އދ.އޮމަދުއަށް ނިސްބަތްވާ މާބަނޑު އަންހެނެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އޮމަދޫ ޕެންޒީމާގެ އައިމިނަތު ޝޭނީފާ އެވެ. އޭނާ ނިޔާވީ އިއްޔެ ރަށުގައި ހުއްޓާ ހާލު ދެރަވުމުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 22 އަހަރުގެ ޒުވާނާ ނިޔާވިއިރު އޭނާގެ ބަނޑަށް 20 ހަފްތާ ކަމަށް މައުލޫމާތު ލިބެއެވެ.

އޮމަދޫ ހެލްތު ސެންޓަރުން ވިދާޅުވީ ޝެނީފާ އިއްޔެ މެންދުރު ހެލްތު ސެންޓަރަށް ގެންދެވުނީ ބޮލަށް އެނބުރުން އަރާތީ ކަމަށެވެ. ހެލްތު ސެންޓަރުން އޭނާގެ ލޭގެ ޕްރެޝަރު ބެލިއިރު ލޭގެ ޕްރެޝަރު ހުރީ ވަރަށް ބޮޑަށް މަތިވެފައެވެ.

އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމުގެ ކުރިން ފުރަތަމަ ގެންދިޔައީ މަހިބަދޫ އަތޮޅު ހޮސްޕިޓަލަށެވެ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ 23:30 ހާއިރުއެވެ.

އޭނާގެ މަރާއި ގުޅޭ ގޮތުން އަދި މިހާތަނަށް އައިޖީއެމްއެޗްގެ ބަހެއް ނުލިބެއެވެ.