ބޮޑުތިލަދުންމައްޗަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅަށްވާ އިރު، އެއީ އާބާދީގެ ގޮތުން ބެލި ކަމުގައި ވީނަމަވެސް ގިނަ ބަޔަކު ދިރިއުޅެމުންދާ އަތޮޅެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި އެ އަތޮޅުންވެސް ބަލީގެ ވޭދަނަތައް ފެނެއެވެ. ގިނަ ބަޔަކު ބައްޔަށް ހުށަހެޅިފައިވާ އިރު އެ އަތޮޅުގެ ގިނަ ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނައެވެ. ވެރިރަށް ދިއްދޫ ދެ ފަހަރަށް މޮނީޓަރިންގްއަށް ގެނައެވެ. ނަމަވެސް މިހާ ބޮޑު އަތޮޅެއްގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތެވެ. އެ އަތޮޅު ރައްޔިތުން ތިބީ މިކަމުގައި ކަންބޮޑުވެފައެވެ.

ހއ. ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ރަޝީދު ވިދާޅުވީ ބޮޑު އާބާދީއެއް އޮންނަ އަތޮޅަކަށް ހއ. އަތޮޅު ވާއިރު ކޮވިޑަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކޮވިޑް ފެސިލިޓީއެއްވެސް ހުރުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ. ނަމަވެސް އެ އަތޮޅުގައި ސިއްހީ ވަސީލަތްތައް މަދުކަން ފާހަގަކުރައްވަމުން އޭނާ ވަނީ އެއީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

"24،000 އަށް ވުރެ ބޮޑު އާބާދީ ދިރިއުޅޭ ހއ އަތޮޅުގައި ކޮވިޑް ފެސިލިޓީ އެއް ނެތް، ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތް، ލެބޯޓްރީ ހަދާނެ އިމާރާތާއި މެޝިން ލިބުން އިރު ކެމިކަލް ރީއެޖެންޓް ނެތް." އިންފާޒް ވިދާޅުވިއެވެ.

ހއ. ދިއްދޫ މަގުމަތިން މީހަކު ހިނގާފައި ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިއްދޫ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރުވެސް އެއަތޮޅުގެ ރަށްތަށް ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް އެއީ މާ ބޮޑު ކަމަކަށް ނުވި ކަމަށެވެ. އަދި މެމްބަރުން އިސްވެ، ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް އަތޮޅުގައި ހަމަޖައްސަން މަސައްކަތް ކޮށްފައި ނުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮޮތުގައި މި އަތޮޅުގައިވެސް ކޮވިޑަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ހުންނަން ޖެހޭނެ. ފެސިލިޓީއެއްވެސް ހުންނަން ޖެހޭނެ. އެކަމަކު މި އަތޮޅު ތަމްސީލު ކުރާ ފަސް މެމްބަރުންނަށް ނުވޭ އެއީ އެއްވެސް ކަމަކަށް. އެބޭފުޅުން ކަންބޮޑުވެ ނުލައްވާ މިއަތޮޅުގައި މެޝިނެއް ނެތަސް." އޭނާ ވިދާޅުވިއެވެ.

ހއ. އަތޮޅުގެ އެކި ރަށްރަށުން ނަގާ ސުންކުތަކުގެ ނަތީޖާ ހޯދުމަށް ފޮނުވަނީ ހދ. ކުޅުދުއްފުއްޓަށާއި މާލެއަށެވެ.

ހއ. އަތޮޅު ކައުންސިލް އަހްމަދު ޝަފީގް ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރެވޭ މެޝިނެއް ނެތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށެވެ. އަދި ނަގާ ސުންކުތަކުގެ ނަތީޖާ ލިބުގައި ލަސްތަކެއް ދިމާވާ ކަމަށްވެސް ވިދާޅުވިއެވެ.

