ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް އިންޑިއާގެ ހައިކޮމިޝަނުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އިސްލާމިކް މިނިސްޓަރުގެ ނައިބު އަދި ޓްރިވެންޑްރަމްގައި ކުރިން ހުންނެވި ދިވެހި ކޮންސިއުލާ ޖެނެރަލް އަލީ އާދަމް ކަންބޮޑުވުން ފާޅުކުރައްވާ، ފާޑުވިދާޅުވެއްޖެއެވެ.

ޝޯޝަލް ސެންޓަރުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތާއި ގުޅިގެން އަލީ އާދަމް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެތަށް ވައްތަރެއްގެ ދީންތަކަކަށް އަޅުކަންކުރާ މީހުން އުޅޭ އިންޑިއާގައި ދިވެހި އެތަށް ދަރިވަރުންނެއް ކިޔަވަމުންގެންދާއިރު، ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ އެންބަސީން ދިވެހި ކިޔަވާ ކުދިންނާއި މައިންބަފައިންގެ އެދުމަށް، އެމަނިކުފާނު ދިވެހި ކޮންސުލްގެ މަގާމުގައި ހުންނެވިއިރު ރަމަޟާންމަސްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރަގްރާމްތަކާއި، ދަރުސްތައް ބޭއްވިއިރު، އެ ދަރުސްތައް ދެއްވުމަށް ވަޑައިގެންނެވި ވާއިޒުންނާއި، ދަރުސްތައް އަޑުއެހުމަށް ހާޒިރުވީ ދިވެހިންނަށް އެކި ކަހަލަ ސުވާލުކޮށް ގޯނާކޮށްފައިވާކަމަށެވެ.

އެހެންކަމަށްވީއިރު، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ޔޯގާ (އަޖިދަށް ކޮރުލުން) ގެ ނަމުގައި ފަތުރަނީ ކޮންފަދަ ކަންތައް ގަނޑެއްތޯވެސް ގައުމާއި ދޭތެރޭ އިޚްލާސްތެރިކަމާއިއެކު ވިސްނާ ފިކުރުކުރާ ބަޔަކު ސުވާލުކޮށްލަންޖެހޭނެކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޯގާގެ ނަމުގައި ލާދީނިއްޔަތު ފަތުރަން ކުރަމުންދާ މަސައްކަތްތަކާއި ދޭތެރޭ ގައުމާއި މެދު އިޚްލާސްތެރިކަމާއިއެކު ވިސްނާ ފިކުރުކުރާ މީހުން ވިސްނަންޖެހޭކަމަށް ވެސް އަލީ އާދަމް ވިދާޅުވިއެވެ.

"ހަކުރުދީގެން ބޮޑުބޭބެ ވެގެން އަތް އުރާލައިގެން ލޯ މަރާލައިގެން ތިބޭނަމަ ގައުމިއްޔަތު ގެއްލި ހިނގައިދާނެ." އަލީ އާދަމް ވިދާޅުވިއެވެ.

ޔޯގާ އަކީ އިންޑިއާ އިން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ ކަސްރަތެކެވެ. އިންޑިއާގެ ބޮޑުވަޒީރުން ފެށިގެން ސަރުކާރުގެ އެންމެ މަތީފަންތީގެ ބޭފުޅުން ވެސް ޔޯގާ ޕްރޮމޯޓް ކުރަން މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހަމްދު

    ނޫހުން އެޚަބަރު ފެނުމުން ޚުދު އަހަރެންގެ ހިތައްވެސް އެރި މީކޮންފަދަ ވިޔާނުދާކަމެއްހޭ މިގައުމުގައި މިކުރަނީ ، އިތުރަށް ކޮމެންޓް ކުރާކަށް ނެތިން ، ކުރިއަށް އޮތްރާގައިވެސް މިފަދަ ލާދީނީ ހަރަކާތްތަކުގައި ބައިވެރިނުވެ އުޅެވޭތޯ ބަލަމާހިގާ

  2. މަރީ

    މިފަދަ ލާދިނީ ހަރަކާތް ހިންގާއިރު ކަންބޮޑު ނުވާންވީތަ ،

  3. ބަލާތި

    ޔޯގާ އަކީ އެއީ އިންޑިއާ މީހުން ކުރާ އަޅުކަމެކޭ އެމެން ޔޯގާ އެކްސަސައިޒް ހަދާ ގޮތަށް ޔޯގާ ނުޖެހޭނެ އިސްލާމުން ހަދަން. އިންޑިއަން ކަލްޗްރަލް ސެންޓަރ އަކީ އެއީ މިހާރުން މިހާރަށް އުވާލަން ޖެހޭނެ ކަމެކެވެ. އޭގެ ބަދަލުގައި ރާއްޖޭގައި ހުންނަންވީ ސައުދީ ކަލްޗްރަލް ސެންޓަރެއް އެނިމުނީ އެވެ.

