ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ފިރިހެން ޑޮކްޓަރަކު އިންނާނެ މީހަކު ހޯދަން އިއުލާން ކުރުމަށް ފަހު ކައިވެންޏަށް ހުށަހެޅުންތައް އައުމުން އެ މީހުންގެ ކިބައިން ބަދުއަހުލާގީ އަމަލު ހިންގަން އެދޭ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ވަނީ މީގެ ތިން މަސް ދުވަސް ކުރިން މީސްމީޑިއާ ޕޭޖެއް މެދުވެރިކޮށް އޭނާ ކައިވެނި ކުރަން މީހަކު ހޯދާކަން އިއުލާންކޮށްފައެވެ. އުމުރުން ތިރީސް އަހަރުގެ އެ ފިރިހެންމީހާ ކައިވެނި ކުރަން މީހަކު ހޯދަން އިއުލާން ކުރި އިރު އޭނާގެ އުފަން އަތޮޅު އޮތީ ސިއްރުކޮށްފައެވެ. އެހެންނަމަވެސް އޭނާ އުޅެނީ މާލޭގައި ކަމަށް ވަނީ ބުނެފައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ މީހާ އާއި ބައްދަލު ކުރަން ދިއުމުން ކައިވެނީގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ޖިންސީ އަމަލުތައް ހިންގަން ދައުވަތުދޭ ކަމަށެވެ. އޭނާ އާއި އޭނާ ދަންނަ އެހެން މީހަކާއި ވާހަކަދެއްކި އިރު ވެސް އެ ފިރިހެން މީހާ އަމަލު ކުރީ އެފަދައިން ކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ. އެހެންކަމުން އެ ފިރިހެން މީހާ ކައިވެނީގެ ނަމުގައި އުލުވާލާ ކަމަށް ވެސް އެ އަންހެން މީހާ ބުނެއެވެ.

"ޑޮކްޓަރެކޭ ބުނީމަ އެކްސްޕެކްޓް ކުރާނެ ވަރަށް ޑީސެންޓް ވެސް ވާނެ ކަމަށް. އެކަމަކު ވަރަށް ދަށު ދަރަޖައިގެ މީހެއް. އަސްލު ކިތައް މީހުންނަށް މިހާރު އޮޅުވާލާނެބައޭ ހިތަށް އަރާ. އެހެން މީހުންގެ ފަރާތުން އެނގުނީ އެ މީހާ އެގޮތަށް އޮޅުވާލާކަން. އަތޮޅެއް ރަށެއް ނުބުނޭ. ވަރަށް އަހުލާގު ދަށްކޮށް ވާހަކަ ދައްކަނީ" އޭނާ ބުންޏެވެ.

ޑޮކްޓަރުގެ ފަރާތުން މިފަދަ އަމަލުތަކެއް ހިންގަން އެދޭ ކަމަށް އިތުރު ދެއަންހެނަކު ވެސް ވަނީ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެއެވެ.

އެ ޑޮކްޓަރަކީ 50،000 ރުފިޔާ އެވްރެޖްކޮށް ލިބޭ މީހެއް ކަމަށް އޭނާ ކައިވެނި ކުރާނެ މިހަކު ހޯދަން ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ. އަދި އޭނާ އަކީ އަލަށް ވެސް ކައިވެނި ކޮށްފައި ހުރި މީހެއްނޫން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެ ފިރިހެން މީހާ އިންނަން ބޭނުންވާ މީހާގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އެ މީހާއަކީ 29 އަހަރުން ދަށުގެ އަހްލާގު ރަނގަޅު މީހަކަށް ވާން ޖެހެއެވެ. އަދި އެ މީހާއަކީ ރަނގަޅު ދިރިއުޅުމެއް ބޭނުންވާ ހިތްހެޔޮ މީހަކަށްވެސް ވާން ޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި އެ މީހާއަކީ ހަރުދަނާ ވަފާތެރި ދީނަށް ލޯބިކުރާ މީހަކަށްވެސް ވާން ޖެހޭ ކަމަށް އެ ޕޯސްޓްގައި ވެއެވެ.

