މާލޭގެ މަގުމަތީގައި ބާވެ ހަލާކުވާން ދޫކޮށްލާފައި ހުރި ވެހިކަލްތައް ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ފަށަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

"ދިވެހި ޗެނެލް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބާވެ ބޭނުން ނުކޮށް މާލޭ މަގުތައް މަތީ ހުރި ސައިކަލްތަކާއި ކާރުތައް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ތާރީހެއް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ.

މޭޔަރު ވިދާޅުވި ގޮތުން އެ އޮޕަރޭޝަން ފެށުމަށް ކަމާބެހޭ އިދާރާތަކާ މިހާރު ވަނީ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި މާލޭ ސިޓީގެ މަގުތައް ބަލަހައްޓާ މުއައްސަސާތަކާއި ކުންފުނިތައް ބައިވެރިވެފައި ވާއިރު ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީން ވެސް ބައިވެރިވިއެވެ.

މުއިއްޒު ވިދާޅުވީ އެ އޮޕަރޭޝަނަށް ފަހު ވެހިކަލް އެތެރެ ކުރުމުގެ މިންގަނޑެއް ކަނޑައަޅާނެ ކަމަށެވެ. އަދި މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ވެހިކަލްތައް އިންތިހާއަށް ގިނަވެފައި ވަނީ އެހެން ރަށްރަށަށް ރަޖިސްޓްރީކުރުމަށް ފަހު ވެސް އެ ވެހިކަލްތައް މާލެ ގެނެސް ދުއްވަމުން ދާތީ ކަމަށް މުއިއްޒު ވިދާޅުވެއެވެ. އަދި އެކަމަށް ހުއްޓުވުމަށްޓަކައި ހަރުދަނާ އުސޫލެއް ހަދާނެ ކަމަށާއި، މާލެ ސަރަހައްދުގައި ބޭނުން ކުރާ ވެހިކަލްތައް ކޮންޓްްރޯލްކޮށް ވަކި ލިމިޓެއްގައި ގެންގުޅުމަށް އިސްކަން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް މުއިއްޒު ވަނީ ޕާކިގް ބިލްޑިންގްތަކެއް ހައްދުމުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށްވެސް ވިިދާޅުވެފައެވެ. އަދި ފުޑް ކޯޓު ސަރަހައްދާއި، ކާނިވާ ސަރަހައްދުގެ އިތުރުން ފެރީ ޓާމިނަލްތައް ކައިރީ މީޓަރު ބޯޑު ޕާކިން ސިސްޓަމެއް ހަދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ ޕާކިންގްއަށް ހައްލެއް ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިންގް އިމާރާތްތަކެއް ގާއިމް ކުރާނެ ކަމަށް 2019 ގެ ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށް ފައިސާ ހޯދާނީ ބޭރުގެ އެހީގައި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ އިމާރާތްތައް ތަރައްގީކުރުުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކުރުސް

  މާލޭގެ މަގުތަކުގައި ހުރި ހުދާއި ރީނދޫ ރޮނގުތައް ދަވާދު އާކޮށްލިއްޔާ ކީއްތޯ؟ މިސާލަކަށް އަމީނީ މަގުގެ އެވިޑު ކޮލެޖުން މާލެހިޔާ 2 އާ ހަމަޔަށް ހުރި ޑަބަލް ރީނދޫ ރޮނގު، ބަޔަކު ގަސްދުގައި ފޮހެލާފާ. ބައެއް ޕާކު ލައިން ތައް. މަގުހުރަސް ކުރާ ތަންތަން.
  އަދި ވެހިކަލް ނަގާއިރު އިންޒާރު ސްޓިކަރެއް ޖަހާފަ 24 ގަޑިއިރު ނަމަވެސް ދީފާ ނަގަން. އެހެން ނޫނީ ހައިރިސްކުވާތީ ގޭގަ ތިބޭ މީހުންގެ ކާރު ފަދަ ތަކެތި ނެގިދާނެ، ނޫންތޯ

  9
  1
 2. އަހްމަދު

  ވާދީ މުހައްމައިދީގެ ވާދީފިހާރަ ވެހިކަލެއް ފުރޮޅުފަޅައިގެން ދިއުމުން ފާމުދޭރިމަގު އެފްޑީއައިސްޓޭޝަން ކުރިމަތި ބާއްވާފައިއޮންނަތާ 3މަހާ ކައިރިވަނީ. މިފަދަ ތަކެތި ވަރަށްގިނައިން އެބަހުރި. މިތަކެތި ނަގާފާ ޖުރިމާނާވެސް ކުރަންވީ.

