ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިފައިވާ ހުރި ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު 25، އާއިލާއަށް ގުޅާފައިވާކަން "ވަގުތު" އަށް އެނގިއްޖެއެވެ.

ޕާކިސްތާނުގައި ހުރި ކަމަށް ބެލެވޭ މިސްބާހުގެ ވީޑިއޯ އެއް ވަނީ މީގެ ދެ ހަފްތާކުރިން މީސް މީޑިއާގައި އާއްމުވެފައެވެ. ގަސްތަކެއްގެ ކުރިމަތީގައި އަމިއްލަ އަށް ކުރި ވީޑިއޯގައި މިސްބާހު ވަނީ ޑްރަގް ނެޓްވޯކެއްގެ ދަށުގައި އޭނާ ހުރި ކަމަށް ފުލުހުން ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ހުރި ތަނެއް ނުވަތަ ހާލަތެއް އެ ވީޑިއޯގައި މިސްބާހު ހާމަކޮށްފައެއް ނުވެއެވެ.

މިސްބާހުގެ އާއިލާގެ ރައްޓެއްސަކު "ވަގުތު" އަށް ބުނީ މީގެ ތިން ވަރަކަށް ދުވަސް ކުރިން މިސްބާހުގެ ފޯނު ކޯލެއް ލިބުނު ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް މިސްބާހު ބުނި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. މިސްބާހު ގުޅީ ޕާކިސްތާނުގެ ނަންބަރަކުންނެވެ.

އެކަމަކު އޭނާ މި ވަގުތު ހުރީ ޕާކިސްތާނުގައި ނޫން ކަމަށް މިސްބާހު ވަނީ އާއިލާ މީހުން ގާތު ބުނެފައެވެ.

އެ ފޯން ކޯލްގެ މައުލޫމާތު އާއިލާއިން ވަނީ މިހާރު ފުލުހުންނާ ހިއްސާކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، މިސްބާހުއާ ގުޅޭ ގޮތުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގެ އިތުރުން އިތުރު އެއްވެސް މައުލޫމާތެއް މި ވަގުތު ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ވަނީ ދުބާއީ އަށް ގޮސްފައެވެ.

މިސްބާހު ފުރުވަން އެހީތެރިވެފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ.

އިރުފާން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ.

އޭގެ ފަހުން މިސްބާހު ޕާކިސްތާނަށް ދިޔަކަން ވަނީ އެނގިފައެވެ. ވިސާ ހަމަވެގެން މާޗް މަހުގެ ތެރޭގައި މިސްބާހު ޕާކިސްތާނު އެމްބަސީ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އާއިލާ މީހުން ބުނެފައިވާ ގޮތުން މިސްބާހުއާ އެންމެ ފަހުން ބައްދަލުވެފައިވަނީ އޭނާގެ އުފަން ރަށް، ނޮޅިވަރަންފަރު އިން ނޮވެމްބަރު މަހުއެވެ. މިސްބާހު އަކީ ނަފްސާނީ މައްސަލަތަކެއްވެސް ހުންނަ މީހަކަށްވާތިވެ، އޭނާ އަކީ އަމިއްލަ އަށް ދަތުރުފަތުރު ކުރެވޭވަރު މީހެއް ނޫން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރަދީފުގެ އަމާ

  ހައްހައްހާ ހައްހައްހާ ހައްހައްހާ މަޖާދޯ !!

  15
  1
 2. ބިރުވެރިކަން

  މިއަދު ކާށިދޫ އަށް ވަރަށް ބާރަށް ވައިދަގަ ވެ ހިރަފުހުން މުޅި ރަށް ފޮރުވުނު 😧
  ހިރަފުސް ތޫފާނެއް އައިހެން ހީވަނީ
  ތަނެއްދޮރެއް ނުފެނުނު
  މިހުންގަނޑު ބިރުންވެސް އުޅުނު
  މީސްތިކުންނޭ ﷲ ގެ ކޯފާ އައް ބިރުވެތިވޭ
  އެކަކު ކުރާ ކަމަކުން އެންމެނަށްވެސް ކޯފާ އައްނާނެ
  މި ކޯފާ ނާންނާނެ ތަނެއް ކަމައް ހީކޮއްގެން ނުތިބެ

  48
  2
  • ﷲގެ އަޅާ

   އަސްލުވެސް ، އަހަރުމެން މިތިބެނީ ޔާސީން މަތީގަ ބާރަށް ގުގުރާލިއަސް . ރާއްޖެ ޢަރަގު ވާނެ ކަމަށް ސައެންސް ވެރިން ކިޔަނީ 100 އަހަރު ފަހުން ކަމަށް. އެކަމަކު މަގޭ ހިތް ބުނޭ އެއަށްވުރެ އަވަހަށް ﷲ މިތަނަށް ކޯފާ އެއް ފޮނުއްވާނެޔޭ . އެހާވަރަށް ނުބައި ވެއްޖެ މުސްލިމުންގެ ނަމުގަ މިތާ މިއުޅޭ މީހުން 😢 ޔާﷲ ، މުއުމިން އަޙުންނާ އުޙްތުންނަށް ސަލާމަތް ކަން މިންވަރު ކުރައްވާށި. އާމީން

   14
   • 🥺

    އަސްލުވެސް 100 އަހަރެއްނޫން މި ގަރުނު ނިމޭނެ 60 އަހަރުތެރޭގަ
    60 އަހަރު އިނީ 🥺
    މިހާރުގެ މޫސުމައް ބަލާފަ އެޔައްވުރެން އަވަސްވާނ
    ި

 3. Anonymous

  ތިވާނީ ބަޔަކު މިސްބާހު އަށްމަޖުބޫރު ކޮށްގެން ފޯންކުރުވަނީ ކަމަށް ކޫލްކުރަން އާއ އިލާ،🤔

 4. ކޮޔާ

  ބޮޑު ކުށެއް ކުޜާއިރަށް އެމީހާ ނަފްސާނީ މީހަކަށް ބަދަލުވޭ. އާއިލާތަކުން ކުށްވެރިން ހިމާޔްތްކުރަން ޖަހާ މަތި އެއީ. ޚާްްސްކޮށް ދީނަށް ފުރައްސާރަކުރާ މީހުންނާއި މިސްކިތްތަކުގެ ހުރުމަތް ކަނޑާ މީހުންނާއި މީހުންމަރާ ބޮޑެތި ޑްރަގް ނެޓްވޯކްތަކުގް އުޅޭ މީހުންގެ އާއިލާތަކުން އެމީހުން ންފްސާނީ ބަޔަކަށް ހަދާ ހިމާޔަތްކުރޭ.

  14
 5. ކަމަނަ

  ކަލޯ ކަލޭވަރަށް މަޝްހޫރުވެއްޖެ ދެން ކ9ންމެއަކަސް

 6. ރަހުނު

  ރަހުނު

  މީހަކު އަތުން ދަރަންޏަށް ފައިސާ ނަގާއިރު އޭގެ ބަދަލުގައި ބަހައްޓާއެތި.
  -------
  ރަހީނު

  ވަކި މަޤްޞަދެއް ހާޞިލުކުރުމަށްޓަކައި ހިފެހެއްޓޭ މީހާ.

  10
 7. ހުސޭނުބޭ

  މީ މާފިޔާ ސޮރެއްތަ؟

  10
  1