މާލޭގައި ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރު ތެރޭ ޕާކިންގއަށް ހާއްސަ އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގެ ތޮއްޖެއްހުން ކުޑަކޮށް، މަގުތައް ފުޅާކުރުމަށްޓަކައި ޕާކް ކުރާނެ އިމާރާތްތަކެއް އަޅަން ޖެހޭ ކަމަށެވެ. 10 ނުވަތަ 12 ބުރިއަށް އަޅާ މި އިމާރާތްތައް ހުންނަ ސަރަހައްދުތައް ކަނޑައަޅާނީ މާލެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު، ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުން ޕާކް ކުރުމަށް ހާއްސަކޮށްގެން އެޅޭ މި އިމާރާތްތަކުގެ ބައެއް ފަންގިފިލާތައް ދޫކުރަނީ ވިޔަފާރީތައް ހިންގުމަށެވެ. އެއީ އެ އިމާރާތްތައް މަރާމާތުކުރުމާއި، ބެލެހެއްޓުމުގެ ރީކަރަންޓް ހަރަދުތައް ބެލެހެއްޓުމަށް ކަމަށްވެއެވެ.

މި އިމާރާތްތައް އެޅުމުގެ އިތުރުން މީޓަރު ޕާކިންގ ސިސްޓަމްތަކެއް އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމަކީވެސް އޭނާގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ކާނިވާ ސަރަހައްދުގައާއި، ފުޑްކޯޓު ސަރައްދުގެ އިތުރުން ފެރީ ޓާމިނަލްތައް ކައިރީ ގާއިމް ކުރާ މި ޕާކިންގް ނިޒާމްތައް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރާނެކަން ފާހަގަކުރެއްވިއެވެ.

މީޓަރު ޕާކިގް ސިސްތަމްއަކީ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގައި ހުންނަ ޕާކިގް ނިޒާމެކެވެ. މި ނިޒާމް ގާއިމްކުރާނީ ބޮޑެތި ފިހާރަތަކާއި މޯލްތައް ކައިރީއެވެ. މި މީޓަރު ބޯޑުތަކުން ޕާކްކުރާ ޓިކެޓް ނެނގޭނެއެވެ. ޖާގަ ހުރި މިންވަރަކުން އެ ޓިކެޓް ދޫކުރާނީ ވަކި ވަގުތަކަށެވެ.

މާލޭގެ ޕާކިންގްއަށް ހައްލެއް ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިންގް އިމާރާތްތަކެއް ގާއިމް ކުރާނެ ކަމަށް 2019 ގެ ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށް ފައިސާ ހޯދާނީ ބޭރުގެ އެހީގައި ކަމަށް ވެއެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އައިރުވެސް އެ އިމާރާތްތައް ތަރައްގީކުރުުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސަރުދާރު

  ސާބަހޭ މުއީޒު، މުއީޒު މިކަންކަން ކޮއްދީފިނަމަ މުއީޒް ނޫން މީހަކަށް އަހަރުމެން މޭޔަރު ކަމެއް ނުދޭނަން

  14
  1
 2. އަހުމަދު

  ރަނގަޅު ކަމެއް އަންޝް ﷲ. އާދައިގެ ޕާކިންޒޯން ތަކަކީ މާލެކަހަލަ ބިން ކުޑަ ތަނަކަށް ވަރައް ގެއްލުން ދައްކާނެ ތަންތަން

  15
  1
 3. ކައްބެ

  ސާބަހޭ މުއިއްޒު ރައީސްޔާމީންގެ ވިސްނުންފުޅު ބަހަށްޓަވާ ތިޔައީ މޭޔަރަކީ ..

 4. ގާދިރު

  ކުރިން މިނިސްތަރ ކަމުގަ އެޅި ދަގަނޑު ސިސްޓަމް ތައް ބޭނުން ނުކުރެވި ކަޓްބައި ޖީބައްލާފަ ޕަރކެއް ނުކުރެވުނެ މިފަހަރު ކިހާވަރެއް ޖީބައް ލާނެބާ

 5. މުއިއްޒުވޭ

  ތިކަން ކުރާނަމޭ ކިޔާ ކުރީ ދައުރުގަ އަގުބޮޑުކޮށް މާލެއާއި ހުޅުމާލޭގެ ޖެހި މެކޭނިކަލް ޕާކޮންއޭ ކިޔާ ދަގަނޑު ތަކުގެ މަތިން މަ އަދިވެސް ހަނދާން ނުނެތޭ. ދައުރު ނިނުއިރުވެސް އަތުރާ ނުނިމޭ، އެތަކެތި ބާދަނޑަށް ކިރާލީތޯ؟

 6. މަރީން

  މޮޔަނުގޮވާ. ޕާކިންތަކާއި މޯލްތަކާއި އަދިވެސް ތަރައްގީވެފައިވަ ތަންތަގުގެ މިސާލު ނަގައިގެން މުއިއްޒު ހެދި ޕާކްކްރެވޭ ލިފްޓްތަ ކޮބާއިތަ. ކަންކަންކުރެވޭނީ ކޮއްފައި ދެއްކީމަ.