ހއ. އަތޮޅަކީ ބޮޑު އަތޮޅަކަށް ވާއިރު އެއަތޮޅުގައި ސިއްހީ މިފަދަ ވަސީލަތްތައް ހުންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އަދި ކޮވިޑަށް ޓެސްޓު ކުރާނެ މެޝިނެއް އެ އަތޮޅުގައި ގާއިމްކޮށްދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ވަރަށް ކަނބޮޑުވޭ މި އަތޮޅުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ މެޝިނެއް ނެތުމުން. އެކަމަކު މިހާރު ވަނީ އެކަމަށް އެދިފައި. ހެލްތު މިިނިސްޓްރީއިން ވިދާޅުވި ވަރަށް އަވަހަށް ޕީސީއާރު މެޝިނެއް އަތޮޅަށް ފޮނުވާނެ ކަމަށް." ޝަފީގު ވިދާޅުވިއެވެ.

ހއ. ދިއްދޫއަށް ކުރި ވަގުތި ހޭރިޔާ ދަތުރުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޝަފީގް ވިދާޅުވި ގޮތުން މިހާރުވެސް ދިއްދޫގައި ޖީން އެކްސްޕާޓް މެޝިންއެއް ހުރެއެވެ. ނަމަވެސް އެ މެޝިންއަށް ބޭނުންވާ ކާޓިރިޖްތައް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ މެޝިން އޮޕަރޭޓް ކުރުމުގައި އުނދަގޫތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.

ޝަފީގް ވިދާޅުވީ ދެ ހަފްތާއެއް ތެރޭ ކޮވިޑަށް ޓެސްޓު ކުރެވޭނެ ޕީސީއާރު މެޝިނެއް ހެލްތު މިނިސްޓްރީން ފޮނުވާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށެވެ. އަދި ކޮވިޑް ފެސިލިޓީއެއް ދިއްދޫގައި ހެދުމަށްޓަކައި މިހާރު މަޝްވަރާ ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

އެ އަތޮޅު އިހަވަންދޫގައި މިހާރުވެސް ކޮވިޑް ފެސިލިޓީއެއް ހުރެއެވެ. ނަމަވެސް އެއީ ޓްރާންސިޓް ފެސިލިޓީއެކެވެ.

ހއ. އިން މިހާތަނަށް 281 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. އެއީ އެ އަތޮޅުގެ 14 ރަށުގެ ތެރެއިން ދެ ރަށް ފިޔަވާ ހުރިހާ ރަށަކުންނެވެ. މި ބަލީގައި އެއަތޮޅުން ނިޔާވީ ދެ މީހެކެވެ.

އެންމެ ގިނަ ބަޔަކު ފައްސިވީ ދިއްދޫންނެވެ. އެއީ 143 ދިވެއްސަކާއި، 14 ބިދޭސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖަސްޓިސް ވޮރިއަރ

  ނޫން، އައި ހެވަންއާ މައި ހެވަންއާ ދެންވެސް އޮތް ހެވަންއެއް މިވެރީން ތިތަނުގައި ހަދާނެ. ބާރަށް އަތްޖަހާ. އަންނަ އިންތިޚާބުގަވެސް ވާނެ ރީނދޫ ހެދުމާ ރީނދޫ ފެނާ އެއްޗެހި ބޮއެގެން މަގުމަތީ ގުންފާ ތަޅަން ނިކުންނަން.

  10
 2. ސަމްކުޅިބޭ

  މަބުރޫކުބުނީ ސަރުކާރުގެ ވިސްނުމަކީ ހުރިހާ އަތޮޅެއްގާވެސް ޓެސްޓް ކުރެވޭނެ ގޮތް ހެދުމޯ. މެޝިންތައް މިހާރު ހުންނާނެޔޯ. މީހުން ތަމްރީނު ކުރަނިއްޔޯ. އެކަމަކު އަދި ކާޓްރިޖް ލިބޭނެ ދުވަހެއް ނޭގެޔޯ. މީވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެކޯ.

