ކުރަފަތް ހިފައިގެން ލެކްޗަރާއަކު އަންހެން ދަރިވަރުން ފަހާ ދުވާއިރު މުއައްސަސާތައް ކޮބައިތޯ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ސުވާލު ކުރައްވައިފިއެވެ.

މުސްތަފާ މިސުވާލު މުއައްސަސާތަކާއި އަމާޒު ކުރެއްވީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެއް ކަމަށްވާ ޑރ.މުހައްމަދު އިޔާޒް އަންހެން ކުދިން ހިތާނު ކުރުމަށް ތާއިދުކޮށް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާތީ އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެކު ކުރަފަތް ހިފައިގެން އަންހެން ދަރިވަވަރުން ފަހާ ދުވެ ޖިންސީ ގޯނާ އާއި ނަފްސާނީ ބިރު ދައްކަމުން ދާއިރު ގާނޫނީ ވާޖިބަށް މުއައްސަސާތައް ފިލީތޯ މުސްތަފާ ސުވާލު ކުރެއްވިއެވެ.

"ހިއުމަންރައިޓްސް ކޮމިޝަން، ޖެންޑަރ، އެޑިއުކޭޝަން ވަޒީރު ކޮބައިތޯ ގައުމީ ޔުނިވަސިޓީގެ މުދައްރިސަކު ކުރަފަތް ހިފައިގެން އަންހެންދަރިވަރުން ފަހާ ދުވެ ޖިންސީގޯނާ ޢާއި ނަފްސާނީ ބިރުދައްކަމުންދާއިރު ގާނޫނީ ވާޖިބަށް ފިއްލެވީތޯ؟" މުސްތަފާ ސުވާލު ކުރެއްވިއެވެ.

އަންހެން ދަރިވަރުން ހިތާނު ކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއް ކަމަށް އިޔާޒް ވިދާޅުވަމުން ގެންދެވި ނަމަވެސް ރާއްޖޭގެ ބައެއް އިލްމުވެރިން ވެސް ގެންދަވަނީ އޭނާގެ ވާހަކަތައް ދޮގު ކުރައްވަމުންނެވެ. ކުރީގެ ރައީސް މައުމޫން އިއްޔެ ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނުކުރުމެއް ނޯންނަ ކަމަށެވެ.

ސަރުކާރުން ހަދާފައިވާ ޑާމޮގްރަފިކް ސާވޭއަކާ ހަވާލާދީ ޔުނިސެފުން މިދިޔަ އަހަރު ބުނީ ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށެވެ.

ޔުނިސެފުން މިދިޔަ އަހަރު ނެރުނު ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން %13 މީހުން ވަނީ ހިތާނުކޮށްފަ އެވެ. އުމުރުން ދޮށީ މީހުންގެ ތެރޭގައި އެ ނިސްބަތް ގިނަ އެވެ.

އެގޮތުން އުމުރުން 45-49 އަހަރާ ދެމެދުގެ %38 އަންހެނުން ހިތާނުކޮށްފައިވާއިރު، އުމުރުން ހަގުވާ ވަރަކަށް އެ ނިސްބަތް ވަނީ ދަށްވެފަ އެވެ. ރިޕޯޓުގައިވާ ގޮތުން، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ %1 އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބިން ޢަލީ

    މުސްޠަފާ މެންނަށް މަޖުލިސް ގޮޑީގަ އިށީންދެވުނީމަ ހިތަށް އަރަނީ ތިމާމެންވަރެއްނެތްކަމަށް ދޯ
    ތިމާގެ ހާލަތާ ތިމާގެ ފެންވަރާމެދު އެކަނި އިނދެ ވިސްނާލަބަލާ!

    54
    10
  2. ދަރަނި ދަންތުރަ

    މުސްތޮފާ ބޭ ވެސް ބާރަށް އަތްޖަހާ މިހާރު ތިހުރީ ސޯލިހު ކިޔާމީހެއް ރައީސް ކަމުގައި ، ދުނިޔޭން ބޭރުން ތައުލީމު ހާސިލްކުރީ ، ރަސޫލާގެ ދުއާ ލިބިފައިވަނީ ، ހަރާމެއް ހަލާލެއް ވަކިނުވިޔަސް

    42
    5
  3. ތެދު

    މުސްތޮފާބެ ތިހިރީ މިހާރު ކޮންކޮޅެއްގަ..؟ އިޔާޒްވެސް މުސްތޮފާބެވެސް ދުވަނީ އެމްޑީޕީ ފަހަތުން.؟! ކުރަފަތްބާއްވާ އެހައް...!

    34
    2
    • ރާގޮޑިރާޖަ

      ޥަގުންގެ ފަ ހަތުން ދުވާނީވަގުން.

      6
      1
  4. ހުސޭނުބޭ

    މުސްޠަފާބެ ބުނަން މޮޅު ވާހަކައެއް!
    ދަގަނޑު ކެނޑޭނީ ދަގަނޑުން
    އެންމެ ރަގަޅުވާނީ މުސްޠަފާބެ ކަތިވަޅިއެއް ހިފައިގެން ޑރ އިޔާޟް ފަހަތުން ދުވުނިއްޔާ

    10
    1
  5. Anonymous

    މޮޅުވާހަކައެއް ކަމށް ގަބޫލެއް ނުކުރެވޭ

    4
    4
  6. ss

    Musthafa ladhu gannan egeytha

    13
    2
  7. ލލ

    މުސްތަފާބޭ ހިތާނުކޮށްފަ ތޯ ހުރިތޯ ބަލަން އެބަޖެހޭ !

