ހަޔާތުގެ ބާކީ އޮތްބައި އުޅޭނީ ބަޅު މެދު އިނގިއްޔަކާއި އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ސަޕޯޓަރުންނާ "ކްލަބް ހައުސް އެޕްލިކޭޝަން" މެދުވެރިކޮށް ބައްދަލު ކުރައްވައި އެމަނިކުފާނު ވަނީ ޕާޓީގެ ސަޕޯޓަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
އެމަނިކުފާނުގެ ހާލުކޮޅުގެ ފަހުގެ މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ، އެތެރެ ހަށްޓަށް ލިބިވަޑައިގެންނެވި ޒަޚަމްތައް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ އިނގިއްޔާއި، ކަންފަތާއި ފައި ފަދަ ތަންތަނުގައި ކުޑަކޮށް މައްސަލަ ހުރިކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ވާތުގެ ތިން އިނގިލި އަދިވެސް ހުރީ އައްސިވެފައި ކަމަށް ވިދާޅުވިއެވެ. އެ ތިން އިނގިއްޔަކީ ބޮޑުވައި އިނގިއްޔާއި، ޝަހާދަތް އިނގިއްޔާއާއި، މެދުވައި އިނގިއްޔެވެ. ނަޝީދު ވިދާޅުވީ އެ ތިން އިނގިލި ހަރަކާތް ކުރަން ދަތިފުޅު ކަމަށެވެ. އަދި އެ އިނގިލިތައް ހުންނަނީ ހުންނަނީ އައްސިވެފައި ކަމަށާއި، މެދު އިނގިލި ބަޅުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މެދު އިނގިލި އިނީ ބަޅުކޮށް، ދެން އަޅުގަނޑު ޑޮކްޓަރު ކައިރީ ބުނިން ބަޅު އިނގިއްޔާ އެއްކޮށް އުޅޭނިއްޔޭ" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވާތު ކަންފަތަށް އިވުމުގައި ވެސް ދަތިފުޅު ކަމެއް ހުންނެވި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ކަމަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށާއި އަންނަ ނޮވެމްބަރު މަހު އިތުރު އޮޕަރޭޝަނެއް ކުރަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް، ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވީ މެއި 13 ވަނަ ދުވަހުއެވެ.
ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ހެއްދެވިއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާމީހުންގެ އެލަވަންސް ހޯއްދަވަން ހުށައަޅުއްވާ. އެވެސް ހައްގުމިންވަރު. ނިކަމެތިންޓެކްސް ދައްކާނެ.
ދެއްކުން ތެރިކަން އިންތިހާ. ބޭނުންވަނީ ރައްޔިތުން ވާނުވާގައި ބައިތިއްބައިގެން ވެރިކަމުގަ ބަގުޑި ބައްދައިގެން ތިބުން. ވެރިކަން ނޫން އެހެން އެއްޗެއް ނުފެނޭ. އީމާންވަނީ ވެސް އާރާ ބާރަށް.
ޓަސްލާފަ ރަގަޅު ނުވިޔަސް ފިޒިޔޮ ތެރަފީ ހެ ދީމަ ރަގަޅުވާނެ ކަމަށް ފެނޭ
ތިޔަހާ ބޮޑުކަމެއް ރަގަޅު ވުމަށް ގިނަ ދުވަސް ތަކެއް ނަގާނެ. އަވަސް ޝިފާ އަކަށް އެ ދެން . ޢެކަމަކު ތިޔަ ގެން ގުޅޭ ހިފާ ހައްޔަރު ކުރުމުގެ ޚިޔާލު ރަގަޅު ހެނެއް ހިޔެއް ނުވޭ. އަމަލް ތައް އިސްލާހްކުރެވޭތޯ ބައްލަވާ.
އިންސާނާއަށް ނިމުމެއް ވެއެވެ
އެހެން ވީމާ ރައިތުން ނައް އަދި ނުލަފާކަންދައްކާލާނެތާ