"ކާންދޭ އަތުގައި ދަތް ނޭޅުމަށް" ބުނެ ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން އަނެއްކާވެސް މުޒާހަރާ އަށް ނިކުންނަން ނިންމައިފިއެވެ.

މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކާނިވާ ސްޓޭޖް ސަރަހައްދުގައި ކުރާ މި އިހްތިޖާޖަކީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރެސްޓޯރަންޓުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.

ރެމްގެ ރައީސް ހާމިދު އަފީފް "ވަގުތު" އަށް ވިދާޅުވީ ކޮވިޑް ފެތުރޭތީ އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހުރިހާ ވިޔަފާރިތަކެއްގެ މެދުގައި ހަމަހަމަކަން ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ފެނިގެން ދަނީ ރެސްޓޯރެންޓް ވިޔަފާރީތައް ކުރަމުންދާ ފަރާތްތަކާ މެދު ތަފާތުކުރުން ގެންގުޅޭ މަންޒަރު ކަމަށް ވިދާޅުވިއެވެ

އަފީފް ވިދާޅުވި ގޮތުގައި ރެސްޓޯރަންޓް ވިޔަފާރިތަކުގެ ވެރިން ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެހީތެރި ކަމެއް ލިބިފައެއް ނުވެއެވެ. އަދި ކަންބޮޑުވުންތަކަށް އެކަށީގެންވާ އިޖާބައެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކުރިން ހުރި ފަސް ރެސްޓޯރަންޓް. އެކަމަކު މިއަދު ހުރީ އެންމެ ދެ ތަން. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ. ކުއްޔެއް ނުދެއްކޭ. މުވައްޒަފުންނަށް މުސާރަ ނުދެވޭ. އަޅުގަނޑާއި އަނބިދަރިން ބިތިބީ ނަފްސާނީ ބިރުވެރިކަމެއްގައި. މިގޮތަށް ކިތައް ރެސްޓޯރެންޓް ބަނގުރޫޓްގެން އެދަނީ." އޭނާ ވިދާޅުވިއެވެ.

މި އެއްވުމުގައި އެ ސިނާއަތުގައި އުޅުއްވާ ހުރިހާ ބޭފުޅުން ވެސް މި އެއްވުމުގައި ބައިވެރިވުމަށް އެ އެސޯސިއޭޝަނުން ވަނީ ދައުވަތު ދީފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ވަނީ ކެފޭ ރެސްޓޯރަންޓުތަކުގައި ހިދުމަތް ދިނުން މަނާކޮށް ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދޭން އަންގައިފައެވެ. އެހެންވެ އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.

ކެފޭ ރެސްޓޯރެންޓްތަައް ލިބޭ ގެއްލުންތައް ކުޑަކުރަން އެ ފަރާތްތަކަށް ބަދަލު ދޭން ވެސް މަޖިލީހަށް މީގެ ކުރިން ހުށަހެޅި
އެވެ. ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމީ އެ ފަރާތްތަކަށް ބަދަލު ނުދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސަނީމާ

  ކަލޭމެން އަތުން ކޭ އެއްޗަކުން އޮންނާނީ ފައިސާ ދައްކާފަ..
  ހިލޭ ސާބަހައް ފެންތައްޓެއްވެސް ދިނިއްޔާ ރަނގަޅު ތިޔަ ސިޔާރު ބޭނުން ކުރަން

  12
  2
  • ދިވެހިސޮރު

   އެބުނާހެން ތަކުންތާކުނުޖެހޭ ވާހަކަ ތިދައްކަނީ

 2. ލަބަންބާ

  ނުވާނަން ބައިވެރިއެއް! މީ ޙާއްސަ ހާލަތެއް އާޓް ދައްކަން އުޅޭނެ ކަމެއް ނެތް !

  1
  1
 3. ސަސި

  3 ރުފިޔާއަށް ދޭ ފެންފުޅި 15 ރުފިޔާއ އަށް ވި އްކާ ގުރޫޕް

 4. Anonymous

  ކަލޭމެން ކޯއްޗެއް ކާންދިނީ؟ އަމައޭ ކިޔާބަލަ.
  .ތީކޮވިޑްފެތުރޭ ހާޢްޔެއް.
  .ތީކޮވިޑްފެތުރޭ ހާޢްޔެއް.
  .ތީކޮވިޑްފެތުރޭ ހާޢްޔެއް.
  .ތީކޮވިޑްފެތުރޭ ހާޢްޔެއް.

 5. ޓިނު ދޮންބެ

  .ތީކޮވިޑްފެތުރޭ ހާޢްޔެއް..ތީކޮވިޑްފެތުރޭ ހާޢްޔެއް.
  .ތީކޮވިޑްފެތުރޭ ހާޢްޔެއް.
  .ތީކޮވިޑްފެތުރޭ ހާޢްޔެއް.
  .ތީކޮވިޑްފެތުރޭ ހާޢްޔެއް. ކަލޭމެން ކާކަށްކޯއްޗެއް ހިލޭ ކާންދިނީ ؟
  ހަމަބަންދުކުރަންވީ އެޗްޕީއޭ ބަރާބަރު ތިކަމުގަ

  2
  1
 6. ޢަހޮމަދު

  ޜެސްޓޯރަންޓް ތަކޭނުކިޔާ ކިޔަންވީ މުޑުދާރުގުދަން. ފުރަތަމަ ބަލާބަލަ ތިތަންތަނުގެ މަސަޢްކަތްކުރާމީހުން ގަޢިޑްލަޢިނަށް ތަބާވޭތޯ. ބަންގާޅިންނާ ތަންހަވާލުކޮ އްފަވެރިމީހާވާނުވާ ބަލަޢެއ އް ނުލާނެ. ދެންފަ އިސާ ޓްރާންސްފަރ ކުރަންދޭނީ ވި އަފާރިޢި ގުޅޭ އެކަޢުންޓް ނަންބަރެއްވެސް ނޫން.

  2
  1
 7. ޢަހޫ

  ނުޒޭރު އާ ދޮންމަނިކް ދޭބަލަމަހަށް. ފުރަތަމަ ކަލޭމެންގެ ކަޑަތަކުގަމަސަ އްކަތްކުރާމީހުން ފެންވަރުވާފަ ގަ އިޑްލަ އިނާ އެ އްގޮތަށް މަސަޢްކަތްކުރުވަން ދަސްކޮށްދީބަލަ.ސާރވިސްދޭން އަންނަމީހުންގަ އިންދުވަނީ ކުނިވަސް.