އެމެރިކާ އިން ފުރައިގެން ޓައިވާނަށް ދަތުރުކުރަމުންދާ ހޮންކޮންގގެ "އެމްޓީ - ނިއު މެލޮޑީ" ނަމަކަށްކިޔާ އާގުބޯޓުގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 21:58 ހާއިރުއެވެ.

ސިފައިން ބުނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު އެ ބޯޓު ސ.ގަމުގެ އިރުން އަށްނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑް ލޯންޗަށް ނަގާފައި ކަމަށެވެ.

ޗައިނާގެ ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ މި ފިރިހެން މީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައި ވަނީ މިއަދު 11:27 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.