ކޮވިޑް-19ގެ ވޭދަނައެއް ފެނި މޮނީޓަރިންގ ހާލަތަށް ލާފައިވާ ހއ. ފިއްލަދޫ ޒުވާނުންތަކެއް ނުކުމެ އެރަށު ހުރިހާ ގޭބީސީއަކަށް ކަނޑުމަސް ހަދިޔާކޮށްފިއެވެ.

އެރަށު އަށް ޒުވާނަކު ނުކުމެ އެރަށު ހުރިހާ ގޭބީސީއަކަށް އިއްޔެ މަސް ބަހާފައިވާއިރު، ކޮންމެ ގެއަކަށް ތިން މަސް ލިބޭގޮތަށް 1220 ކިލޯގެ މަސް ހަދިޔާކޮށްފައެެވެ.

އެރަށު ޒުވާނުން ބަހާފައިވާ މަހުގެ އަގު 24،413 ރުފިޔާ އަށް އަރާއެވެ.

ކޮވިޑްގެ ވޭދަނައެއް ފެނި ފިއްލަދޫ މޮނީޓަރިންނަށް ލާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައި އެވެ. މޮނީޓަރިންނަށް ލާފައިވުމާއި ގުޅިގެން އެރަށަށް މަސްލިބުން ދަތިވެފައިވާކަމަށް އެރަށުގެ ކައުންސިލުން ބުނެފައިވެއެވެ.

ފިއްލަދޫގެ ގޭބީސީތަކަށް ހަދިޔާކުރުމަށް މަސް ހޯދުމުގައި އެރަށުގެ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްފީފައި ވަނީ މަސްވެރިންނާއި އިހަވަންދޫގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ "މަސްވެރި އިހަވަންދޫ" ގެ އެހީތެރިކަމާއެކުގައެވެ.

މިއަދުވެސް ފިއްލަދޫގެ ގޭގެއަށް މަސް ބަހާފައިވަކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެގޮތުން މިއަދު ފިއްލަދޫގައި ބަހާފައިވާ މަހަކީ އެރަށުގެ އެމްޕީ އިބްރާހީމް ޝަރީފްގެ ހަރަދުގައި ބަހާފައިވާ މަސްތަކެވެ.

ފިއްލަދޫގައި މިއަދު ބަހާފައިވާ މަހަކީ ހަނިމާދޫ ދޯންޔަކުން ގަނެފައިވާ 975 ކިލޯގެ މަހެވެ. މި މަހުގެ އަގު 19،500 ރުފިޔާއަށް އަރާއިރު ރަށުގެ ހުރިހާ ގެއަކަށް މަސް ބަހާފައިވާކަމަށް ރަށު ކައުންސިލުން ވިދާޅުވިއެވެ.

ފިއްލަދޫގައި މަސްވެރިކަން ކުރަން އޮންނަނީ އެންމެ ދޯންޔެކެވެ. ކޮވިޑާއި ގުޅިގެން ރަށް މޮނީޓަރިންނަށް ލާފައިވާއިރު މިއަދާއި ހަމައަށް 24 ފައްސި ވޭދަނަ އެރަށުން ފެނިފައިވާކަމަށް ރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނު

    ޝުކުރިއްޔާ 8 ޒުވާނުން ، ޝުކުރިއްޔާ އެމް.ޕީ އިބްރާހިމް ޝަރީޕް، ޝުކުރިއްޔާ ކައުންސިލް.

  2. މަސްބަހާމީހާ

    މިކަހަލަ ކަމެއް ސަރުކާރަކައް ނުކުރެވޭތޯ ބޭރުގައުމުތަކުން ބޯކޕއް ޑޮލަރތައް ހަދިޔާކުރި އިރވެސް ރައްޔިތުންގޭބަންދުކޮއް މަސައްކަތެއް ވަޒީފައެއްނެތި ދޮޅު އަހަރުވީއިރުވެސް ސަރުކާރަކައް މިވަރުގެ ކަމެއްވެސްކޮއްނުދެވުނު ސަހަރޯ