މާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް، ނުވަތަ ސްޓެލްކޯ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމަށް ގޮވާލާ ރައްޔިތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މާލެ އަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަަށް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމުއެވެ.

މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުން ހޮޅިތަކާއި، ތެޔޮ ތާނގީތައް ބެހެއްޓުމުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތައް ވަމުންދާ ކަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ. މިކާއިިލް ވަނީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލައިފައެވެ.

އެ ގަރާރުގައި ބުނެފައި ވަނީ، މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ޖަނަރޭޓާރުތައް ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި، ދުން ހޮޅިތައް ހުރިލެއް ތިރިކަމުން ސްޓެލްކޯގެ މައި އިމާރާތާއި ޖަނަރޭޓަރުތައް ހުންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޖައްވުގައި ހުންނަ ތެޔޮވަސް ދުވައި، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ ކެއްސައި، ލޮލާއި ނޭފަތް ހިރުވައި، ނޭވާލާ ނިޒާމަށް އުނދަގޫވެ، ބޮލުގައި ރިއްސައި، ތަފާތު ބަލިތަކަށް މަގުފަހިވާ ކަމަށެވެ.

އަދި ޖެނަރޭޓަރުތަކުން ކިޔާ އަޑުގެ ވައިބްރޭޝަންތަކުގެ ސަބަބުން ގޭގައި ޖަހާފައި ހުންނަ މުއްޓަށް ތަކުރާރުކޮށް ގެއްލުން ލިބި ފާރުތަކުގައި ރެނދުލައި، ކުޑަކުދިންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަ ދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރު ވެފައިވާ ކަމަށް ގަރާރުގައިވެއެވެ.

އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ތެޔޮ ތާނގީތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ވެސް މެދުވެރިވެ، ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށްވެސް ގަރާރުގައިވެއެވެ.

މީގެ އިތުރުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ރައްޔިތުންނާއި ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަކީ އަމާޒަކަށް ވެފައި، ރަނގަޅު ސިއްހަތެއްގައި ދިރިއުޅުމުގެ ހައްގަކީ ދައުލަތުން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދޭން ޖެހޭ ހައްގެއްކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި އާއްމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، މާލެ އާއި ރާއްޖޭގައި އާއްމުކޮށް އިލެކްޓްރިކު ކަރަންޓް ދިނުމާބެހޭ ގަވާއިދުގައި، އިންޖީނުގެ ހުންނަންވާނީ އަރާ ދުމުން އާއްމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ގަރާރުގައި މީކާއިލް ވަނީ އެކަންތައްތަކަށް ހައްލެއް ގެނައުމަށް ކުރު ރާސްތާ، މެދު ރާސްތާ، އަދި ދުރު ރާސްތާ، ޕްލޭނެއް ސްޓެލްކޯއިން އެކުލަވާލައި، އެކަމަށް ތާވަލެއް ކަނޑައަޅުމަށް ގޮވާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މިތުރު

    ރާއްޖެތެރޭގައި އުޅެނީ ރައްޔިތުނެއްނޫންބާ. ތިބުނާ ދުންހޮޅިތަކާއި ތެޔޮތައް މިހުންނަނީ ގެއާ އިންވެގެން އަޑުވެސް އެހާގަދަ. ހުރިހާ ޙައްޤެއް ލިބެންޖެހޭނީ މާލޭ ބޭފުޅުންނަށްބާ؟ އިންތިހާބަކާޖެހުނީމަ ރާއްޖެތެރޭ ނިކަމެތިން ފެންނަނީ.

    35
    3
    • ތާޖު

      ތި ރަށް ތަމްސީލުކުރާ މެމްބަރު ކަ އިރީގަ އި ބުނަންވީނޫންތޯ ގަރާރެ އްލާން. މާލެ މާލެ ކިޔަ އިގެން ލޭމަ އްޗަށް ނުގޮޤ ތިރަށުގެ ވާހަކަ ދެ އްކީމަދޯ ތިޔަ ރަށުގެ ކަންކަން ރަގަޅު ކުރެވޭނީ.

