މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވި 26 ކައުންސިލަރަކު ސަސްޕެންޑުކޮށްފިއެވެ.

މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މާދަމާ އިން ފެށިގެން ތިން މަސް ދުވަހަށް މިކައުސިލަރުން ސަސްޕެންޑްކޮށްފައިވާއިރު، ސަސްޕެންޑުކޮށްފައި ވަނީ 21 ރަށު ކައުންސިލަރަކާއި ފަސް އަތޮޅު ކައުންސިލަރުން ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކައުންސިލަރުން ނިސްބަތްވާ ކައުންސިލް އިދާރާތަކަށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނަމަ ހުއްޓުވަން ސިވިލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، އެކަން އެ ކައުންސިލަރުން ޕްރައިމަރީގައި ބައިވެރިވެފައިވާ ކަމުގެ ހެކި އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

ސަސްޕެންޑްކޮށްފައިވާ ކައުންސިލަރުންނަކީ؛

ހއ. ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން
ހދ. ކުރިނބީ ކައުންސިލް މެމްބަރު މުހައްމަދު ޝާފީ
ށ. ބިލެއްފެހި ކައުންސިލް މެމްބަރު އަހުމަދު ނާފިޒް
ނ. މަގޫދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު
ނ. މަގޫދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުލް ހަލީލް އަހްމަދު
ރ. ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް އަލީ ޖާވިދު
ރ. މަޑުއްވަރީ ކައުންސިލްގެ ނައިބް ރައީސް ސޮބީހާ މުހައްމަދު
ބ. ކެންދޫ ކައުންސިލް މެމްބަރު އިބްރާހީމް އަބްދުއް ރަހްމާން
ބ. ދޮންފަނު ކައުންސިލްގެ ނައިބު ރައީސް ހަސަން ހަފީޒު
ޅ. އޮޅުވެލިފުށީ ކައުންސިލްގެ ނައިބު ރައީސް އަބްދުލް އަޒީޒް މުހައްމަދު
ޅ. ނައިފަރު ކައުންސިލް މެމްބަރު ވިދާދު އަބްދުﷲ
އއ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސަފީގު
އއ. އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ނާހިދު
އއ. އުކުޅަސް ކައުންސިލްގެ ރައީސް ސައުކަތު އިބްރާހީމް
ވ. ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ
ވ. ރަކީދޫ ކައުންސިލް މެމްބަރު އާދަމް ހުސައިން
ވ. ފުލިދޫ ކައުންސިލްގެ ރައީސް ސަނާ އަލީ ވާފިރު
ފ. އަތޮޅު ކައުންސިލްގެ ރައީސް އުމަރު ޒާހިރު
ފ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު
ދ. މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފް
ދ. މީދޫ ކައުންސިލްގެ ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދު
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު
ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ޚަދީޖާ ޝިއުނާ
ގދ. އަތޮޅު ކައުންސިލްގެ މެމްބަރު ތަމްދީހު މުހައްމަދު
ގދ. ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު
ގދ. ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަޝްރަފް

އެލްޖީއޭ ސިޓީގައި ބުނެފައިވަނީ ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު އެ ކައުންސިލަރުން ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމަކީ މަނާކަމެއް ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Ali

    އެމްޑީޕީ މީހުންނަށް ޕާރޓީންދޭ ލަގާތަށް މިފެންނަނީ

  2. ސިޔާ

    ތިބޭނީ މިހާރު ރާކަނިމަސް ކެވިފަ

  3. ފަޓާސް

    26 އާއިލާކަން ހަނދާންކުރާތި

  4. ޢަލީ

    ޝުކުރިއްޔާ ޔާމީން

  5. ސްޕްރިންގް

    މިއޮތީ ވާ ސަރުކާރެއް! މީހުން ބަނދެގެން ވޯޓް އިތުރު ކުރެވޭތޯ އަހަރެމެން ބަލާނަން!

  6. ބޮޑު ކަތީބު

    ތިކައުނސިލްތަކަކީ އަދި މިޒަމާނުގަ މިރައްޖެޔަކަށް ބެނުންވާއެއްޗެއްނޫން...ތިބެންވީ 1. ކަތީބު 2. ރަށްކުރިއަރުވާ ކޮމިޓީގެ ރައީސް ނިމުނީ...ދެ މީހުން ރިޕޯރޓް ކުރާނީ އެޓޯލް އެޑްމިން & ޕަބްލިކް ސާރވިސެސް އޮފީހަށް..އެބައިމީހުން ރިޕޯޓްކުރާނީ ރައީސް އޮފީހުގެ އެޓޯލްސް އެޑްމިން ޑިޕާރޓްމެންޓަށް...ތަރައްގީކުރުމާއި ބިންބޭނުން ކުރާނެ ގޮތް ކަނޑައަޅާނީ ސަރުކާރުގެ އެކަމަކާއި ގުޅޭ ވުޒާރާތަކުން...މުއާމަލާތް ކުރާނީ އޮންލައިން ޕްލެޓްފޯރމްގަ، މިހާރު މިހިނގާ ބޭކާރު ހުރިހާ ޙަރަދެއް ތަރައްގީޔަށް ބެނުންކުރެވޭނެ..ކައުންސިލޭ މޭޔަރޭ ކިޔައިގެން ކަމެއްކުރެވެނީކީ އެއްނޫން..ކައުންސިލްތަށް ވަގުތުން ވަގުތަށް އުވާލަންފެނޭ!

  7. ައާދިލް

    މިއީ އެމްޑީޕީން ދުރާލާ ރާވައިގެން ކުރިކަމެއް. އަދިވެސް މިބައިގަނޑުގެ އަވާގައި ޖެހިގެން އުޅޭމީހުން ހޭއަރާކަށް ނުވޭތަ