ހއ. ދިއްދޫން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ދިއްދޫން މިފަހަކުން ބަލި ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ފައްސިވެފައި ވަނީ ކަރަންޓީންގައި ނެތް ބިދޭސީއެކެވެެ. މިއާއެކު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، އެރަށުން ބުރާސްފަތި ދުވަހު ފައްސިވިމީހާއާ ގާތުން އެއްތާވި ބިދޭސީއަކު އިއްޔެ ވަނީ އެ ބަލީގައި ނިޔާވެފައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މިއަދު އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީވެސް ބިދޭސީއެކެވެ.

އެރަށުން ކޮވިޑަށް ފައްސިވި ތިން މީހުންނަކީވެސް ހިދުމަތް ހޯދަން ގިނަބަޔަކު ދާ ތަންތަނުގައި މަސައްކަތް ކުރަމުންދާ މީހުންކަން ފާހަގަކޮށްލަން ޖެހެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މިއަދު ކޮވިޑަށް ފައްސިވި އެ މީހާއަކީ އެރަށު އެންމެ ގިނައިން މީހުން ވިޔަފާރި ކުރަންދާ ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ހއ. އަތޮޅުގެ ގިނަ ބަޔަކުވެސް ވިޔަފާރި ކުރާ ފިހާރައެެކެވެ. އޭގެ އިތުރަށް އެ ފިހާރައަކީ ހޯލް ސޭލް ކުރާ ފިހާރައަކަށް ވާތީ ރަށުގެ ގިނަ ފިހާރަތަކުންވެސް އެތަނުން މުދާ ނަގައެވެ.

ދިއްދޫގައި މީގެ ކުރިންވެސް ކޮވިޑް ފެތުރި ގިނަ ދުވަސްތަކެއް ވަންދެން އެރަށް ބަންދުކޮށްފައި އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިންޓިން

    ކޮބާ އެއްކަލަ އަސްލުޓިންޓިން ހާދަ ހަބަރެއްނުވޭ ޑާޓާ ހުސްވި ދޯ އަތައްގޮވީ ދޮގުހަބަރު ފަތުރައިގެން