      11
      5
  2. ކޮމެންޓު

    ޑުރާމާ އެކެވެ. ދުރުވިސްނޭ ވެރިއަކު ވަނީ ދެރަށް ގުޅުވާލާ މާލޭން އިންޖީނުގެ ނެގުމަށް ވާންޖެހޭ ޕްލޭންތައްހަދާ އަމަލީ މަސައްކަތް ފަށާފައެވެ. ދެން މިމީހުން ކުރިކަމެއްކަމަށް ދައްކަން ޑްރާމާ ކުޅެނީއެވެ

    49
    2
  3. އައްބެ

    ސްޓެލްކޯގެ އިންޖީނުތައް ބަދަލުކުރަންވީ މަޖިލިސް ކުރާ ގެއަށް.

    56
    2
    • ހާމާން

      ވަރަށްރަގަޅު ސިޔާސަތެއް

      16
      2
    • ބޯހަލާކު

      ނޫނޭ އައްބެ މަޖިލީސް ކުރާ ގެއަކަށް ނޫން މީކާއީލްގެ ހިތާނީ ވިލާ އަށް،

      21
      2
  4. ހިމް

    މި މީހާއަށް ނޭނގެނީތަ ކާބަން އެމިޝަނަކީ ކޯއްޗެއްކަން؟ ސްޓެލްކޯ ބަދަލުކުރުމުން މާލެ ކާބަން އެމިޝަން ފްރީ ވީތޯ؟
    ތަނެއް ދޮރެއް ނުދަންނަ ރޯނުއެދުރުން މަޖިލީހަށް ވަނަކަސް ރޮލެއް ނުފިލާނެ.

    19
    2
  5. ބުއްޅަބޭ

    ކަލޯ މޮޔަވީތަ؟ މުޅި ސަރުކާރުގެ އެއް އަހަރު ދުވަހުގެ ބަޖެޓު ބޭނުންވާނެ ތިކަމަށް! ފައިސާ ނެތޭ އަބަދު ގޮވަނީ!

    22
    1
  6. ނާރު

    ސްޓެލްކޯ ގައިތިބި ވެރިން ބަދަލުކުރަންވީ މިހާރު ސްޓެލްކޯގައި ތިބެނީ ގެރިން ހާދަހާވާ ވަރުގަދަ ބަޔެކޭ މިއަދު ރާވާފަ ސާކިއުލާ ނެތެފަ މާދަމާ އެހެންގޮތަކަށް ބަދަލުކުރުން މީކަމަކީ މުވައްޒަފުން ވާނުވާގަ މަޖިލިސް މެންބަރުންގެ ބާރު ހަހަހަހަ

    11
  7. ކޮވިޑް

    އަޅެ މުޅި މިޤައުމު ބަދަލް ކުރިޔަސް މި ނާޤާބިލް އެމްޑީޕީ ސަރުކާރަށް ވާނެ ހަމަ އެއްކަމެއްވެސް ނޯންނާނެ.ޣަރާރު އިން ބޭޣަރާރުވެ ހިތާނީ މީކާއީލް ބަލާބަލަ މިސަރުކާރުން ވީ ވައުދުތައް ފުއްދުމަށް މަޖުބޫރު ކޮށް ވަކާލާތު ކޮށްބަލަ؟

    17
    1
  8. ބޭގަރާރު

    ކަމެއްކުރާމީހެއްކަމަށް ދެއްކެންވެގެން ދެބުޅާ ކޯޅުނަސް ގަރާރެއް. ބަލަ ގަރާރަކީ އެއަށް އަމަލުކުރަންޖެހޭ އެއްޗެއްނޫން. ގާނޫނު ހަދާފައި ފާސްކޮށްބަލަ.

    16
    1
  9. ބަންދީ

    ބުއްފުޅި ބޮގަ

    19
    1
  10. އިންނު މުހައްމަދު

    މޮޔަ ގޮލައެއްތަ މީ

    19
    1
  11. ގަރޭ

    މޯލެޑިވެސް ގަރާރު ޕާޓީ އާއި ގަމާރު މަޖިލިސް.