ރާއްޖޭގެ މީސް މީޑިއާ ޕޭޖްތައް މެދުވެރިކޮށް ކައިވެނި ކުރާނެ މީހަކު ހޯދުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މުއަނެ

    ޑޮކުޓަރުންނަކީ އަހަރެ މެން ހީކުރާވަރަށް ވުރެ މާނުލަފާއެއް

    84
    20
    • ޖނޖޖ

      އަސްލު ނޭނގެ ދޯ ޑޮކްޓަރެއް ކަމެއްވެސް. އެހެން ކިޔައިގެން އޮޅުވާލައިގެން އުޅޭ މީހަކަށް ވެސް ހަމަ ވެދާނެ ދޯ. ތިހާ އަވަހަށް ޖަޖް ކުރާކަށް ނުވާނެ

      134
      5
    • ޜަނާ

      ޢެންމެނެ އް ނޫން މަދުބައެއް ގިނަމީހުންނަކީ ރަގަޅުމީހުންކަމަށް ފެންނަނީ

      80
      10
  2. ތީން

    ކާކު ބާ

    41
    4
  3. ނަނަމަ

    ތީގަ ޑޮކުޓަރުގެ މައްސަލައަކީ ކޮބާ.
    އަންނަ ކޮންމެ އަންނަ އަނަހެން ކުއްޖަކާ އިންނަންޖެހޭނެތަ އޭނަގެ ހަގީގަތްނުބަލާ
    ރަނގަޅު އަންހެން ކުދިންނަށް ދައުވަތުދިނަސް ފާހިސް އަމަލެއް ނުކުރާނެ
    ބަލަގަ އެހެންވެ ޑޮކުޓަރު ޓެސްޓު ހަދަނީ ޓެސްޓުން ފާސްނުވީމަ ދެން ކީއްކުރާނީ
    ނަމަނަމަ އިއްފަތް ތެރިކަން ނުދޭތި ފިރިޔަކަށް ނުވާހާހިދަކު

    85
    13
    • އެކަމަކު

      ޚަބަރު ކިއިންތަ؟

      19
      1
  4. ކިޔާ

    ހަހަހަ..... އިންނަން ހޯދާ އަންހެންކުއްޖާއަކީ ދީނަށް ލޯބިކުރާ އަޚްލާޤު ރަނގަޅު އުޅުންހުރި ކުއްޖަކަށް ވާންޖެހޭ.. އެކަމަކު ތިމާގެ ގައިގަ މިއިން އެއްވެސް ސިފައެއް ހުންނާކަށް ނުޖެހޭ..މީ ދެން ވ.ހެއްވާ އުސޫލެއް..ބަލަ ކައިވެންޏަކީ ދެމީހަކު ރީތި ގޮތުގަ އުޅުމަށް ވެވޭ އަހްދެއް.. ހަމައކަނި އަންހެން ކުއްޖާ ރަނގަޅުވެގެން މިގުޅުން ކުރިޔަކަށް ނުދާނެ.. ދެމީހުންވެސް ރަނގަޅުވެގެން ދޯ މިގުޅުން ކާމިޔާބުވާނީ....

    94
    2
  5. ކިޔާ

    ވ.ރަނގަޅު ޑރ އިން އުޅޭ ފަދައިން މިކަހަލަ ޑރ ންވެސް އުޅޭ ކަމީ ހަޤީޤަތެއް...

    60
    2
  6. ސެކްސީ

    ޓެސްޓްތައް ހަދާފަޔޯ އިންނަން އެގޭނީ.

    49
    5
  7. ވަރަށް ދެން

    ޑޮކްޓަރެކޭ ކިޔައިގެން ދޮގު ހެދީ ކަމަށްވެސް ވެދާނެހަމަ

    57
    4
    • ޢަންނި

      ތިޔައީ އެއްކަލަ އަރާ ކޮންމެ ރަށަކުން މީހުނާ އިންނަ ޑރ.ނޫ ންބާ!

      37
  8. އިސްތުރަސީދު

    އަހަރެންގެ ރައްޓެއްސަކައް މޑޕ ގެ ބޮޑެއް ކައިވެނި ކުރާނަމޭ ކިޔައިގެން ތިކަހަލަކަމެއް ކުރި.

    31
    2
  9. ސސ

    ރޯނަ އެދުރުން ޑޮކްޓަރުގެ ނަމްބޯޑް އަޅުވައިގެން ޑޮކްޓަރުން ބަދުނާމު !

