ރިސޯޓުތަކުން ކާބޯތަކެތި ތައްޔާރުކުރުމަށްފަހު އުކާލާ ކައްކާ ތެޔޮ ކާބޯތަކެތި ތައްޔާރުކުރާ ބައެއް ތަންތަނުގައި ދެވަނަ ފަހަރަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިދާޅުވެއްޖެއެވެ.

މިއަދު ނެރުނު ބަޔާނެއްގައި، ބޭނުނުންކޮށްފައި ހުރި ތެޔޮ ދެވަނަ ފަހަރަށް ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ އޮތޯރިޓީއިން ވިދާޅުވެފައިވާއިރު، ރިސޯޓުފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލުނޫން ކާބޯތަކެތިން ތަގައްޔަރުވެފައިވާ ތެޔޮކަމުގައި ވުމުގެ ފުރުސަތުވެސް އޮތް ކަން ވެސް އެ އޮތޯރިޓީއިން ފާހަގަ ކުރެއްވިއެވެ.

އަދި އެމްއެފްޑީއޭ އިން ނެރުނު ބަޔާނުުގައި ވިދާޅުވީ އެގޮތަށް ބޭނުންކޮށްފައި ހުންނަ ތެޔޮ ތަކުރާރުކޮށް ބޭނުންކުރުމަކީ އޭގެ ސަބަބުން ސިއްހަތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އެކަމަކީ އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަމެއް މެދުވެރިވެދާނެ ކަމެއް ކަމަށާއި ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް އޭގެ ސައްހަކަން އޮޅުވާލެވޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ކައްކާތެޔޮ ބޭނުން ނުކުރުމަށް އަންގާ އެމްއެފްޑީއޭ ވިދާޅުވީ "އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު" އަދި "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު" ގެ ދަށުންވެސް އެކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެކުނުތަރި

    ހަމަ ހިނިއަންނަނީ. ބޯން ބޭނުންކުރާ ފެނަކީ ކިޔާ ރައްކާތެރި ފެނެއްތޯ ތިކިޔާ ވަނުވާ އޮތޯރިޓީއިން ބަލާތޯ؟ ޝަކުވާ ކުރީމަ ބުނާއެއްޗަކީ ކޮންމެ ބެޗެއްގެ ފެންވެސް ބަންދުކުރުމުގެ ކުރިން ޗެކް ކުރަމޯ؟؟؟؟؟ !!! ބަލަ ޗެކް ކުރަންވީ އެފެން ބޭނުން ކުރާ މީހާ (އެންޔޫސަރ) އާއި ހަމައިންކަން ވެސް ނޭނގޭ ގަމަރުންތަ ތިބީ؟؟ ދުވާލުހަތަރުދަމު އަވީގަ ބެހެއްޓުމަށަފަހު އައިސްއަލަމާރިއަކަށް ލިޔަސް އަވީގަ ބެހެއްޓުމުންވ ފެން ތަޢައްޔަރުވި ތަޔައްޔަރުވުން ރަނގަޅެއް ނުވާނެ.

  2. މަލީ

    މާލޭގައި ބަންގާޅިން ހިންގާ ހުރިހާ ކެފޭ އެއްގައިވެސް ބޭނުން ކުރަނި މި ތެޔޮ

  3. ހަސަން ހުސޭން

    ތިކަން އާއްމުގޮތެއްގައި ކޮއްއުޅެނީ ބޭރުމީހުން ދިވެހިން ނަންމަތީ ހިންގާ ވިޔަފާރިތަކައް ރަށްދެބައިމަގުގަ ޖަމާލުއްދީން ކައިރީހުންނަ ގުރާވިއްކާފިހާރަޔާ ޖެހިގެން ހުންނަ ހޮޓަލުގަވެސް ތިކަންކުރޭ

  4. ލޯންގް ޓައިމް

    މިކަން ހިނގާތާ އެތައް އަހަރެއް ވެއްޖެ

  5. ހާސިމް

    އަހަރެން އަޑުއެހިން މާލޭގައި ހުރި އެންމެ މަސްހޫރު ކުކުޅާއި ބާގާރ ވިއްކާ ތަނުން ގެންނަ ތެލުގައި ހޮޓާތަކުގައި ހެދިކާ ތެލުލާ ކަމަށް ވަނީ