މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިސްލާމިކް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓްރީން ދަނީ ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދޭން މަޝްވަރާ ކުރަމުންނެވެ.

ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް މަޝްވަރާ ކުރަމުން ދަނީ އަންނަ މަހުގެ ތެރޭގައެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ އިންތިހާއަށް އިތުރުވުމާއި ގުޅިގެން މެއި މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފައެވެ.

ނަމަވެސް އޭގެ ފަހުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެ ކަމަށް ނިންމިއެވެ.

މާލޭގައި ކޮވިޑްގެ ވޭދަނަތައް މަދުވާން ފެށުމާ އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ލުއިތައް ދޭން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ޖަމާއަތުގަ ނަމާދުކުރަން މަސްވަރާކުރަނީ ކިހާފައްކާ ، ކަސްރަތުކުރަންދެވޭ ، ސެލޫން ތަކާ ސްޕާ ތަކަށްދެވޭ މަސްދަތުރުދެވޭ އެތަންތަނުން ކޮވިޑު ނުފެތުރެނީބާ ؟ މިވެރިން މިސްކިއްތަށްދެކެ ހާދަބިރެކޭ މިގަންނަނީ

  2. ޚާރު

    ނަޝީދުގެ ލަފާ ހޯދާތި

    1
    1
  3. ޖާނޭ

    ތިޔައިީ ހެޔޮ ނިޔަތުގައި ކުރާނަމަ ވަރަށް އުފާވެރި. ނަމަވެސް ކުރާ މަޤުޞަދު މިހުއްޓެނީ ވެރިކަން ކުރާމައި ޕާރޓީއަށް 16 އަހަރު ފުރުމާ ދިމާކޮށް ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހި ކުރުމުގެ ގޮތުން ކޮވިޑް ނެތް ކަމަށް ހަދާފައި ހަރަކާތް ނިމުމުނަ ފުރަބަންދު.

  4. ސޭފް

    މިސްކިތުން ކޮވިޑް ނުޖެހޭނެކަން ކޮންމެ މުސްލިމަކުވެސް ޔަޤީންކުރާނެ

  5. ބިން ޢަލީ

    އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނަށް ސަލާމް މާތްﷲގެ އިރާދަފުޅުން ތިޔަބޭފުޅުންވެސް ތިޔަ ކުރިމަތިލެއްވީ އިމްތިޙާނަކާ ތިޔައިސްކުރެއްވީ މާޤާމު ތިޔަބޭފުޅުން ބައްލަވާލައްވާ މާރުކޭޓްގަ ގައިދުރުކަން އޮތްދުވަހެއްފެނުނުތޯ ތިޔަބޭފުޅުންނަކަށް އެނގިވަޑައި ނުގަތް ނަމާދަކީ ކިހާވަރެއްގެ ކަމެއްކަމެއް އަދި ނަމާދު މިކުރަނީ ކޮންފަރާތަކުން އަންގަވާގެންކަމެއްވެސް ތިޔަ މަޤާމުތަކުގައި ދާއިމަށް ތިބެވޭނެކަމަށްތަ ތިޔަ ހީކުރަނީ ނުތިބެވޭނެ ޖަވާބުދާރީވާންޖެހޭނެކަން ހަނދާންކުރާތި!

  6. ލލ

    ލަފާ ހޯދަން ފަތުވާ ކޮމޮޓީއަށް ފޮނިވާ !