    24
    4
  8. މާމީ

    ތިމަރަ ހިފާގެން ހާލު ފަހާ ދުވިއަސް އޯކޭދޯ...

    15
  9. Anonymous

    ސާބަހޭ މުސްތަފާ! ޢެ ބަދަވީ އިޔާޒުގެކިބައިން ކުޑަ އަންހެންކުދިން ސަލާމަތް ކޮށްދީ

    12
    11
  10. ައަބޫ

    މުސްތަފާބޭ ކިތަންމެ ރުޅިއަޔަސް ރާއްޖެ ސެކިއުލާ ކުރާކަން ނުކެރޭނެ. އަދި ޢިލްމުވެރިން ނަށް ކިތަންމެ ވަރަކަށް ބިރުދެއްކިޔަސް ޢިލްމުވެރިން ފަހަތަކަށް ނުޖެހޭނެ. އިންޝާﷲ

    27
    5
    • ސާމާނުބެ

      ބަލަ ކީއްވެތަ ސާފުކޮށް ބުނަންނުކެރިގެން ތިއުޅެނީ އަންހެންކުދިން ހިތާނުކުރަންޖެހެޔޭ ނިކަން ހަދީސްތަކާއެކު ނޫސްތަށް ފުރާލަބަލަ

    • މުޖޭ

      އެހެންވީމަ ހުއްދަ ކަމެއް ނޫންބާ.....އަނިޔާއަކަށް ވާނަމަ ކުޑަކޮށްވެސް ކަނޑާކަށް ނޯންނާނެ....ވާނުވާ އެނގޭތޯ....ކިޔޭ ނުކިޔޭ އެއްޗެއް އެނގޭތޯ ؟ މޮޅު ވާހަކަ ދައްކާއިރު ހީވަނީ ބޮޑު ހަރާމް ކަމަކަށް ޝޭހުން ގޮވާލާހެން...ލޮލް

  11. ބޮންތިކެނޑުން

    މިގައުމުގަ އޮންނަގޮތަކީ އަންހެނަކަށް އަނިޔާއެއް ނުވަތަ ނިކަމެތި ކަމެއް ދެވެން އޮތިއްޔާ އެ ހިޔޮ ކަތިވަޅިއަކުން ވިއަސް ކުރަންވާނެ. ފަތުވާވެސް ދޭނެ. ނަބިއްޔާގެ ޒަމާނުގައި ބާރުއެޅުއްވިކަމެއްނޫން ކެނޑުމަކީ. ޢެކަލޭގެފާނު ހަދީސްފުޅުގައިވަނީ ކަނޑާނަމަ ވީހާވެސް ކުޑަކޮށޭ. މިތާކު އަމުރެއްނެތޭ. ސުންނަތާއި ފަރުޟު އޮޅުވާލަފާނެކަމުގެ ބިރަށް އެކަލޭގެފާނުގެ ޒަމާނުގައި ސުންނަތް ލިއެޖަމާނުކުރުމަށް ވިދާޅުވި.

    4
    3
    • އަބޫ

      ބަލަ ބޮންތިކެނޑުމަށް ހާދަހާ ކަމެއް ނޭންގެޔޭދޯ! ރާއްޖޭގެ ކޮންޢިލްމު ވެރިއެއްތޯ އެކަމަށް ބާރު އެޅުއްވީ. އަދި އެކަން ކުރަން ވެގެން ކޮންބައެއްތޯ ވަކާލާތު ކުރަނީ. އެނގޭތަ ދީނަށް ގެއްލުން ދޭން އުޅޭކަން ރައްޔިތުންނަށް ފަޅާ އަރާ ކޮންމެ ފަހަރަކު ދީނީ ޢިލްމު ވެރިންގެ އަގު ވައްޓާލާ މީހުންގެ ފޯކަސް އެހެން ދިމާލަކަށް ގެންދިއުމަށް ސިޔާސީ ހައްދުފަހަނަ އެޅި ބައިގަނޑު ކުރާ މަސައްކަތްމީ. އިސްލާމްދީނާ ޚިލާފް ފަތުވާދޭ ސެކިއުލާ މީހުން ނުފެނެނީތޯ؟

  12. Anonymous

    ދިވެ ހިންގެ ކަރަށް ދީން އެޅުން ހުއްޓުވާ

    6
    4
  13. Anonymous

    ހުރިހާ ކަމެއް ވެ ނިމުނީމަ އެޗް.އާރު.ސީ.އެމުގެ
    ހިލަމެއްވާނެެ.

  14. ސައީދު

    މުސްއަޠަފާބެ ސާބަސް ތި އީ ފިރިހެން ޖެހި ފިފިރިހެނެއް

    2
    4
  15. ީިިިމމމމމ

    ކަލޭ އަށް ވުރެ ބޮޑަށް އެނގޭނީ އިޔާޒު އުސްތާޛުއަށް ދޯ...... އެކަން ނުދަންނަ މީހެއް ނޫޅޭނެ...

  16. ޜޯނުއެދުރު.

    މުސްތޮފާމެން މިފަދަ ގޮތަކައް މީހުންނާ މެދުނަފުރަތު އުފައްދާއިރު މުވައްސަސާތައް ކޮބައިތޯ