މިއަދު ރާއްޖެ އިން އިތުރު 233 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 31 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 157 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 45 މީހުން މިއަދު ފައްސިވިއެވެ.
މިއަދު 5172 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އެހެންކަމުން މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %5 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
އިއްޔެ މާލެ އިން ކޮވިޑަށް ފައްސިވީ 30 މީހުންނެވެ. އަތޮޅުތެރެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިއަދު ވަނީ ފާއިތުވި ދެ ދުވަހަށްވުރެ އިތުރު ވެފައެވެ.
މިހާރު ކޮވިޑް ޖެހިފައި ރާއްޖޭގައި ތިބީ 4075 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 29 މީހަކަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރަން މިދިޔަ މަހުގެ 26 ވަނަ ދުވަހު އެޅި ހަރުކަށި ފިޔަވަޅުތަކަށް ފަހު މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.
ތިމީހުންތެރޭގައި މާސްކްނާޅައި އެއުޅޭމީހުންނަކަށް ކޮވިޑެއް ނުޖެހޭނެދޯ، ކޮވިޑު އެމީހުންދެކެ ބިރުގަނޭ، މި މިޤައުމުގެ މިޤައުމުގެ ހެލްތުޕްރޮތެކްޗޝަން އެޖެންސީގެ ހާލަތު ކީއްކުރާނި އެމީހުން ބޭނުން ވާކަމެއް ބޭނުން ގޮތަކަށް އޯކޭ ނުރައްކަލެއް ނެތް ބޭނުން ނުވީމާ ނުރައްކާވޭ އެހެންމީހުންނަށް.