    30
  10. ކުރޮޅި

    މިކަހަލަ ވާހަކަ ދައްކާލާފަ އެ ޑޮކްޓަރެކޭ ބުނާ މީހާގެ ނަންވެސް ނުބުނެ ތިބީމަ އެވީތަ؟ އެމީހެއްގެ މައްސަލަ ހުށަހެޅޭނެ ކޮންމެވެސް ދިމާއަކަށް ހުށަހަޅަން ތިޔަކަން ދިމާވި މީހުން އިސްނަގަންޖެހޭ. އެއީ އަސްލު ޑޮކްޓަރެއްނަމަ ބަލި މީހުން ބެލުމުން ދުރުކޮށް ސުލޫކީ މައްސަލަ ބެލެންޖެހޭ. އަދި ޑރ އެއް ނޫންނަމަ އެކަންވެސް އެނގެންޖެހޭ. މާދާމާ ކަންނޭނގެ ދައްކަން ދާ ބަލި މީހަކާ ބެހޭނީ.

    39
    1
  11. ޑޮކް

    މަށޭކިޔާތަ

    12
    1
  12. ނަބާ

    މިހާރު އެޑޮކްޓަރ ހިތަށް އަރާނެ މިކަން ނުކުރެވުނު ނަމައޭ 🤔 “ ކައިވެެނި ޕޭޖް ގަ “ ނުޖެހުނު ނަމައޭ !! މިހާރު އެޑޮކްޓަރ ގެ އަގު ތިއޮތީ ވެއްޔާ މޮޑެވިފަ، ޙަޤީޤަތުގައި ތިޔަ ކައިވެނި ޕޭޖުގަ އިންނާނެ މީހެއް ޖެހުމުގެ މައިގަނޑު ބޭނުމަކިީ ވެސް ހަމަ އެއީ !! ކޮންމެހެން އިންނާނެ މީހަކު ބޭނުން ވެގެންނެއް ނޫން !

    28
    2
  13. ނިޝް

    ތިވެދާނެ ޓެސްޓެއް ކޮއްލަނީ ކަމަށް ދީންވެރި ކުއްޖެެއްތޯ. ޢިއްފަތް ރައްކާތެރި ކުރޭތޯ. ތިބާވެސް އޭނަ ޓެސްޓުކޮއްލިނަމަ. ސީދާ އެކަން ބޭނުންވަންޔަ ސަޅި ބަސްޓެއް ކޮއްލެވޭނެ.

    22
    6
  14. Anonymous

    ކެނޑުމުގެކުރިން ވަކަރަށް ޖަހާށޭ ކިޔާ ފިލުމެއް ކުރީގައި އޮވޭ

    14
    3
    • ޜަަބެ

      ޙުރި ހާ ކަމެއް ނިމުމުން ޑަކްޓަރ ގޯސްވީތާ

      7
      3
  15. ސައްލޭ

    ތިޔައީ ޑޮކްޓަރެއްކަން ކިހިނެއް އެގެނީ.

    12
    3
  16. ޓިކްޓޮކް

    ތިކަހަލަ ޑޮކުޓަރުން ބައިވަރު ، ޓިކްޓޮކްގައި ވެސް އުޅޭ ޓިކްޓޮކް ޕްރޮފައިލްގައި ޑރ. ކުރިއަށް ލާފަ ނަންްޖަހާފަ ޓިކްޓޮކްލައިވްއަށް އަރާނަށާފަ ޑޮކުޓަރުންގެ އަގު ވަންޓާލަނީ.. ލަދު

    9
    2
  17. ޙަލީ

    ތިމައްސަލަ ހެލްތްމިނިސްޓްރީން ބަލަންޖެހޭ ، ތެދެއްނަމަ ލައިސެންސް ބާތިލުކޮއް ބޭޒާރުކޮއްލަން ޖެހޭނެ ، އަސްލު ޖިންސީ ފުރައްސާރަ ތިކުރަނީ ، ތިމީހާގެ ސަބަބުން ޑަކްޓަރުންގެ އަގުވެއްޓި ވެއްޔާ މޮޑެވިދާނެ

    16
    3
  18. ސުހާނީ

    މީހަކު ހަމަ ބުނެލަަ އިރަށް ޑޮކްޓަރެއް/ނަރުހެއް/ ޓީޗަރަކަށް ނޫނީ އެހެން ޕްރޮފެޝަންގެ މީހަކަށް ވޭތަ.
    ޔަޤީން ކުރަން ޖެހޭނެ
    ބުނާހާ އެއްޗެއް ޤަބޫލު ކުރާކަށް ނުވާނެ

