދާ ކުރުވަނި ކަންތައްތަކަށް އަބަދު އިސްކަން ދިނުމުގެ ބަދަލުގައި ރައްޔިތުންނާ ދޭތެރޭ ވިސަނާކަށް އަދިވެސް ނުވޭ ދޯ؟

    50
    • Anonymous

      ދިވެހިންނަކީ އިންޑިޔާގެ އަޅުންގެ ގޮތުގައި ތިބެންޖެހޭނީ- މޑޕ.
      ދިވެހިންނަށް ހައްޤު މިންވަރު.

      26
  2. ޙަސަނާ

    ތިކަމެއްމިހާރަކު ދިވެހިންގަބޫލެއްނުކުރޭ މަޖިލިހުގަ ތެޅިބާލާވައްތަރުން ދިވެހިންމިތިބީ ބިރުންސިހި ސިހި
    ކޮންވަގުތަކު ކަންނޭގެ ދިވެހިންކަރަެް ރާއަޅަންވެސްނުކުންނާނީ ނޭގޭތީ...

    63
    • Anonymous

      މޑޕ އިން ބުނަނީ ދިވެހިންނަށް ހައްޤު މިންވަރަކީ އަޅުވެތި ކަމޭ... އެކަން ކުރުމަށޭ އިންޑިޔާ ދިވެހިން މިދެނީ......... ދިވެހިންނަށް މުއްސަނދިކަމާ ގެދޮރާ މުދާ ލިބެން ޖެހޭނެ ކަމަކަށް މޕޑ އިން ގަބޫލެއްނުކުރޭ ދިވެހިންނަށް މިނިވަންކަމާއެކު އުޅެވެން ޖެހޭނެ ކަމަކަށް މޑޕ ގަބޫލެއް ނުކުރޭ

      22
    • މާޖާހިލު

      އެމްޑީޕީގައި ތިބޭނީ ހުސް ދޮގު ހަދާ މީހުން. މި މީހުން މިކިޔާ ހަމައަގާއި ހައްގު މިންވަރާއި ތާހިރު ދިރިއުޅުމަކީ ހައްތާވެސް ރީތި ނަންނަން. މިނަންތަކުގެ ފަހަތުގައި ފޮރުވިފައި އޮތީ އަޅުވެތިކަމާއި އަޅުދާސްވުމާއި ނިކަމެތި ކަމާއި ދީން މުގުރާލުން.

  3. ހަސަދު

    އެއްވެސް ވިޝަން އެއް ނެތް ރައީސަކު ލައިގެން ދިވެހންނަށްް ހައްގު މިންވަރު ހޯދާދެވޭނެބާ!!!. އެމް.ޑީޕީ ރައީސް ސޯލިހަށް ވުރެ ގާބިލް މީހަކު ނުނެރުވުނު ހިސާބުން އެގިއްޖެ އެމް.ޑީޕީ އަކީ އަމިއްލަ އެދުން ބޮޑު ޕާޓީ އެއްކަން.

    51
  4. ޢައިސް

    ބޭނުމެއް ނޫން ، ވާވަރަށް ލިބިއްޖެ..

    61
  5. ޖަޑިބު

    ހައްގުމިންވަރު ކިހހި ހިިނެއް ހޯދާދެވޭނީ. ބޮންގޮއްވި ހާދިސާގަ އަނިޔާވި ނިކަމެތި ފަގީރުމީ ހާ ބޭސްކުރަން ސަލާންޖަ ހާއިރު ބޮޑުވަޒީރު ޖަރުމަނުގަ މިއުޅުއް ވަނީ މި ހިރީ ދިވެ ހިންގެ ހަމަ ހަމަ ކަމުގެ ނަމޫނާ މިސާލެއް.

    62
  6. ސަމްކުޅިބޭ

    އެމިންވަރުގައި މިތިބީ. ދެން އިތުރަށް ހޯދާދޭން އުޅޭނެކަމެއްނެތް.