    4
    1
  12. ބޭހޮއްކޮ

    ކަރަންޓަށް ދިމާވެފައި އޮތް ކަމެއް ދިމާވީ އެމްޑީޕީގެ ސަބަބުން. މައުމޫން މިސަރަހައްދުން ފަޅެއް ހިއްކާފައި އެތަނުގައި އިންޖީނުގެތަކާއި ދޫނިދޫގައި ހުރި ތެޔޮތާނގީތައް ގެންގޮސް ގާއިމުކޮށްފައި، ކަރަންޓް ވިއުގައެއް އުފައްދާފައި ކޭބަލް އަޅައިގެން މާލެއަށް ކަރަންޓް ގެނެވޭނެ ގޮތަށް ރާވާފައި އެ ޕްލޭން ތަންފީޒުކުރަން އެތައްކަމެއް ކޮށްފައި އޮތްވާ ވެރިކަމަށް އައިސް މައުމޫން ފަށާފައި އޮތް ކަމެއް ނުކުރަންވެގެން ޒާތެއްގެ ޔުނިޓިލިޓީ ކުންފުނިތަކެއް ހަދައިގެން މުޅިތަން ގަޑުބަޑުކުރީ. ދެން ޔާމީނު ވެރިކަމަށް އައިސް ޗައިނާގެ އެހީގައި ހުޅުމާލޭގައި އިންޖީނުގެއެއް ހަދަނިކޮށް އެތަން މިހާރު މިއޮތީ ގަޑުބަޑުކޮށްފައި. އެކަމަކާހެދި 7ހާސް ފްލެޓަށް ކަރަންޓު ދެވޭނެ ގޮތެއް ނެތްތާނގައި ކަރަންޓު ދިނުމަށް އަޅާފައި އޮތް ކޭބަލްވެސް ބުރިކޮށްގެން ވަަގަށް ނަގައިގެން ތިތިބީ. އެމްޑީޕީއަށް އޮންނާނެ ކަމަކީ ރައްޔިތުން ގުބޯ ހައްދަން ތިޔަ ކަހަލަ ބޭގަރާރު ލައިގެން ސަޅިބައިސާ ކަނޑާފައި ހަބަޑަށް ސައިބޮއިގެން އަޗާތަޅަމުން ދިއުން. މިކަމަށް ކަލޭމެން ވަރުގެ ކުޅަދާނަ ބަޔަކު މިއުޑުހިޔަލުގައި ނުތިބޭނެ. އެކަމަކު ކަމެއް ކުރަންޖެހޭ ކޮންމެ ފަހަރަކު ތިޔައީ ފީ ޅޮހަށްވުރެ ދެރަބައެއް. އެކަން ގައުމުން ފެންނަމުން މިދަނީ.

    6
    1
  13. ހުސެންދީ

    ކޮންކަމެއް ފޮރުވަން އަނެއްކާ. ކައޭ ތިހިރީ މިހާރު ޕޮޕިއުލަރިޓީ ގެއްލިފައެއްނު.

    6
    1
  14. އަނދަގޮނޑި

    މި ކަލޭގެޔަށްނުކެރޭނެ ލާދީނީ އެމްޑީޕީއޭކިޔާ ޖަމާއަތް އުވާލަން ޤަރާރެއް ހުށަހަޅާން

    5
    1
  15. ކކ

    މީކާއީލް ކީކޭމިކިޔަނީ. ކާބަންނިއުޓުރަލް ކުރަންޏާ ކަލޯމެންގެ ސައިކަލްތަށްވެސް މާލެއިން ޖެހޭނީ ބޭރުކުރަން.

    4
    1
  16. މމމމކ

    މީކާއީލް ކީކޭމިކިޔަނީ. ކާބަންނިއުޓުރަލް ކުރަންޏާ ކަލޯމެންގެ ސައިކަލްތަށްވެސް މާލެއިން ޖެހޭނީ ބޭރުކުރަން.