    • ޔޯގާ

      ޔޯގާއަކީ ރަނގަޅު ކަިސްރަތެއް..އެހެނަސް އިންޑިޔަން ކަލްްޗަރަލް ސެންޓަރަށްވުރެން މުހިންމު ސައުދީ ކަލްޗަރަލް ސެންޓަރެއް...އެތަނުގަ ޕްރޮމޯޓްކުރާނީ ޔޯގާ އެއްނޫން..ޕްރޮމޯޓްކުރާނީ ނަމާދު ކުރުމާއި ޒިކުރުކުރުން..!

  4. ނަޝްފަސް

    ޢެކަކުންޏެއްގެ ވަރުން އެކަކުންޏެއް ހޮރުކޮންނަންވާނީ (މީ އަދުގެ ދުނިޔޭ ގައި ރާއްޖެޔައް ނިސްބަތް ކުރެވޭ ހަުބަހެއް) ކުޑަކަކުނި އެސޮރަށް ހެޔޮވަރު ވާވަރައް ވުރެން ބޮޑުކޮށް ހޮރު ކޮނެފި ނަމަ ބޮޑުކަކުންޏެއް އައިސް ބޮޑުހޮރު ކޮނެގެން ހޮރައް ވަދެއިން ކުޑަކަކުނި އެބޮޑު ހޮރުންބޭރުކޮށް ބޮޑުކަކުނި ބޮޑުހޮރު މިލްކު ކުރެ އެވެ

  5. Anonymous

    " ޔޯގާގެ ނަމުގައި ލާދީނިއްޔަތު ފަތުރަން ކުރަމުންދާ މަސައްކަތްތަކާއި ދޭތެރޭ ގައުމާއި މެދު އިޚްލާސްތެރިކަމާއިއެކު ވިސްނާ ފިކުރުކުރާ މީހުން ވިސްނަންޖެހޭކަމަށް ވެސް އަލީ އާދަމް ވިދާޅުވިއެވެ." ތިޔަބުނާ ކަހަލަ ބަޔަކު މިހާރަކު މިރާއްޖެއަކު ނެތް ! ލާރި ކޮޅެއް ދީފިއްޔާ ކޮންމެކަމެއްވެސް އޯކޭ !

  6. ނަޝްފަސް

    30 އަހަރު ކުރީގެ ވެރިކަމެއްގައި ކަލްޗަރަލް ނުވަތަ ސަޤާފީ ކަންކަން ކުރިއެރުވުމާއި އެއްބާރު ލުމުގެ އެއްބަސް ވުމުގައި ދެޤައުމުން އެމް އޯ ޔޫ އެއްގަ ސޮއިކޮށް ނިމުމައް ފަހު ބޭސްވެރިކަމުގެ ފަރުވާއެއްގެގޮތުގައި ޔޯގާ ރާއްޖޭގަ ވަނީ އިޝްތިހާރު ކުރެވި ޕްރޮމޯޓް ކުރެވި އެތައްބައެއް އެކަމަކީ ބަލިފަސޭހަވާ ކަމެއްކަމައް ޤަބޫލްކުރެވޭވަރައް އެކަން ކުރިޔަށް ގެންދެވިފައެވެ. މިގޮތައް ސިއްހީ ފަރުވާއެއްގެ ނަމުގައި ހިންގުމުގެ ބޭނުމަކީ އިސްލާން ދީނާ ޚިލާފް މިކަހަލަ ހަރަކާތް ހިންގުމުގެ ޕްލޭން އެއްގެ ދަށުން ކުރިޔާލާ ރޭވިގެން ހިންގު މަށް މަގުފަހިވެދާނެކަމެވެ. މިގޮތުގެ މަތީން މިބާވަތުގެ ކަންކަން އެކިއެކި އެހެން ޤައުމު ތަކާ ދެމެދު އެމް އޯ ޔޫ ތަކުގައި ސޮއިކުރެވިފައި ވެސް ވުމަކީ އެކަށީގެން ވާކަމެކެވެ އެހެން ކަމައްވާނަމަ އެއްބައެއްގެ ކަންތައްތައް ރާއްޖޭގަ ރަނގަޅައް ހިގައިގަތުމުން އަނެއްބައެއްގެ އެޒާތު ކަންތައް ނުފެށޭނެޔޭ ހީކިރުމަކީ ނާޤާބިލް ދުރުވިސްނުން ކޮށި ދީނީ ކަންކަމުގެ މައުލޫމާތު ކުޑަބަޔަކު ނުވަތަ އެފަދަ ކަންކަން ވިސްނައިގަނެވޭ ނުވަތަ ކޮންމެވެސް ސަބަބަކާހުރެ އެފަދަވިސްނުން ބޭނުން ނުވާ ފަދަބަޔަކު ފޮރިންޕޮލިސީ ރާވާހިންގަން ނުތިބުން ކަމައްވުން ގާތްކަމައްބެލެވޭ.