    53
    1
  7. ދަރަނި ދަންތުރަ

    ތިޔަބުނާ މިންވަރު ލިބިއްޖެ ދެން އިތުރަށް ބޭނުމެއްނޫން ، ހަޒާނާ ބަހާ ހުސްކޮށްފި ހައްގުވާ މީހުންނަން ، އިސްލާމް ދީނަން ފުުރައްސާރަކުރުން ހައްދުފަހަނައަޅައިފި ، މިސްކިއްތަށް ބަންދުކޮށްފި ، ގުރުއާން ކިޔަވާ އަޑު އިވޭއިރަށް ކަލޭމެންގެ ކަންފަތުން ދުންއަރާ ، ބޮޑުވަޒީރު އެހުރީ ޖަރުމަނުގައި ރައްޔިތުންގެ ފައިސާ ތަޅާބުރުވަނީ ހަރާމެއް ހަލާލެއްނެތް ، ރައްޔިތުން ޖޫރިމަނާކޮށް ނޮޅާ ވީދާ އިރާ ކަނީ ، ރައްޔިތުންގެ އަތުން ފޭރިކާން މިވަރުގެ ވެރިކަމެއްނާންނާނެ....

    55
  8. ބަރަނި

    ކޮން އިރަކުން؟މިހާރު ވެސް ލިބޭ އިތުރަށްވެސް ލިބޭ.ކޮންމެހެން ދިވެހިންގެ ބޯކާން އުޅޭނެކަމެއްނެތް.ރަނގަޅު ވާނެކަމަށްހިތާ ވޯޓް ދީފިން.އެކަމަކު މިހާރު ވޯޓް ދެވުނު މޮޔަ ހީވޭ.މިވަރުގެ ނުބައި ހަރާމް ކޯރު ވެރިކަމެއް އަދި މިރާއްޖެއަކަށް ނާދޭ.ކަރަޕްޝަން އިންތިހާއަށް.ނުބައި ކުރެއްވި ހުރިހާކަމެއް އިންތިހާއަށް ކުރިޔަށް ދާއިރު މައިސަރުކާރު އެކަމަށް ނުކުޅެދިފަ.

    52
  9. މުއާޒު

    ދިވެހިންނަށް ޙައްޤު މިންވަރަކީކޮބާ؟

    31
  10. ކޮވިޑް

    ލަދެއް ހަޔާތެއް ނެތޭ އަދިވެސް ތިބަލަނީ ރައްޔަތުން ބޮލަށް ޗިޕްޖަހާ ގްބޯ ހެއްދޭތޯ؟

    57
  11. މާމި

    ދެން ހައްގުމިންވަރު ކީއްކުރަންތޯ އެއްވެސް ވަރެއް ބޭނުމެއްނޫން ނުދެވުނޭ ކިއާފަ ދުރުވން ވީ ނޫން ތޯ

    34
  12. އަބޫ

    އިތުބާރު ގެއްލިއްޖެ! ޙައްޤުނޫން މިންވަރުތައް ހޯދައިގެން ދިރިއުޅޭ ބައިގަނޑަކަށް އެހެންމީހުންނަށް ޙައްޤު މިންވަރު ހޯދައިނުދެވޭނެ. އަމިއްލަ ބަނޑަށް އަޅައި ބަނޑުތައް ބޮޑު ކުރެވޭތޯ މަސައްކަތްކުރޭ. އެހެންމީހުންނޭ ނުކިޔަބަލަ. ދެރަކަމެކޭ ހުވާ

    31
  13. ޑައެލޯގް

    އަބަދުވެސް އޮންނާނީ އެމްޑީޕީ އަސާސްތަކުގެމަތީގައިކަމަށް ބުނިބުނުން %100 ދޮގެވެ. ދިމާވިކަމެއްބުނެބަލަ.
    1. ތިންބާރު ވަކިކުރަންބުނުން
    2. އާއިލީވެރިކަމެއް ނުކުރަން ބުނުން
    3. ތީމުގެއަކީ މައުމޫނުގަޑުވަރެކޭ ތިމަންނާމެނެއް އެތަނަކު ނޫޅޭނަމޭ
    4. މައުމޫނު ގާތްމީހުން ކުއްވެރިވިއަސް ދޫކުރެއޭބުނިބުނުން
    5. ދުލުގެ މިނިވަންކަންދިނުމަށްބުނިބުނުން މިހެންގޮސްބައިވަރު

