ގަލޮޅު ސަހަރާ އާއި މޯޗަރީ އަށް އަޅާނުލެވި ދޫކޮށްލެވުމުގެ ސަބަބުން އެ ދެ ތަން ވަރަށް ބޮޑަށް ވީރާނާވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހެދި ސާވޭ ރިޕޯޓަކުން ދައްކައިފިއެވެ.

ރިޕޯޓުގައިވާ ގޮތުން މޯޗަރީ ފުރާޅުގެ އެކި ދިމާލުން ޓިނުގެ ފޫ ވަނީ ގޮސްފައެވެ. ވާރޭވެހޭއިރު ސީލިން އެކިދިމާލުން ފެންފޯވެ ފުއްޕާވައި ހުރުމާއި ދޮޅިދާން ނުވަތަ މޯޗަރީ ހުންނަބައިގެ ދެފަރާތު އަސްކަނި ސީލިން ފީވެ މަރާމާތު ކުރަން ޖެހިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އަދި އެ ތަނުގެ މުވައްޒަފުން މަޑުކޮށްލަން ހުންނަ އިމާރާތްވެސް ހުރީ ވަރަށް ބޮޑަށް ބާވެފައިކަން ރިޕޯޓުން ދައްކައެވެ. އުވަ ޖަހާފައި ހުރުމުން އުވަތައް ފާރުގެ ދެ ފުށުން ފައިބާތީ މުވައްޒަފުން އަމިއްލައަށް ފާރު އެތެރެއާއި އަދި ބޭރުން ފިލާޖަހައިގެން އިމާރާތް ބޭނުން ކުރަމުންދާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ސަހަރާގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކެއް

އިމާރާތުގެ މަތީވަޑާން ގަނޑުވެސް ވަރަށް ބާވެފައިވާއިރު ފާރުތަކުގައި ކުލަ އާކުރަންވަނީ ޖެހިފައެވެ. ސަހަރާއަށް ވަންނަ ކުޑަގޭޓް އެތެރެ އަދި ބޭރުގެ ކުލަބާވެ، ސަހަރާގައި ކުލާ ލާފައިވަނީ އެތަނުގެ މުވައްޒަފުންނެވެ.

ރިޕޯޓުން ދައްކާ ގޮތުން އެންމެ ހައްސާސްކަން ބޮޑު އެއްތަނަކީ ސަހަރާ ވަށައިގެން ލެވިފައިވާ ވަށާ ފާރެވެ. ބޮޑުރަސްގެފާނުމަގު/ބަނަފްސާމަގު އަދި އިރަށް ހުރި ފާރު އެކިދިމާތަކުން ވަރަށް ބޮޑަށް ރެނދުލާ ކުލަބާވެފައިވެއެވެ. ސަހަރާ ފާރު ވަނީ ބަނަފްސާ މަގަށް އަރިވެސް އަޅާފައެވެ. އަދި ސަހަރާގެ ހުޅަނގު ދެކުނުކަންވެސް ވަނީ ވަރަށް ބޮޑަށް ރެނދުލާ ކަސިޔާރުވެފައެވެ.

ވަށާފާރުގެ އިރުދެކުނު ގޯޅިތެރެއަށް ވާ ގޮތަށް ފާރު ފުއްޕާ، ރެނދުލާ، ބޮޑުރަސްގެފާނު މަގަށްވާ ގޮތަށް ފާރުން ސިމެންތިގަނޑެއްވެސް ވަނީ ހަލާކުވެފައެވެ.

މީގެއިތުރުން މުވައްޒަފުން ތިބޭ ބައިގައި ލައިޓްތައް ހުރީ ވަރަށް ހާލުގައި ކަމަށާއި ކަރަންޓް މައްސަލަ އުޅޭކަން ފާހަގަވި ކަމަށް ރިޕޯޓުގައިވެއެވެ.