    12
    1
  19. ފާތުން

    އަރެންގެ ރައްޓެއްސަކައްވެސް ޓޮކްޓަރއެއް ތިގޮތައް ލަޑެއްދޭން އުޅުން ނަސީބަކުން އޭނައައް ހައްލާލެވޭކަހަލަ ކުއްޖަކައް ޢެ އަންހެންކުއްޖާނުވި .ދެން ޑޮކްޓަރ ިންވެސް ތަންކޮޅެއް ބޮޑުވަރުމީ.ޕިސްޕިސް)))))))(،

    7
    2
  20. ޑެސްޕޯ

    މިކަހަލަ ޕޭޖް ތަކުނ ހަމަ ގިނައން އަޅަނީ ލަނޑު.ހުސް އެކަލަ މީހުންw

  21. ޝާކިރު

    އޭނަ ބޭނުންވާނެ ދޯ އެމީހަކީ އަސްލު ޝަރުތު ހަމަވާ މީހެއްތޯ ބަލަން. ދީންވެރި، އަހުލާގު ރަނގަޅު އަދި ހަރުދަނާ މީހެއްތޯ ބަލަން ކުރާކަމެއް އެއީ.

    3
    3
  22. ޙާލަތު

    އޭނާ ބޭނުންވަނީ ދީންވެރި ކުއްޖެއް އެހެންވީމަ އޭނާ އެ ޓެސްޓް ކުރަނީ އެގޮތަށްދޭ ދަޢުވަތަށް ރިއެކްޓް ކުރަނީ ކިހިނެއްތޯ.... އަދި އޭނާ ނުބައި މަގެއް އިޚްތިޔާރުކުރާ ހިނދު އޭނާގެ އަނބިމީހާއަށް ވާން އަންނަ މީހާގެ ކިހާ ކޮލިޓީއެއްތޯ ހުރީ އޭނާ އެ ނުބައިމަގުން ހިނގިޔަނުދިނުމަށް. ވެދާނެދޯ އެހެންވެސް.. ބޮޑު މުސަރައަށް ހޭދެބައިވެގެނވެސް އަންހެނަކު އައިސްފާނެވިއްޔަ ދޯ.

    6
    3
  23. ސީނު

    ޑޮކްޓަރުންނަކަސް އެއީ އިންސާނުން . އެމީހުންގެ ހިތަށް އަރާފައއިބާ އެއްޗަކާ އެމީހުން ކިޔެވިއެއްޗަކީ މުޅިންތަފާތުދޭއްޗެއް. އެހެންވެ ބެލުން ތިރިކޮށް އއައުރަ ފޮރުވަންޖެހެނީ އަދި އއަންހެން ބަލިމީހުން އަނހެން ޑޮކްޓަރަކަށް ދައްކަންޖެހެނީ.

  24. އަލީ އަހުމަދު

    މޮޔާންގެ ރާއްޖެ ވީމަ އުޅެވިދާނެ އެމީހަކު ބޭނުން ގޮތަކަށް، ބަޔަކު މައްސަލަ ޖެއްސިއްޔާ ނޫނީ ޕޮލިސް އަށްވެސް ނޭންގޭނެ، ޙާޟިރެއްވެސް ނުކުރާނެ، އެމީހަކު ހިތައް އެރިގޮތަކަށް އުޅެވެން އޮތް ޤަވްމެއް މީ، އެހެންވީމަ އުޅޭނެތާ.. ހަމަ މިވާހަކަތައް ކިޔާލަ ކިޔާލަ ތިބެންވީ، ކުރެވޭނެ، ކުރާނެ ކަމެއް ނޯންނާނެ.

  25. މަރިޔަމް

    ހުރިހާ ޑޮކްޓަރުން އެއްގޮތެއްވެސް ނުވާނެ ނަމަވެސް އަހުލާގީ ފެންވަރު ވަރަށް ދަށް ދިވެހި ޑޮކްޓަރުން އުޅޭ. މިކަން އެންމެ ރަނގަޅައް ދަންނާނީ ނަރުސް ކުދިން. މިއީ އިނގިގެން ބުނާ ވާހަކަ އެއް.