  14. އަބްދޫ

    ހައްގު މިންވަރަކީ ކޮބާ؟ 2008 ގަ ވަރުިކަމަށް އައީ ބަނާމަހަށް ހަމައަގު ހޯދައިދޭން ކިޔާފަ އަދި މިހާރތަނަށް އެ ބުނާ ހަމައަގަކީ ކޮބައިކަން އެގޭމީހަކު މުޅިދުނިޔެ އިން ވެސް ނުފެނޭ. މިހާރު މިކިޔަނީ ހައްގު މިންވަރު ހައްގު މިންވަރު އެގޭމީހަކު މުޅި ދުނިޔޭގަ ހުރިބާ؟ އެމްޑިޕީ ގަ މިއުޅޭ މީހުން ބުނާނެ ހައްގު މިންވަރޭ ހައްގު މިންވަރު ނިކަން ބުނެދީބަލަ ،އަހަރެން ދުނިޔޭގަ ދިވެއްސެއްގެ ގޮތުގާހުރެ ހައްގުވާމިންވަރު ނިކަން ބުނެދީބަލަ. 2004 ންފެށިގެ ހައްގު މިންވަރު ހޯދާދޭން އުޅޭ އެކަމަކު މިހާތަނަޑް ދިވެހިންނަށް އެންމެ ދަތި އުނދަގޫ އެންމެ ފަގީރު ހާލަތުގަ އުޅެން ޖެހިފާ ވަނީ އެމްޑީޕީ ގެ މީހަކު ވެރިކަމަށް އިސްވުމުން. އެހެން ވީމަ އެގެނީ އެކިޔާ ހައްގު މިންވަރަކީ ފަގީރުހާލުގަ އަނގަޔާ އަތާ ދިމާ ނެވެ އުޅުންބާ؟

  15. Happy 6789

    ޢމޑޕ އަކީ މިޙާރު ކުޅޭކުޅޭ ފީކަޅާ ޕާޓީއެއްކަން ސާބިތުވެއްޖެ! ޢަހަރެން ދަންނަ ފަހުރުވެރި ޕާޓީއެއްނޫން މިޙާރު އމޑޕ އަކީ... ޕާޓީގަތިބީ އަމިއްލަ އދުމަިގެން ފޯވެފައި ތިބި މީހުން! މަޖިލިސް މެޖޯރިޓީ ނަގައިގެން ކުރަނީ ބޭކާރު ކަންތއް.. ޕާޓީ ތެރޭގައި ކޯޅުން ނޫންކަމެއްނުކުރޭ! ސަރުކާރުންވެސް ބްއިތުލްމާލް ގާތްތިމާގެ މީހުންނށް ވެދުން ކުރުން ނޫން ކަމެއްނެތް.. އމޑޕ އަށް ވަރަށް ވެދުން!

  16. މިތުރާ

    ހައްގު މިންވަރު ލިބެމުންދަނީ، ހަށްގު މިންވަރަކީ މިމީ ހުން ކައިފަ ބާކީ ވާއެއްޗެއް! އެޖެންޑާ 19 ދޮގުވައުދުވީ ! މޑޕ ވައުދު އުވާލާ ކުރި ހުވަޔާ އިގުރާރު ކޮބާ؟ދިންޝަޒާވީ މަރައި ގުޅިފާ! ކުރަމެވަދާއު ސަލާމް! އިސްތިޔުފާ!

  17. Anonymous

    އެބަފެނޭ ދިވެހިންނަށް ހައްޤުވާ މިންވަރުދޭތަން..... އަޅުވެތިކަމާ ފަގީރުކަމާއި، ވަޒީފާ ނެތުމާއި، ސަލާމް ޖެހުމާއި ޑްރަގުގެ ވަބާ...

    14
  18. ހަމްދާން

    ދިވެހންނަށް ހައްޤުވާ މިންވަރަކީ، ރައްކާތެރިކަން ނެތި ދިރިއުޅުން. ހަރުކަށި ކިޔާފަ ވަދެ ދަމާގެންދެވޭ.. މިއީ ދިވެހިންނަށް ހައްޤުވާ މިންވަރަކީ..... ސަލާމް

    25
  19. ޤާދިރު

    ހައްޤުމިންވަރަށް ވުރެ އިތުރަށް ލިބިއްޖެ ދެން އެކައްޗެއް ވެސް ބޭނުމެއްނޫން.

    25
  20. ހަންޖޭ

    ބަލާވެރިކަން ފިޔަވާ ކަލޭމެން ކިބައިން ހޯދޭނެ އިތުރު އެއްޗެއްނެތް. މަވާ ސަލާމް.

