ވަގަށް ނަގައި މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މަރުގެ މައްސަލާގައި އިހުމަލުވި އެންއައިސީގެ ކުރީގެ މެންބަރު އަހުމަދު އަމީނަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހެޑް އޮފް އިންވެސްޓިގޭޝަންގެ މަގާމު ދީފީއެވެ.

ރިލްވާނުގެ މަރުގެ މައްސަލައާ ގުޅިގެން އެންއައިސީން ނެރުނު ރިޕޯޓުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ ބަލަންޖެހޭ މިންވަރަށް ނުބެލި ކަމަށްވާތީވެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަމަށް ގަބޫލުކުރެވޭތީވެ މެންބަރުންގެ ގާބިލުކަމާއި މެދު ސުވާލު އުފެދޭ ކަމަކަށްވާތީވެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމީ އަމީން ހިމެނޭ ގޮތަށް ކޮމިޝަންގެ ހަތަރު މެންބަރުން ވަކިކުރަންށެވެ.

ކޮމިޓީން އެހެން ނިންމާފައި އޮއްވާ އެންއައިސީގެ މެންބަރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އަމީން ވަނީ އިސްތިއުފާދީފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ދާދި ފަހުން އަމީން ވަނީ އޭސީސީގެ އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑަކަށް ހަމަޖައްސާފައެވެ.

މިނިވަން މުއައްސަސާއެއްގެ މަސްއޫލިއްޔަތު އަދާކުރަން ފޭލްވި އަމީނަކީ އޭސީސީގައި މިހާރު ތިއްބަވާ މެންބަރުންނާ "ގާތް ގުޅުމެއް" އޮންނަ ބޭފުކެވެ. އިންވެސްޓިގޭޝަން ހެޑްގެ މަގާމަށް އަމީން އައްޔަންކޮށްފައިވަނީ އެ ފަރާތްތަކުގެ އެދުމުގެ މަތިންކަންވެސް ވަނީ އެނގިފައެވެ.

އެކަމުގައި އޭސީސީގެ މީޑިއާ އޮފިޝަލްގެ ބަހެއް ހޯދާލަން ގުޅުލުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީވެ ކޮމެންޓެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ރިލްވާނުގެ މައްސަލައިގެ އިތުރުން މ. އުޖާލާގެއަށް ފުލުހުން ވަދެ އެގޭގައި ހުރި އާންމު ރައްޔިތަކަށް އަނިޔާކުރި މައްސަލާގައިވެސް އޭރު އެންއައިސީގެ އިހުމާލު އޮތްކަން ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ރިލުވާނު މައްސަލަ ހައްލުވީ...އިބޫގެ ސަރުކާރަކީ ތިޔާހެން ބުނާހާކަލަ ސަރުކާރެނޫނޭ...ނުކުތާއިން ފިލިން އަކުރުން އަކުރަށް ވައު ދުފުއް ދާ ސަރުކާރެއް.. ދެން ރިލުވާނުގެ އާއިލާ ރޔާމީންއަށް އިލްޒާމު ނާޅުވާނެކަމަށް ހީކުރަން...ކުށެއްނެތް މީހަކަށް ދޮގު ތުހުމަތުކޮށް އަބުރުނަގާލިބަޔަކު މިއަ ދު ދުނިޔޭގަ ތިބިނަމަ މަޢާފަށް އެ ދެންޖެހޭ..

    21
  2. Anonymous

    އަމީން އަކީ އެންއައިސީ ގަ މަސައްކަތް ކުރި އެންމެ އިހްލާސްތެެރި މެންބަރު. ގާނޫނުގައިވާގޮތަށް މަސްއޫލިއްޔަތު އަދާކުރެއްވި. ކޮމިޝަނުގެ އިދާރީ ހިންގުމަށްއަތް ބާނާ ވަކިގޮތަކަށް ކަންކަން ކުރަން އަންގަވާފައިނެތް. ކޮމިޝަނުގެ ރައީސް އަށް އިންވެސްޓިގޭޝަން މަސައްކަތަށްދެއްވަންޖޭ އެއްބާރުލުން ދެއްވި ބޭފުޅެއް. ގަވާއިދުން އޮފީހަށް ވަޑައިގެން ހަވާލުވެފައިވާ ކޭސްތަކުގެ މަސައްކަތުގައި އުޅުއްވާ ނަތީޖާ ނެރުއްވި ބޭފުޅެއް.

  3. އަހުމަދު

    މިސަރުކާރުން ރަނގަޅު އެއްކަމެއްވެސް ނުކުރޭ، ހީވަނީ ވޯޓްލީ ރައްޔިތުންނަށް ޖެއްސުމަށް ހިންގާ ސަރުކާރެއްހެން.

  4. ފަގީރު ކޮއި

    ތިހުރީ މަރުތަކުގެ މައްސަލަ ތައް ރަނގަޅަށް ބެލިފައި، މިއޮތީ ވާ ސަރުކާރެއް، وٱلله أعلم.