އެމްޑީޕީއަށް 16 އަހަރު ފުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޕާޓީގެ އެންމެ އިސްވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގެންނެވީ އެމަނިކުފާނު ހޯމް ކަރަންޓީނުގައި ހުންނެވުމުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ފަތިހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޕާޓީގެ އިސްބޭފުޅުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންގެ އިތުރުން މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޕާޓީގެ ވަަޒީރުންގެ އިތުރުން ރައީސް ބައިވެރިވެވަޑައި ނުގަންނަވާތީވެ އެކަމާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަގުތު" އަށް ވިދާޅުވީ، ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސަށް ބައިވެރިވެވަޑައިނުގެންނެވީ އެމަނިކުފާނު ދުބާއި އަށް ކުރެއްވި ދަތުރުފުޅަށް ފަހު މި ވަގުތު ހުންނެވީ ހޯމް ކަރަންޓީނުގައި ކަމަށްވާތީ ކަމަށެވެ.

ރައީސްއާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ދުބާއި އަށް ވަޑައިގެންނެވީ ރައީސްގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު (އަހުމަދުބޭ) ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ. ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ކުލަގަދަކޮސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު ގައުމީ މަޖިލީހުގެ ބައްދަލުވުމެއްވެސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީ އަކީ 2005 ގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރަން ދައުލަތުން ހުއްދަ ދިނުމުން އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީއެވެ. .އެމްޑީޕީއަކީ 48،990 މެންބަރުންގެ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. 16 ވަނަ އަހަރީ ދުވަހާ ބައްދަލުކުރިއިރު ޕާޓީގެ ތެރޭގައި ވަނީ ދެބައިވުން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  ސާހިދުއަށް ދޭ ކަހަލަ ހާއްސަ ހުއްދައެއް ނެއްތަ މިފަހަރަކު؟؟؟

  22
  2
 2. އަބޫ

  މަރުޚަބާ ރައީސް ޞާލިޙް: ތީ އަޅުގަނޑުމެން ބޭނުންވިގޮތް. އެކަހަލަ އަޚްލާޤީ ފެންވަރު ދަށް ބައެއްގެ ތެރެއަށް މަނިކުފާނު ގޮސް ހެދުމަކީ މަނިކުފާނާ އެއްގޮތަކަށްވެސް ގުޅޭ ކަމެއް ނޫން. ﷲ މަނިކުފާނަށް ބަރަކާތް ލައްވާށި: އާމީން

  16
  11
 3. ބޯގޯސް

  މީގެ ކުރިން ތަންތާގަ ދުވެފަ އަންނައިރު ނުވާ ކަރަންޓީނެއް މިފަހަރު ވިއްޔޯ ރައްޔިތުން ގުނބޯ ނުހެއްދެނެ ސޯލިހު އެ ކަން ހަނދާން ކުރާތި

  24
  4
 4. ފަލަސްތީން

  އަޅުގަނޑު ހީކުރީ އެމަނިކުފާނު އެމް.ޑީ.ޕީ އިން ކެނޑުނީ ކަމަށް.

  24
 5. ބަކުރީ

  ކޯންޗެއް ތި އޮޑިގަޑު ތިޔޮއް ފެތެނީ. ދިޔަހިއްކަ ދިޔަހިއްކަތިބޭ ތި އަމްބާ އަކައް ކިޔާލަ ކިޔާލަ!

  15
  2
 6. އައްމަޑޭ

  ކޮބާ 241 ކޮމެޓީން މިމައްސަލަ ނުބަލާތަ؟ ކޮންމެހެންވެސް މިކަން ބަލަންޖެހޭނެ އެންނު؟

 7. ޔަލްހާން

  ކޮން ކަރަންޓީނެއް؟ ހަމަ ނުދާންވެގެން ނުދިޔައީ. ޚާއްޞަ ހުއްދަ އެހްނެ މީހުންނަށް ދީފައި ހަމަ ނުދާން ވެގެން ހުރީ. އެކަމަކު ޕާޓީގެ އާންމު މެންބަރުން ގުއިރޯނުގައި ޖެއްސުމަށްފަހު ނަޝީދާއި އިބުރާހީމް މުޙަންމަދު ޞާލިހު އެކުގައި މަސައްކަތްކުރައްވަނީ މި ޤައުމު ސެކިޔުލާރކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާން. މިހާޜު އޮތް މަޖިލީހުގެ ދައުރު ހަމަވީމާ، އެކަން ނުވާނެކަން އެނގޭ. އެހެންވެގެން، ޕާޓީގެ ދެ ފެލކްޝަނޭ ކިޔައިގެން ދީންދެކެ ލޯބިވާ އާންމު މެންބަރުން ގުއި ރޯނެއްގައި ޖެއްސުމަށް ފަހު ނަޝީދާ ދެމީހުން ގުޅިގެން މަސައްކަތްކުރަނީ. ޕާޓީގައި ބައިބައިވުން ެތްކަމާއި ނަޝީދާއި އިބޫގެ ޚިޔާލު ތަފާޓުވުމެއް ނެތްކަން ސާބިތުވާނެ އެއް ހެއްކަނީ، ސަރުކާރުން ފޮނުވި އެއްވެސް ބިލެއް މަޖިލީހުން ފާސްނުކޮށް ފެއިލްއެއް ނުކުރާނެ. މަޖިލީހުން ފާސްކޮށްފި ކޮންމެ އެއްޗެއް، އެއްވެސް ބަހުސެއް ވިސްނުމެއް ނެތި ރައީސް ތަސްދީއުކުރައްވާނެ. ދެން ކޮބާ ޚިޔާޅުތަފާތުވެފަ. ބަޔަކު މޮޔަ ހެއްދުނަސް އެންމެން މޮޔައެއް ނޫން.