 3. އިޙްސާސް

  ހއ ގަ އެކަނިތަ ނެތީ؟ ބޮޑު އުނދަގުލެއް ހުވާ މިހާރު ކަރަންޓީނުގެ 14 ދުވަސް ނިމި ކަރަންޓީނުގަ ހުންނަތާ މަސްދުވަސް މިވަނީ. މުވައްސަސާތައް ފެއިލްވެފަ. އެތަންތާ ތިބޭ މީހުންނަކަށް ނޭނގެ ވާނުވާވެސް. ށ އަތޮޅު ހޮސްޕިޓަލް ގަ ހުރި މެޝިން ހަލާކުވެފަ ހުންނަތާ މަސްދުވަހަށްވުރެ ގިނަ ވީ. އެކަން ޙައްލު ނުކުރާއިރު އާ އެއްޗެއް ގެނައީކީ ނޫން. ކުޅުދުއްފުށީގަ މެޝިނެއް ހުރުމެކޭ ނެތުމެކޭ އެއްވަރު. އެ މެޝިނަކުން ށަވިޔަނި އަތޮޅު ސާމްޕަލްތައް ޓެސްޓް ކުރަން ބުނީމަ ފުރަތަމަ ބުނީ މަރުކަޒު ފަރާތުން ފޮނުވާށެ. ފުނަދޫ ސީއެމްބިއުލޭންސް ހަލާކުވެފަ. އަމިއްލަ އަށް ފޮނުވިޔަސް ބަލައެއް ނުގަންނާނަމޭ. ކިހާ ދެރަ ވެއްޖެ ކަމެއްތަ އޭން؟؟؟ ދެން އަހަރުން އުމުރު ދުވަހު ކަރަންޓީނުގަ ތަ ތިބެން ވީ؟؟؟ ބޯހަލާކު. އެމްއެންޑީއެފް ލޯންޗުން ސާމްޕަލް ބަލައި އައި ދުވަހަކުން މާލެ ގެންގޮސް ޓެސްޓުކުރެވުން އިރަކުން ޓެސްޓްކުރެވުން މީކީ އުސޫލެއް ނޫން. އޯގާތެރި ސަރުކާރުން ވާނެ ވޯޓު ހޯދަން ނޫނަސް ރައްޔިތުންގެ އަޑުއަހަން. ރައްޔިތުން މި ޖެހެނީ ގަނޑަތެޅެން. ރައްޔިތުމީހާ ކުއްވެރިވާނީވެސް. މިމީހުންގެ ކުށެއް ނުފެންނާނެ. ޝުކުރިއްޔާ އޯގާތެރިކަމުން ހައްދުފަހަނަ އަޅާފަ ހުރި ސަރުކާރު. މީ ވަރަށް ވާހަކަ. މަގޭ ވެދުން އެޗްޕީއޭ އަށް.

 4. ތުއްތުނާ

  ސާމްޕަލްނަގާފަ އިންޑި އާ އަށްފޮނުވާ ..

 5. އިބްރާހީމް

  ށަވިޔަނިން ނަގާ ސާމްޕަލްތައް ވެސް މާލެއަށް ފޮނުވަން މިޖެހެނީ. 14 ދުވަހުގެ ކަރަންޓީނު 18 ދުވަހަށް ބަދަލުވެގެން ދަނީ.... އެމް.ޑީ.ޕީ ނޫން ވަޒީރެއް ނަމަ އުފުރާލައިފީސް މިހާރު

 6. Mee Bodu Thiladhunmathi

  ބޮޑު ތިލަދުންމަތީ ރަށްތައް ބިކަ ކޮށްފަ މިއަށް ވުރެން ކުޑަ އާބާދީ އަތޮޅުތައް މާ ރަނގަޅު ފެންވަރަށް ރައްޓެހި މީހާ އެތަނެއްގެ ހުރީމަ. ދެން ނިކަން އާދެބަލަ މި ހިސާބަށް ވޯޓު ހޯދަން. ކުޅި ސަމާ ދައްކާލާނަން.

  44