 3. ދިވެހިސޮރުފަރުވަ

  ވެހިކަލްތައް އިންތިހާއަށް ގިނަވެފައި ވަނީ އެހެން ރަށްރަށަށް ރަޖިސްޓްރީކުރުމަށް ފަހު ވެސް އެ ވެހިކަލްތައް މާލެ ގެނެސް ދުއްވަމުން ދާތީ ކަމަށް މުއިއްޒު ވިދާޅުވެއެވެ. އަލްއުސްތާޒު ޓްރާންޕޯރޓަށާއި އައްސަިޚު ފުލުހަށް އެފަދަ ވެހިކަލްތައް ނުހޯދެނީތޯ ؟ ހޯދާފަ އެވެހިކަލްތަކުގެ ވެރިން ޖުރުމަނާކޮށް ވެހިކަލް ތިލަފުއްޓަށްގެންގޮސް ނައްތާލަބަލަ.

  4
  1
 4. މާލޭ ސިޓީ ފުރޢތަ

  އެބަހުރި އިގޭތޯ 2005 ގެކުރިން ގަރާޖާނުލާ ސީދާ މަގުމައްޗަށް ރަޖިސްތަރީކޮށްދީފަހުރި ކާރުތައް. އެފަދަ އުލަދުމަގުމަތީ ޕާކުކުރެވެން ޖެހޭނެ. އޭގެ ބަދަލުގައި ރިސްވަތު ކައިގެން ހިޔަނި ގަރާޖުދެއްކި އުލަނދުތައް ޖެހޭނީ މަގުތަކުންނަގާ ހިޔަނި ގަރާޖަށް ވައްދަން . އޭރުން މަގުމަތިން އާއުޅަނދުފަހަރަށް ޖާގަލިބޭނެ. ހިތްވަރެއްހުރިއްޔާ މިބުނިމަގުން މޭޔަރު މިކަންކޮށއްދެއްވާ!

  2
  1
 5. ކޮމެންޓު

  އޭ މަގޭ ސައިކު ނުނަގައްޗޭ އަނެއްކާ ބަލަސް މަދުއްވާ އެތި އެއީ. ތިޔަކުދިން ގެންގުޅޭ ކަހަލަ އާ ސައިކަލެއް ނުލިބޭ

 6. ބަބޫ

  މަގުމަތީގައި ދުއްވަން ހެޔޮނުވާވަރުގެ ބާއެއްޗެހި ކަޅު ދުން ޖަހަމުން އެބަ ދުއްވާ. އެކަހަލަ އެއްޗެހި ހިފަހައްޓާފަ އިންޖީނު ސާވިސް ކުރަން މުހުލަތެއްދޭން ރަގަޅު. އަދި ރަގަޅުކުރުމަށްފަހު ކޮށްމެވެސް ތަނަކަށް އެކަން އަނގަން ޖެހޭގިތަށް. ނުކޮށްފިއްޔާ ރޯޑްވޯދިނެސް އަށް ނުފެތޭކަމަށް ރަޖިސްޓްރީ ބާތިކުކުރަންވީ. ތޮއްޖެހިފައިވާ މަގުތަކުގައި ހިނގާއިރު ހީވަނީ މަސްހިއްކަން އަޅާފައި ހުންނަ ދުމައްޓެއްމަތީ ހިނގާހެން

 7. ބުޅާތައް ވެސް.....

  ދުވާރު މައްޗަށާއި ޕާރކުކޮށްފައި ހުންނަ ވެހިކަލްތަލުގެ ދޭތެރެއަށާއި މަގިމައްޗަށް ގުއިރެމުން ދުވާ ބުޅާތައްވެސް ހުސްކޮށް ދެއްވާށެވެ!