  7. ޢަލީ

    ޔޯގާ އާއި ބެހޭ ގޮތުން ތަފާތު އެކި ވާހަކަ އެކި މީހުން ދައްކާ. ހަގީގަތުގައި ޔޯގަާގައި ބޭނުން ކުރާ މައިގަނޑު ޕޯސް ތަކާއި ހަރަކާތްތައް އަދި ލައްވާ ބައެއް އަޑުތަކަކީ ހިންދި އަދި ބުދު ދީނުގެ އަޅުކަންތަކާއި ވަރަށް ގުޅުން ބޮޑު ކަންތައްތަކެއް. އަދި މިކަންތައްތައް ހަމަ އެމީހުން ކުރާ ގޮތަށް ރާއްޖޭގައި ދިވެހިން އެބަ ހިންގާ ޕްރޮމޯޓް ކުރޭ، ވިޔަފާރީގެ ނަމުގައި. އަދި މިފަދަ ތަމްރީނު ޕްރޮގްރާމް ތަކަށް އިންޑިޔާގެ ފާދިރީން ހިންގާ ޚާއްސަ ތަންތަނުގައި ވަކިމުއްދަތަކަށް ބަންދުވެގެން ތިބެ ހިނަގާ ކޯސްތަކުގައި އެބަ ބައިވެރިވޭ. ބަރަހަނާ ޔޯގާވެސް އެބަ ޕްރޮމޯޓް ކުރޭ، މިފަދަ ފަރާތްތަކުގެ އީމާން ކަން ބަލިކަށިވެ ދީން ދޫކޮށްލާ ހިސާބަށް މަގުގެއްލިފައިވާ ކަން އެމީސްމީހުންގެ ގާތް މީހުނަށް ވަނީ ފާހަގަ ކުރެވިފައި. ނަމަވެސް މިހާތަނަށް ރާއްޖޭގެ އެއްވެސް ރަސްމީ ފަރާތަކުން މިކަމުގެ އެއްވެސް ކަންބޮޑުވުމެއް ނުގެންގުޅޭ.

  8. ޙުސެން

    އަލިބެ އިސްލާމިިީ މިނިސްޓަރަކަށް!!!! ދީން ވާނީ މެކްހަށް ޖަހާފަ! ކޮބާ ބޮޑު ބެރުގްރޫޕްތައް؟

  9. ސަމާސާ

    މިހާރު އިންޑިޔާގެ އިސްވެރިންނާއި އިންދީޔާގައި ހުންނަ ދިވެހި ސަފީރު އާއި ދެމެދު ހިންގާ މަޝްވަރާތަކުަގއި އިންޑިޔާގެ އެއްވެސް އިޚްލާސްތެރިކަމެއް ނުފެންނާނެ ކަން ޔަގީން. ކެރެލާ ސްޓޭޓްގެ އިންތިޚާބުގައި ރަގަޅު ނަތިޖާއެއްެނެރުމަށް ގޮތަދައްކަނީ.. އަޅުގަނޑުގެ ވިސްނުމުގައި މި ވާހަކަ ތައް ބިނާވާންވީ ....
    1- އެއްވެސް މާނައެއްގައި ދިވެހި ފަސްގަނޑުގައި އިންޑިޔާ ސިފައި ނުތިބޭނެ ގޮތަކަށް
    2- ރާއްޖޭ ދާޚިލީ ކަންކަމުަގއި އިންޑިޔާގެ ސަފީރު މެދު އިންގިލި ނުބޭނޭ ގޮތަށް. ކައުންސެލަރުންނާއި ބައްދަލު ކުރަންޖެހޭނީ ފޮރިންމިނިސްޓރީ މެދުވެރިކޮށް.
    3- ކަލްޗަރަލް ސެންޓަރ ރާއްޖޭގައިހިންގާ އުސޫލުން ދިވެހިންނަށް ވެސް ކަލްޗަރަލް ސެންޓަރ ހިންގުމުގެ ހުއްދަ ލިބެންވާނެ.
    4- ދިއްލީ އެމްބަސީގައި އިންޑިޔާ ސްޓާފުންތިބޭ މިންވަރަށް މާލޭގައި ހުންނަ އިންޑިޔާ އެމްބަސީގައިވެސް ދިވެހި ސްޓާފުން ތިބެންވާނެ.

    އެއކޮޅަށް ދުއްވާ އޮޑި ދެކޮޅަށްވެސް ދުއްވޭ ގޮތަށް މިސްރާބު ޖަހަން ވެއްޖެ.

  10. މަލަކުރި

    "ހަކުރުދީގެން ބޮޑުބޭބެ ވެގެން އަތް އުރާލައިގެން ލޯ މަރާލައިގެން ތިބޭނަމަ ގައުމިއްޔަތު ގެއްލި ހިނގައިދާނެ." ޔޯގާ ވެސް އަދި އިސްލާމް ދީނާއި ޚިލާފު ކުޅިވަތުތައް ކުޅުން ހުއްޓުވަންޖެހޭ