    26
  21. ދުރުމި

    އަދިވެސް އެމްޑީޕީ މޮޅެތި ލޯގޯ ހަދާއިގެން ރައްޔިތުންނަށް އޮޅޮވާލުން ހުއްޓާލަން ނުވޭތޯ؟؟؟؟

    27
  22. ފަލަސްތީން

    ދިވެހީންނަށް ހައްގު މިންވަރަކީ ފަލަސްތީނު ރައްޔިތުންނަށް ލިބިފަވާ މިންވަރުތޯ؟

    17
  23. އަހުމަދު

    ހައްގު މިންވަރަކީ އިންޑިއާގެ އަޅުވެތިކަން

    17
  24. ހައްގުމިންވަރު

    ނުނިންމާ ހުރި ތަނެއް ނިންމާފައި ހުރި ތަނަކަށް ވުރެ ބޮޑު އަގުގައި ދިނުމަކީވެސް ރައްޔިތުންނަށް ހައްގުމިންވަރު ދޯ؟

    15
  25. ޑެޑުއހފޯސް

    ގަދަކަމުން ސެކިއުލަރިޒަމާއި، އެހެންދީންތަކާއި، އެލްޖީބީޓީ އާއި ..އިންޑިޔާއަށް ..ރާއްޖެވިއްކާލުން . ..ހައްގު..މިނއވަރު

    15
  26. ޝިޔާ

    ހައްގު މިންވަރު މި ހާރު އެގިއްޖެ..އެމިންވަރު ހޯދަން ބިލެއް ވެސް އެެ އޮތީ ތައްޔާރުކޮށްފަ..އެއށްފަ ހު ދެންފާސްކުރާ އެވަެްތަރުގެ ބިލާއެކު އަސްލު ހައްގު މިންވަރު ރަގަޅަށް ލިބި ރާކަނިމަސް ކެވުމުގެ ކުރިން ރައްޔަތުން ސަމާލުވާންވީ.

    15
  27. ލިބޭ

    މިހާރުވެސް މިލިބިދޭ ހައްގު މިންވަރު ރަނގަޅު

  28. ސިމްޕަލް

    ޙިނގާ ދޯ ލަދުގަންނަން ދަސްކުރަން

  29. ޙހހހ

    ދިވެހިން ތިކިޔަނީ ކޮންބަޔަކަށްތޯ ،

  30. ލޯބިވާ ވަޠަން

    ހެޔޮނުވާނެ. ފުދޭވަރަށްވުރެ މި ހާރު ވެސް އިތުރުވެއްޖެ. ކަލޭމެން ކޮންމެވެސް އެ ހެން ކަމަކާ އުޅޭ

  31. މާހައްގު

    ތިޔަ ބުނާ ހައްގު މިންވަރަކީ 1 ޑޯޒާއި ޑޯޒެއްގެ ބައިކުޅަބަޔަކާއެކު އިންޑިޔާގެ އަޅަކަށް މިގައުމު ހެދުން.

  32. ޢބދ

    ތިބަހުން ދޭހަވަނީ އެމް ޑީ ޕީ ގެ ނަޒަރުގަ ދިވެހިން ނަކީ މުޅި ގައުމުގެ އާމްދަނީއާއި މިނިވަންކމުގެ ހައްގު ވެރިންނައް ނުވާކަން .!!!!!!!!!! ތިކަހަލަ ހިތުން ދެމާނަ އެކުލެވޭ އެކަމަކު ދުލުން ހަމަބުއްދި ނުވާ ވާހަކަ ދެއްކުން ހުއްޓާފަ ކަލޭމެންނަށް ހައްގު މިންވަރަށް އުފާކުރެވޭނެ ހުޅަނގުގެ ގައުމުތަކަށް ކަލޭމެން ހިޖުރަ ކޮއްލއްޔާ މާރަނގަޅުވާނެ.

  33. ސަމާ

    ހައްގުވަނީ އިންޑިއާގެ އަޅުވެތިކަން.
    ޑިފެންސަށް ކުޅެން ހުރިމީހާ ބުނީ އިންޑިއާ ބޭނުމިއްޔާ ރާއްޖެހިފިދާނެއޭ.

    2
    1
  34. އަހްމަދު

    މޑޕ އެ ބުނާ ހައްގު މިންވަރު: ޑިމޮކްރަސީ ތެރެއިން އެއްވެސް ލަގަނެއް ނެތް ޝައިތަނީ މިނިވަންކަން ލިބުން.