މާލޭގެ މަގުތަކުގައި ކުށްތަކުގެ އެކި އަމަލުތައް ހިނގަމުންދާއިރު ރަށު ތެރޭގެ އަމާން ބެލެހެއްޓުމުގެ ޒިންމާ އުފުލޭނެ ހޯމް މިނިސްޓަރަކާ އެ ވުޒާރާ ހަވާލު ކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާއި ނޭޝަނަލް ޑްރަޖް އެޖެންސީގެ ޒިންމާ ނޫފުލޭތީ އާންމު ރައްޔިތުން ކޮށްފައިވާ އެކި ޓްވީޓްތައް ރީޓްވީޓް ކުރައްވައި ބޮންޑެ ވެސް ވަނީ އޭގެ ކަންބޮޑުވުންތައް ފާޅުކުރައްވައިފައެވެ.

ބޮންޑެ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ މަގުތަކުގައި މަސްތުވާތަކެތި ގަނެވިއްކުން އާންމުވެ ރައްޔިތުންގެ ޝަކުވާ ކަންބޮޑުވުން އިންތިހާއަށް ވަނީ ގޮސްފައެވެ.

"ފަރުވާދެވޭ މަރުކަޒުތައް ހިންގޭނެ ފަރާތްތަކާ ހަވާލުކޮށް ރަށުތެރޭގެ އަމާންކަން ބެލެހެއްޓޭނެ ގާނޫނީ ޒިންމާ އުފުލޭ ވަރުގެ ހޯމް މިނިސްޓަރަކާ ވުޒާރާ ހަވާލުކުރަން ޖެހޭ،" ބޮންޑެ ލިޔުއްވާފައިވެއެވެ

ހޯމް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއެވެ.

ކޯލިޝަންގެ އެއް ލީޑަރު އިމްރާނަށް ހޯމް މިނިސްޓަރުގެ ޒިންމާތައް އަދާ ނުކުރެވޭ ކަމަށް ވިދާޅުވެ، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ގިނައިން އިމްރާނަށް ފާޑުވިދާޅުވެފައިވެއެވެ.

ދާދި ފަހަކުން މާލޭގެ މިސްކިތްތަކުގެ އެތެރޭގައި ވެސް މަސްތުވާކަތީގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމާއި މަސްތު ހާލަތުގައި މިސްކިތްތަކުގައި އުޅުން މައްސަލަތައް ވެސް ފާހަގަވެފައިވެއެވެ. މަސްތުވާތަކެތީގެ ވަބާގައި ބައެއް ޒުވާނުން ނިޔާވެ ދާއިރު އެޖެންސީން ރަނގަޅަށް ބަލަމުން ނުދާ ކަމުގެ އަޑުތައް ގަދައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތަންޑާ

    ތި އުޅެނީކީ އަމާން ނުބެލެހެއްޓިގެނެއް ނޫން. މުޅި ސަރުކާރު ރީނދުލަށް ބަދަލުކޮށް ރައްޔިތުންގެ ލާރިތައް ހައްޕަޅާލަން. ހެލްތު މިނިސްޓަރު އަމީން ބޭރުކޮށް ކެރަފާ ނަސީމު މިނިސްޓަރަކަށް ލުމުން ސިއްހީ ދާ އިރާ އަށް ލިބުނީ ކޮން ކުރިއެރުމެއް.؟. އަމާން ނުބެލެހެއްޓިގެން އިމްރާން ވަކި ކުރަންޏާ ޑިފެންސް މިނިސްޓަރުވެސް ބޭރުކުރޭ. ކޮންމެހެން ހޯމް މިނިސްޓަރު އއެކަންޏެއް ނޫން ދޯ ބޭރުުކުރަން ޖެހެނީ. ބޮންޑޭމެން ތަޅާ ކޮސް.

    29
    1
  2. އަހުމަދު ނީޒް

    އިންޑިޔާ އިން ގެނޭ.

    19
    1
  3. މުހަންމަދު

    ތިޔަ އެން. ޑީ. ޕީ އަކަށް ތިކަމެއް ނުވިއެއްނު.
    ޝިދާތާ ދުއްވާލީ ކުޑަކުދިންނާއި ޖިންސީ ގޯނާފަދަ މައްސަލަތައް ނައްތާލަން. އިތުރަށްވީ ގޯސް.
    މަލީހު ދުއްވާލީ އިންޓަނެޓު ހައްލުކުރަން އިތުރަށްވީ ގޯސް
    ހެލްތު މިނިސްޓަރ ދުއްވާލީ އިތުރަށް ރަނގަޅު ކުރަން އިތުރަށްވީ ގޯސް
    ހައުސިން މިނިސްޓަރ ދުއްވާލީ އެތަން ރަނގަޅު ކުރަން އިތުރަށްވަނީ ގޯސް
    މިހާރު ތިގޮވަނީ ހޯމް މިނިސްޓަރާއި ސުޕޯރޓު މިނިސްޓަރ ދުއްވާލަން.
    ރައްޔިތުންނަށް ތިމާމެން މެންބަރުކަމުން ވަކިކުރެވޭނެ ގޮތެއްވެސް އޮންނަންޖެހޭ! އޭރުން މިކަންކަން ރަނގަޅު ވާނީ.

