އިނގިރޭސީން އަޑީގައި ތިބެގެން ރާއްޖޭގެ ދެކުނުގައި ބަޣާވާތް ކޮށް އުފެއްދި ދައުލަތުގައި އިސްކޮށް ހުންނެވި، އަބްދުﷲ އަފީފް ދެއްވި އިންޓަވިއުއެއްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި ފޮތް މިރޭ ރަސްމީކޮށް ނެރެފިއެވެ.

މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި މި ފޮތް ނެރެދެއްވީ ސީނާ ޒާހިރު ގެ ދެ ކާފަ ދަރިކަބަލުންނެވެ.

1980ގެ ކުރީކޮޅު ސިނާ ޒާހިރު ނެންގެވި އަފީފްގެ އިންޓަވިއުއަކަށް ބިނާކޮށް ލިޔުއްވާފައިވާ މިފޮތުގައި މީގެ 59 އަހަރު ކުރިން ދެކުނުގައި ވަކި ދައުލަތެއް ހެއްދެވީ ކީއްވެގެންކަން އަފީފު ދުލުން ވިދާޅުވި ގޮތަށް މިފޮތުގައި ވަނީ ގެނެސްދީފައެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މި ފޮތް ލިޔުއްވި ސީނާ ޒާހިރު ވިދާޅުވީ މީގެ 25 އަހަރު ކުރިން އަވަހާރަވި އަފީފުގެ އިންޓަވިއު ނެންގެވީ، ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނެވިއިރު ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ކަމަށެވެ

" އަޅުގަނޑަކީ ނޫސްވެރިއެއްގެ ގޮތުން ވެސް އަފީފުގެ އިންޓަވިއު ނެންގެއްވި ހަމަ އެކަނި ފަރާތް އެ އިންޓަވިއު ހަ ގަޑިއިރަށް ދިގުދެމިގެން ދިޔަ ," ސީނާ ޒާހިރު ވިދާޅުވިއެވެ.

އޭރުގެ ފޮޓޯތަކާ އެކު ޗާޕްކޮށްފައިވާ ފޮތުގައި 175 ސޮފްހާ ހިމެނޭ މިފޮތް މިރޭ ނެޝަނަލް އާޓް ގެލަރީގައި ނެރުނު އިރު މާދަމާއިން ފެށިގެން އަޝްރަފީ ބުކްޝޮޕުން މި ފޮތް ލިބެން ހުންނާނެވެ. މިފޮތުގެ އަގަކީ 175 ރުފިޔާ އެވެ.

ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ޖެރީ

ސީނާ ޒާހިރު ވިދާޅުވީ މިފޮތް ލިޔުއްވާފައިވަނީ އަފީފު ވިދާޅުވި ގޮތަށް، ކަމަށާއި މިފޮތުން އެގިގެން ދަނީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި މައްސަލަތައް ހުރިކަން، ކަމަށާއި މި ކަން ހިގަން މެދުވެރިވީ މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަންކަން ހައްލުނުކުރެވިގެން ކަމަށެވެ.

އިނގިރޭސީން ވަނީ އައްޑޫ ބަޣާވާތަށް ފަހު އަފީފް އާއި މުޅި އާއިލާ ސީޝެލްސް އަށް ބަދަލުކޮށްފަ އެވެ. ގެންދިޔައީ އިގިރޭސި މަނަވަރެއްގައެވެ. އަފީފުގެ ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެ ގައުމުގެ އިސް ބައެއް މަގާމުތައް ވެސް ފުރުއްވަމުންނެވެ.

1939 ވަނަ ފެށިގެން ދެވަނަ ބޮޑު ހަނގުރާމައިގައި އައްޑު އަތޮޅަށް އިގިރޭސިން ފޭބުމުން، ބަޣާވާތެއް ހިންގަން އުޅުމުގެ ކުށުގައި އޭރުގެ ދައުލަތް ޢަމަލީ ގޮތުން ހިންގަން ހުންނެވި އަލްއަމީރު މުޙައްމަދު އަމީން މާލެ ގެންނެވި ބޭފުޅުންގެ ތެރޭގައި ޢަބުދުﷲ ޢަފީފް ހިމެނެއެވެ.

ސީނާ ޒާހިރު މީގެ ކުރިން ވަނީ ދެ ފޮތެއް ނެރުއްވާފަ އެެވެ. އެއީ ސައުދީ އަރަބިއްޔާގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތަކާއި ރައީސް މައުމޫންގެ ވެރިކަމާ ގުޅޭ ގޮތުން ލިޔުއްވި "ތިރީސް އަހަރު" އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިދު

    ވ. މުހިއްމު މަސަތްކަތެއް.

  2. ވަޓްޑޫޔޫ

    ޒާހިރުގެ "އައްޑޫ ރަދުން" ނެރެފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކެވެ. އައްޑޫ ރަދުން ފޮތް ނުކީ ނަމަވެސް މަމެން އަތުގައި އެބަހުއްޓޭ އޭގެ ހިސްޓްރީ ވަރަށް ރަނގަޅަށް އައްޑޫ ބަގާވާތް އުފެދުމުގެ މައިގަނޑު މައްސަލަ ނިކުތީ އެއީ ވިޔަފާރީގައި އައްޑޫ އާއި މާލޭގައި ވެރިކަން ކުރަން ތިބި ފަރާތް ތަކާއި މެދު އުފެދުނު ޚިޔާލު ތަފާތުވުން އަފީފު މެން ގަބޫލުކުރާ ގޮތަށް އެކަން ހައްލު ނުވުމުންނެވެ. އެއިރު ވެސް އެކަން ކުރެވެން އޮތް އަފީފު މެން އެދޭ ގޮތަށް އެއިރު ދައުލަތުގައި ތިބި ބޮޑުންނަށް ކަޓް ދީގެން އެކަން ވަރަށް ފަސޭހައިން ވާން އޮތެވެ. އެކަން އަފީފު އަށް ގަބޫލު ނުކުރެވުމުން ދަ ހާރޑްވޭ އާއި އަފީފު މެން ކުރިމަތި ލާން ޖެހުނީ. ޕޮލިޓިކަލް ސައެންސް އަކީ އެއީ އެ އެޕްލައި ކުރުމުން އެއިން ބޮޑު ވިޔަފާރި ކުރެވޭ ކަމެކޭ އެވިޔަފާރި އަކީ އެއީ ގަނޑުކޮށް މަސައްކަތެއް ނުކޮށް ލިބޭ ފައިސާ ފީންނެއް ހަމަ އެކަނި ދެވޭ ހުއްދައަކުން. ނޯތް ކޮރެއާ ކޭސް އިން އެފެންނަނީ އެހަގީގަތް ކަން އެއީ ފެންނާން ހުރި އެކްސްޕެރިމެންޓް އަކީ. އޯއް އައި ވޮނާ އާރގިއު ޔޫ އޮން ދިސް އޯއް އައި ރިއަލީ ވޮނާ ނޯ ޔުއަރ ވިއު އޮން ދިސް ވަޓް ޑޫ ޔޫ މީން އޮން ދިސް ވަޓް ޑޫ ޔޫ މީން އޮން ދިސް ވަޓް ޑޫ ޔޫ މީން..