މިދިޔަ އަހަރު ކޮވިޑް-19 އާ ގުޅިގެން ފިލުމުތައް އެޅުވުމުގެ ޕްލެޓްފޯމެއް ކަމުގައިވީ އޯޓީޓީ ޕްލެޓް ފޯމެވެ. އޯޓީޓީ ޕްލެޓް ފޯމުގައި އޭރު އެންމެ ގިނަ ބަޔަކު ބެލި ފިލުމު "365 ޑޭސް"ގެ އެކްޓަރު މިޝޭލް މޮރޯން ވަނީ ހިންދީ ފިލުމު ކުޅެން ބޭނުންވާ ކަމަށް ބުނެފިއެވެ.

ފިލްމު "365 ޑޭސް" އިން މިޝޭލް ފެނުމަށް ފަހު އޭނާގެ ޖާދޫގައި އެތައް ބަޔަކު ވަނީ ޖެހިފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މިޝޭލް އަށް ހިންދީ ފިލުމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުތައް ދަނީ ލިބެމުންނެވެ.

މިއިން އެއްވެސް ފުރުސަތެއް މިހާތަނަށް ގަބޫލު ކޮށްފައި ނެތް ނަމަވެސް އިންޑިއާގެ ނޫހެއް ކަމަށްވާ ބޮމެބޭ ޓައިމްސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން މިޝޭލް ބުނެފައިވަނީ ހިންދީ ފިލުމު ކުޅެއް ބޭނުންވާ ކަމަށް ބުނެފައެވެ.

''އަހަރެން ވަރަށް ބޭނުން ހިންދީ ފިލުމެއް ކުޅެން. އެކްޓަރެއްގެ ހައިސިއްޔަތުން ތަފާތު ޗެލެންޖިން ރޯލުތައް ކުޅޭ ހިތްވޭ. ނަމަވެސް ތަފާތު ރޯލުތައް ކުޅެން ލިބުމަކީ ހިތްހާސް ކުރުވާ ކަމެއް. އެ ހިތްހާސް ކުރުވުން ވާންވާނީ ޖާދޫއެއް އުފެއްދުމުގެ ވަގުތަކަށް'' ހިންދީ ފިލުމެއް ކުޅޭނަންތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން މިޝޭލް ބުނެފައިވެއެވެ.

އިންޑިއާގެ ސަގާފަތާއި މިޔުޒިކާއި ފިލުމުތައް މިޝޭލް އަށް ވަރަށް ކަމުދެއެވެ.

މިޝޭލް ފާހަގަ ކޮށްލެވޭ ފިލުމުތަކުގެ ތެރޭގައި "365 ޑޭސް" އާއި "ބަރ ޖޯސެފް" އާއި "ހޫ އިސް ދަ ބީސްޓް" ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު