އަންހެންކުދިން ހިތާނު ކުރުން ފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އަންހެނުން ހިތާނު ކުރުމުގެ ސަގާފަތް އަނެއްކާވެސް އާލާވަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވިދާޅުވެފައިވަނިކޮށް، އެކަމަށް ހިތްވަރުދޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ކަަމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

އެ ޝަކުވާތަކާއި ގުޅިގެން ޔުމްނާގެ ބައްޕަ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ، އިސްލާމް ދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި ފިރިހެނުންނަށް ކަމަށެވެ.

"މިދެންނެވީ އަޅުގަނޑުގެ އަމިއްލަރައުޔެއްނޫން. މިސްރުގެ ފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެނުން ޚިތާންކުރުމަކީ ދީނުގައިކަނޑައެޅިގެން ޙަރާމްކުރައްވާފައި ކަމެއްކަމުގައި". ރައީސް މައުމޫން ވިދާޅުވިއެވެ.

އެ ޓްވީޓް ރީޓްވީޓް ކުރައްވާ ޔުމްނާ ވިދާޅުވީ، އިސްލާމް ދީނުގައި އަންހެން ކުދިން ހިތާނު ކުރުމެއް ނޯންނާ ކަމަށެވެ. އަދި މިފަދަ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގެ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  އަސުވެސް ހަމަ ޖަލަށްލާންވީ ދިގުމއްދަތަކަށް

  1
  7
 2. ޖާބެ

  މަންޖޭ ކާކުތަ އެކަމަށް ހިއްވަރުދިނީ. އަމިއްލަ އަށް ފޭހި ނަފްރަތުގެ އިލޮށިގަނޑު ސިޔާސީންގެ ލޮލަށް އަމާޒުވީމަ. އެންމެން އެދިމާލަށް ބަލައި ވާނުވާ އެނގި ސެކިއުލާރ ބިލޭ ގޮވީމަ ރައްޔިތުންގެ ލޯތައް އެހެންދިމާލަކަށް އަނބުރާލުމަށް ސިޔާސީ ޙައްދުފަހަނަ އެޅި ޤުރޫޕް ތަކުން ރާވައިގެން ހިންގާ ޕުރޮޕެންޑާއެއްމީ. ކަނބުލޮ ގެ މައުލޫމާތަށްޓަކާ މިވާހަކަ ބުނެލީ. ވަރަށް ސަލާން

  10
 3. ފަކުރު

  ނަފްރަތުގެ ބިލް ފާސް ކުރާނެތީ ބިރަކުން އުޅޭނެ ކަމެއް ނެތް. ޢެބިލް ފާސް ކުރާނަން.
  ތީކީ ސިޔާސީ ގޮތުން އެއްވެސް އުރަތްޕެއް ހުރި ބައެއް ނޫން .އެކަން އެނގޭނެ ރައްޔިތުންގެ މަޖިލީހަށް އެކަނި ބަލާލިޔަސް

  2
  4
 4. ދަރަނި ދަންތުރަ

  އަންހެނުން އައުރަޔަކީ މޫނާ ދެއަތްތިލަނޫން ހުރިހާތަނެއް ކަމަނާ ބައްޕާފުޅުކުރެން އަހާލަބަލަ ކަމަނާ ތިޔައުޅެނީ ރޯއޮރިޔާމާ ނޫންތޯ ، އަންހެނުން ބުރުގާ އަޅަންޖެހޭތޯ ؟ ބޮލުގެ އިސްތަށިގަނޑާ ކަނދުރާޔާ ކަރުވަޅު ނިވާކުރާކަންނުޖެހޭތޯ ؟

 5. ބޯ ޖަލީލު

  އޮރިޔާން މިވާކުރުން ސަރުއު ނުކުރައްވާތޯ ؟ މައުމޫން ބުނެބަލަ

  6
  1
  • Anonymous

   ޝަރުއު ކުރެއްވި. ޢަދި ނިވަާ ނުކުރާމީހުންގެ ހިސާބުބެއްލެވުން އެއީ ﷲ ސވތ ޚާއްސަޖާއިޒު ސިފަފުޅެއް. ކަލޭ ބެހެންޖެހެނީ ކަލޭގެ އަމިއްލަ މަސްލަހަތާ.

   3
   1
 6. ސސ

  ތިޔަބުނާ عون المعبود އާއި علامة ابن منذر ގެ ފޮއްތަކި ބަގުރަލާއި އޫރު މަހާއި އަންހެނާގެ އައުރަޔާއި ތުބުޅީގެ ވަހަކަޔާއި ފައިކުރީގެ ވާހަކަ ނެއްތޯ ؟

  2
  1
 7. ވި

  ކޮންބޭކާރު ވާހަކައެއް ދައްކާކަށް....ކޮންމެސް ވާހަކައެއް ދައްކައިގެން ދީނަށް ނަފްރަތު އުފެދޭގޮތެއް ހެދޭތޯބަލާތި

  5
  1
 8. ބިން ޢަލީ

  ތިޔަ މައުމޫނަކު ދީނުގެ ވާހަކަދައްކައިގެން ޤަބޫލުކުރާނީ ތިޔަަ ޔުމްނާ އިސްލާމީ ޝަރީޢަތުގައި ނޯވޭތޯ އަންހެނުން ޢައުރަ ނިވާކުރާކަށް އެހެންވެތޯ ތިޔަ ހުންނަވަނީ ޢައުރަ ނިވާނުކޮށް އިސްލާމް ދީނުގެ ވާހަކަދެއްކޭ ޙާލަތުގަތަ ތިޔަހުރީ ވެރިކަންލިބޭތޯ އަދިވެސް އުޅޭ

  3
  1
 9. ހުދު ހުދު

  އިސްލާމް ދީނާ ކީރިތި ޤުރުއާން އިން މައުމޫނަށް އަންހެނުންގެ އައުރަނިވާ ކުރަންވާ ވާހަކަވެސް ސާފެއްނުވޭ. ދެން ކިހިނެއި އެހެން ކަންތައް ސާފުކުރާނީ؟ އެހެންނޫނަސް ހިތާނުކުރަން ޖެހެއޭ ކިޔާ އެކަމަށް މަޖުބޫރެއްނުކުރޭދޯ އެއްވެސް މީހަކު..... މާވަރު އަރުވާލަނީ... އެއްވެސްބައެއްނޫން މިއުޅެނީކީ...