ސަހަރާއަށް ވެހިކަލް ވެއްދުމަށް ހާއްސަކޮށްފައިވާ ދަގަނޑު ގޭޓް ވެހިކަލަކުން ޖެހިފައި ހުރުމުން ހުޅުވާ ލެއްޕުމުގައި އުނދަގޫތަކެއް ހުންނަ ކަމަށާއި ސަހަރާގެ ސްޓާފް ފާހާނާގެ ދޮރުފަތް، މޫނު ދޮންނަ ތަށި ހަލާކުވެ ޖަންކްޝަން ހޮޅިލައިން ތެރެއަށް ގަހުގެމޫތައްވަދެ ހޮޅިލައިން ބެދިފައިވާކަން ފާހަގަކޮށްފައިވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ރިޕޯޓުގައި ލަފާދީފައިވަނީ މެޝިނަރީ އާލާތްތައް އިތުރުކޮށް ތަނުގެ ސާފުތާހިރުކަން އިތުރު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހައިލީ

  ކޮންތަނެއްތޯ ބޮއްސުން ނުލަނީ

  27
  1
 2. ނަސީ

  ބޮއްސުން ރަގަޅު ކުރަން މުއީޒު ލާފައި އެހެރީ ދެން ރަގަޅު ކުރޭ މުއިޒް ވެސް 2023 ގައި ހޮވެން ބޭނުއްވިއްޔާ ކަންކޮއްފައި ދައްކާ

  25
  4
  • ޕަސީ

   ކަލޯ ދައްކާނެ އިންޝާﷲ

   9
   1
 3. ދަރަނި ދަންތުރަ

  ތިޔައީ މާލޭސިޓީގެ ކުރީގެ މޭޔަރ މޭގަނޑުގެ ހިންގުންތެރިކަމާ ހީވާގިކަން ، ލޮނުޒިޒާރަތްކޮޅު ޕާކު މާވަރުއަރުވާލާފަހެދީ އެތަނުން އެތަށް މިލިޔަން ރުފިޔާއެއް ކަޓުވާލަންވެގެން ވަށްކަމެއްނުކުރަމޯ ...

  26
  2
 4. ބޮލުރޮދި

  މުޅި ގައުމު ބޮއްސުންލީމަ ހުރިހަތަނެއްވެސް އޮންނާނީ ބޮއްސުންލާފަ ކަން އެގެންޖެހޭ ނޫންތޯ؟؟؟

 5. ފަރާ

  ޑރ.މުއިއްޒު އަށް ތިކަން ވިޔަސް ވާނީ. ތިޢީ ރާއްޖެދުށް އެންމެ ހީވާގި ކޮށް މަސައްކަތް ކުރެއްވިވަޒީރު އޮނަރަބްލް ޢުމަރު ޒާހިރު ގެ އަރިހުގައިމަސައްކަތް ކުރައްވާތަމްރީން ލިބި ވަޑައިގަނެފައިވާ ފައިވާބޭފުޅެއް. ތި ގޮތުގައި ކުރިއަށް ވަޑައިގަންނެވުމަކީ ވަރަށް ގިނަ ބައެއްގެ ދުޢާ.

  12
 6. ނަސީދު

  މިސަރުކާރުގަ ބޮއްސުން ލާފަނެތް ކަމެއް ދައްކަބަލަ،،

  11
 7. ޓިނު ފުރާޅު

  ތިކަން ވާނީ ހަމަ ޑރ މުއިއްޒު އަށް. ދޮޅި ދާން ވެސް ރަނގަޅު ކުރެވޭނީ ހަމަ ޑޜ. ކުރިން މި ހުރީ ބޭސްނު ދަންނަ ޑޮކެއް .ނުފެންނަ ވައްތަރެއްގެ މަރާމާތެއް އެމަންޖެ ކުރީ. މުއިއްޒު ކުރައްވާނީ ފެންނަން ހުންނަ ވައްތަރުގެ މަރާމާތު. ސަހަރާ ވެސް 5 ބުރި އަށް ހަ ދަން ވީ ޕާރކިން ކުރެވޭ ގޮތަށް. ގުރައުންޑް ބައިގަ ވަޅުލެވޭ ގޮތަށް ހަ ދާފަ.