    21
    2
  4. މަރުމޯލް

    މުޅި ސަރުކާރު ރީނދުލަށް ބަދަލު ކުރިއްޔާ ވާނީ ކޮންކަމެއް؟ ހަމަ ތިބެން ޖެހޭނީ
    ބަގާވާތެއް ނުކުރެވޭނޭ..ހެހެހެހެ
    2018ގައި ރީނދޫ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ފަހަތަށް އެރި އިރު ތިބީ ހިނދުކޮޅުގައިތޯ ތިބީ
    ބަލަ މީ ރީނދޫ ޕާރޓީ އަށް ލިބުނު ވެރިކަމެއް
    ދެން ލަލަލާ

    6
    13
    • ދިނަށަ

      ތިޔައ އީ އިމްރާނުގެ ފެހިކުލަޔާ ގާސިމްގެ ރަތް ކުލަޔާ ތިޔަބުނާ ރީދޫކުލަޔަށް ލިބުނު ވެރިކަމެ އް .
      ގާސިމާ އިމްރާނާ ނުލާ މަހިތުން ތިޔަބަ އި މީހުނަށް ވެރިކަމެ އް ނުލިބޭނެ. 2008 އަދި 2018 ހަނދާން ކޮށްލާ މޮޔަ ގެރި ބޮލަށް އަރުވަ އިގެބް ނޫޅެ.

      4
      2
  5. އެމްޕީޝިޔާމް

    އިމްރާން މިޤައުމު ހަލާކުކުރަނީ..

    12
    2
  6. ހުސެން

    އިމްރާނު ބޭރުކޮށްލަނީތަ

  7. އަޙްމަދް

    ޢިމްރާނު ބޭރުކުރުމަކީ ފަނާކުރާ ފިކުރު އެމްޑީޕީއަށް ކުރެވޭނެ ކަމެއްނޫން......

  8. އަލީ އަހްމަދު

    ކަލޯ ގާނޫނުތަ ހަދާބަލަ ފުލުހުން އަށް މަސައްކަތް ކުރެވޭ ގޮތަ އް ފުލުހުން ފިޔަކޮށާލާފަ ތިހެން ކިޔަކަސް ނުވާނެ ޒިންމާ ނަގަން ޖެހޭނީ މިހާރު މަޖިލިސް އިން

  9. Anonymous

    އަމާންކަން ގެއްލެނީ ކިހިނެއްވީމަކަންނޭނގި ނާމާންކަން ފަތުރަމުން މިނިސްޓަރ ބޮލައް ކަނޑިޔަސް ރަނގަޅެއް ނުވާނެ.

  10. ޓިނު ދޮންބެ

    ލިޔަންޖެހޭއެތި ބޮޑުކަމުން ނުލިޔާނަން

  11. ބޯޖަލީލު

    100 ފަހަރިންނާ ހޯމްމިނިސްޓުރީ ހަވާލުކުރޭ...

    1
    1
  12. ޢަހުމަދު1

    ޢިމްރާން ޔޯ ޓައިމް އިސް އަޕް

  13. ވަހީދުބެ

    ކަލޭ ޙަވާލުވާންވީނު. ކޮންބޭކާރުވާހަކައެއް. ފުރަތަމަ ކަލޭމެން މިޤައުމުގެ ރައްޔިތުންއެދޭގޮތަށް ވެރިކަންކުރަން ދަސްކޮށްބަލަ.

  14. އަހުމަދު

    ޝެއަހް އިމްރާން ގެ ބަދަލުގައި ލާދީނީ މީހަކު ގެނައިމަތާ ލާދީނީ ބިލައް އަމަލު ކުރާނީ

  15. Anonymous

    މި ކަލޭގެ އެކަނި މި ގައުމުގައި އުޅެންވީ. މިކަލޭގެ މިއީ ރައްޔިތުންގެ މަޖިލިސް ކުރާ މާލަމުގައި ހުރި ދައުލަތުގެ މުދަލަށް ގެއްލުންދީފައި ހުރި މީހެއް. މިހާރުން މިހާރަށް ހައްޔަރުކޮށް، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު މިކަލޭގެ އަތުން ހޯދަންޖެހޭ. މިކަމުގައި އޭރު މަޖިލީގެ ރައީސަކަށް ހުރި ޢަބްދުﷲ ޝާހިދު ވެސް ޒިންމާވާންޖެހޭ. އެކަލޭގެ މިހާރު އެހެރީ އެފަދަ އަނެއް މަޖިލީހުގެ ރައީސަކަށް ހޮވިފައި. މިކަހަލަ ގޮތެއްފޮތެއް ނެތް މީހުން އެމް.ޑީ.ޕީގައި ގިނަވާނީ.

  16. ޖާބެ

    ކިތައްމެ ފުއްޕިޔަސް އިމުރާން ބޭރުކުރަން ކެރޭނެ ހެނެއް ހީނުވޭ.