އއ. ބޮޑުފޮޅުދޫގައި ބޮޑެތި މީހުންގެ ފަރާތުން ކުޑަކުދިންނަށް ބުލީ ކުރާ މައްސަލަ ފާހަގަކޮށް، އެކަން ނުކުރުމަށް އެދި އެރަށު ކައުންސިލްގެ ފަރާތުން ނެރުނު އިއުލާނު ކެންސަލްކޮށްފިއެވެ.

އެ އިއުލާނަކީ އެކަހެރި ކުރުމާއި ގަނާ ކުރުން ހުއްޓުވުމާއި ގުޅޭގޮތުން މިއަދު ނެރުނު އިއުލާނެކެވެ. އެ އިއުލާނު ބާތިލްކޮށްފައި ވަނީވެސް މިއަދުއެވެ. އެ އިއުލާނުގައި ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެެވެ.

އެ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވަނީ، ފަހަކަށް އައިސް ކުޅިވަރުކުޅޭ ތަންތަނުގައި ވަކިވަކި ކުދިން ބައިވެރި ނުކުރުމާއި، ވަކިކުދިން ފާހަގަކޮށް އެކުދިންނަކީ އެހެން ކުދިންނާއެކު ޝާމިލްވެ ކުޅިވަރާއި އެހެނިހެން ކަންކަން ނުކުރެވޭނެ ކުދިންކަމަށް އިހްސާސްވާފަދަ ގޮތްތަކަށް ކުދިން އެކަހެރި ކުރެވެމުން ދާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ކުދިންނަށް އެއުމުރުފުރައިގެ ކުދިންނާއި އަދި ބޮޑެތި މީހުންގެ ފަރާތުން ގަނާ ކުރަމުންދާކަމަށް ފާހަގަކޮށްފައި ވެއެވެ.

އެ ކައުންސިލުން ބުނީ، މިފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން މުޖުތަމައުގެ ދުޅަހެޔޮކަންނެތި ހެދިބޮޑުވަމުން އަންނަ ޅަފުރައިގެ ކުދިންގެ ހައްގުތަކާއި ހަމަހަމަކަން ގެއްލިގެން ދާނެކަމަށެވެ،

"މުޖުތަމައުއެއްގެ ބަދަހިކަން ދެމިއޮންނަނީ އެމުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ހައްގުތަކާއި ރައްކާތެރިކަން، އެންމެނަށް ކަށަވަރުކޮށްދެވިގެން ކަމަށް ވީހިނދު މިފަދަ ނާތަހުޒީބު ޢަމަލްތަކަށް ލޯހުޅުވި އަނެކާއަށް ތިމާގެފުށުން އެއްވެސް ގެއްލުމެއް އެއްވެސް ގޮތެއްގެ ތެރެއިން ނުލިބޭނެކަން ޔަގީންވާ މިންވަރަށް އެމީހެއްގެ އަމަލްތަކާއި ބައިވެރިވުން މުޖުތަމަޢުއެއްގައި އޮންނަަން ވާނެއެވެ."، އެކައުންސިލްގެ ބަޔާނުގައި ވެއެވެ.

އަދި އެފަދަ އަމަލުތަކެއްގެ ޝިކާރައަކަށް ކުއްޖަކުވެގެން ދިއުމީ އެފަދަ ކުއްޖެއްގެ މުޅިހަޔާތައް އޭގެ އަސަރުފޯރައި، ދިރިއުޅުމަކީ ވޭނެއްކަމުގައި ގަބޫލުކުރެވޭނެ ކަމަށް އެ ބަޔާނުގައު ވެއެވެ.

އެހެންކަމުން އެފަަދަ އަމަލްތަކަށް ނޫނެކޭ ބުނެ އެކަން ހުއްޓުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

"އަދި މިފަދަކަންކަމަކީ މުޅިމުޖުތަމައު އެކަންކަމަށް ނޫނެކޭ ބުނެ، އެކަންކަމާ ދެކޮޅަށް ތެދުވާ ކަންކަމަށް ހެދުމަށްވެސް އިލްތިމާސްކުރަމެވެ". އެ ބަޔާނުގައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަގޮލާ

    ކެންސަލް ކުރީ ކީއްވެޔޯ؟ އެނގޭ ކުއްޖަކު ބުނެލަ ބަލަ!

  2. އަހުމަދު

    ކެންސަލް ކުރުމުގެ މާނައަކީ "އެ އިއުލާނަކީ ތިމަންނަމެނަށް ހެދުނު ގޯހެކޭ ، ކުރިންވެސް ކުދިން ބުލީކުރިގޮތަށް އެގޮތުގަ ކަލޭމެން ކުރިއަށް ދާށޭ" ތަ ؟؟؟

  3. ޒާ

    އިއުލާން ކުރުމުން އެންމެން އިސްލާހުވީމާ ބާތިލްކުރީ