    2
    1
  17. އައްޔު

    ކަލޯ ވައުދެއް ކަމަށް ތިޔެހެން ބޭގަރާރުނުވެ ހުޅުމާލެ މާލެ ގުޅާލާފައިއެވަނީ ދުރުވިސްނޭ ތަންދޮރު ދަންނަ 21 ވަނަ ގަރުނަށް ހެޔޮވަރު ވެރިޔެއްގެ މޭސްތިރި ކަމުގައި 3 އަހަރު ވެގެން މިދަނީ ކަރަންޓް ނަރުއަޅާ ގުޅާނުލެވި. ދެން ކީކޭބުނާނީ މިހާރު ހުޅުމާލެ މާލޭގެ ކަރަންޓްވިއުގަރ ގުޅާލިޔަސް ތިޔަކަން ހައްލުވާނެ ވަގުތު ބޭކާރުކުރުން ނޫންކަމެއް ނުކުރޭ މިމީހުން އެންމެން ތިމާވެށީގެ ބައްޕައާއި މަންމައަށް ވުމުގައި އަވަދިނެތި ޤައުމު ވިއްކުމުގައި އަވަދިނެތި ލޯބީގެ ބިލްތަށް ފުލުފުލުން ޙުށަހެޅުމުގައި އަވަދިނެތި ޤައުމުގެ މިނިވަންކަން މަޑުމަޑުން ނަގަމުން ދާއިރު ބަރުހެލި ދުވެލީގައި ނިދާފައި ސާބަހޭ ދިވެހިންނޭ

  18. Anonymous

    ކަލޭ ހީކުރީ 2 މަހުން މިލިއަނެއްހާރުފިޔާއިން ޕަވަރ ހައުސް ބަ ދަލު ވެދާނެ ކަމައް ދޯ ގަމާރު

  19. ރައީސް ޔާމިންގެ ސަޕޯޓަރެއް

    ރައީސް ޔާމިން ވަނީ މާކުރިއްސުރެ އިންޖީނުގެ ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި ގްރޭޓަރ މާލެ ސަރަހައްދަށް އެއްފަހަރާ ކަރަންޓު ދެވޭވަރު ތަނެއް ހުޅުމާލޭގައި ހަދައި، ބްރިޖަކުން މާލެ-ހުޅުމާލެ ގުޅާލައި މާލެއަށް ކަރަންޓުވެސް ބްރިޖް މެދުވެރިކޮށް ފޯރުކޮށްދޭން ކުރަންޖެހޭ ބޮޑެތި ހުރިހާ މަސައްކަތެއް މުޅިންހެން ނިންމަވައިފަ.

    ރައީސް ޔާމިންގެ އަގު ނުކުރެވޭވަރު ބުރަ މަސައްކަތް ނިމޭތަނުން ކޭކު ފަޅަން ރެޑީވެގެން ތިބި ބައެއް ތީ! ކިތަންމެ ބޮޑު ކޭކެއް ފެޅިޔަސް އަހަރެމެންނަށް ހަޤީގަތް ފެނި ދެނެގަތުމުގެ ކުޅަދާނަކަން ﷲ އިރާދަފުޅުން ލިބިފައި އެބަހުރި!

  20. ރައީސް ޔާމިންގެ ސަޕޯޓަރެއް

    ރައީސް ޔާމިން ވަނީ އެމަނިކުފާނުގެ ޒަޢާމަތު ނިމުމަކަށް އައުމުގެ މާކުރިން ތިކަމަށް ބޭނުންވާ ހުރިހާ ޕްލޭނެއް ހަދައި އަމަލީ މަސައްކަތްތައް ނިމުމަކާއި ގާތަށް ގެނެސްފައި. މުޅި ގްރޭޓަރ މާލެއަށް ކަރަންޓު ދެވޭވަރު ޕަވަރހައުސް އެއް ހަދައި ޖަނަރޭޓަރުތައް ގެނެސް ހުޅުމާލޭގައި އިންސްޓޯލްކޮށް ނިންމައި ހުޅުމާލެއިން މާލެއަށް ބްރިޖް އަޅައި ކޭބަލް ގުޅޭނެ އިންތިޒާމްތައް ހަމަޖައްސައިފައި. ވެރިކަން ބަދަލުވެ 3 ވަނަ އަހަރު މި ހިނގަނީ. ވީ ކަމެއް ހަރާން.

    އެހެން މީހުންގެ ބުރަ މަސައްކަތުގެ ކޭކު ފަޅާ ސަރުކާރު!!! ވަރަށް ސަލާމް!!!