ނަފްރަތުގެ އަމަލުތައް ތަފްސީލްކޮށް ބަޔާން ކުރަން ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް މިހާތަނަށް 119 ރަށެއްގެ ކައުންސިލަކުން ބަޔާން ނެރެފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލުގައި އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހިމަނާފައިވެއެވެ.

ބިލުގެ ފުރަތަމަ މާއްދާގައި އެ އޮތް ބަސްމަގާ މެދު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހިތްހަމަޖެހިވަޑައިނުގަންނަވައެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް މި ބިލާ ދެކޮޅެވެ.

އެ މާއްދާތައް އޮތީ ދީނަށް ފުށު އަރާ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީގެ ފަތުވާ މަޖިލީހުން ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ މާއްދާތައް އިސްލާހު ކުރާނެ ގޮތުގެ ލިޔުންތައް އެ މިނިސްޓްރީން ބިލު ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ބިލާ ދެކޮޅަށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ދަނީ ބަޔާން ނެރެމުންނެވެ. މި ބަޔާންތަކުގައި އެމްޑީޕީގެ ބައެއް ކައުންސިލަރުން ވެސް ސޮއި ކުރައްވާފައިވެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން މިހާތަނަށް 114 ރަށަކުން ވަނީ ބިލާ ދެކޮޅަށް ބަޔާން ނެރެފައެވެ.

ބިލާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލްތައް

 1. ރ. މީދޫ ކައުންސިލް
 2. ރ. ހުޅުދުއްފާރު ކައުންސިލް
 3. ހއ. އިހަވަންދޫ ކައުންސިލް
 4. ނ. ހެނބަދޫ ކައުންސިލް
 5. ރ. މަޑުއްވަރީ ކައުންސިލް
 6. ހއ. އުތީމު ކައުންސިލް
 7. މާލެ ސިޓީ ކައުންސިލް
 8. ހދ. ނާވައިދޫ ކައުންސިލް
 9. ހއ. ކެލާ ކައުންސިލް
 10. ވ. ތިނަދޫ ކައުންސިލް
 11. މ. ދިއްގަރު ކައުންސިލް
 12. ދ. ކުޑަހުވަދޫ ކައުންސިލް
 13. ހދ. މަކުނުދޫ ކައުންސިލް
 14. ރ. އަނގޮޅިތީމު ކައުންސިލް
 15. ހދ. ނޮޅިވަރަމް ކައުންސިލް
 16. ތ. ހިރިލަންދޫ ކައުންސިލް
 17. އދ. މާމިގިލި ކައުންސިލް
 18. ކ. ގުރައިދޫ ކައުންސިލް
 19. ބ. އޭދަފުށި ކައުންސިލް
 20. ހދ. ނެއްލައިދޫ ކައުންސިލް
 21. މ. މަޑުއްވަރީ ކައުންސިލް
 22. ވ. ކެޔޮދޫ ކައުންސިލް
 23. ތ. ގާދިއްފުށި ކައުންސިލް
 24. ލ. ދަނބިދޫ ކައުންސިލް
 25. ރ. މާކުރަތު ކައުންސިލް
 26. އއ. ބޮޑުފުޅުދޫ ކައުންސިލް
 27. ލ. ފޮނަދޫ ކައުންސިލް
 28. ނ. މަނަދޫ ކައުންސިލް
 29. ތ. މަޑިފުށި ކައުންސިލް
 30. ނ. މާޅެންދޫ ކައުންސިލް
 31. ނ. މާފަރު ކައުންސިލް
 32. ށ. ގޮއިދޫ ކައުންސިލް
 33. ޅ. ނައިފަރު ކައުންސިލް
 34. ރ. ދުވާފަރު ކައުންސިލް
 35. ގއ. ކަނޑުހުޅުދޫ ކައުންސިލް
 36. ތ. އޮމަދޫ ކައުންސިލް
 37. މ. މުލަކު ކައުންސިލް
 38. ށ. ނަރުދޫ ކައުންސިލް
 39. ލ. މާމެންދޫ ކައުންސިލް
 40. ތ. ކިނބިދޫ ކައުންސިލް
 41. ވ. ފެލިދޫ ކައުންސިލް
 42. ލ. މާވަށު ކައުންސިލް
 43. ހދ. ހިރިމަރަދޫ ކައުންސިލް
 44. ހއ. ވަށަފަރު ކައުންސިލް
 45. ރ. ވާދޫ ކައުންސިލް
 46. ރ. އުނގޫފާރު ކައުންސިލް
 47. ގއ. ވިލިނގިލި ކައުންސިލް
 48. އއ. ހިމަންދޫ ކައުންސިލް
 49. ކ. ދިއްފުށި ކައުންސިލް
 50. ގދ. ފިޔޯރީ ކައުންސިލް
 51. ގދ. މަޑަވެލި ކައުންސިލް
 52. ދ. ބަނޑިދޫ ކައުންސިލް
 53. ތ. ވަންދޫ ކައުންސިލް
 54. ރ. ކިނޮޅަސް ކައުންސިލް
 55. ތ. ދިޔަމިގިލި ކައުންސިލް
 56. ށ. ފުނަދޫ ކައުންސިލް
 57. ށ. ފޭދޫ ކައުންސިލް
 58. އދ. ހަންޏާމީދޫ ކައުންސިލް
 59. އދ. އޮމަދޫ ކައުންސިލް
 60. ރ. ރަސްގެތީމު ކައުންސިލް
 61. އދ. ފެންފުށި ކައުންސިލް
 62. ކ. ހުރާ ކައުންސިލް
 63. ގދ. ފަރެސްމާތޮޑާ ކައުންސިލް
 64. ކ. ތުލުސްދޫ ކައުންސިލް
 65. ކ. ހިންމަފުށި ކައުންސިލް
 66. ށ. މިލަންދޫ ކައުންސިލް
 67. ފ. ދަރަނބޫދޫ ކައުންސިލް
 68. ގދ. ނަޑެއްލާ ކައުންސިލް
 69. ތ. ގުރައިދޫ ކައުންސިލް
 70. ގދ. ގައްދޫ ކައުންސިލް
 71. ދ. ހުޅުދެލި ކައުންސިލް
 72. ފ. ނިލަންދޫ ކައުންސިލް
 73. ނ. ލަންދޫ ކައުންސިލް
 74. އދ. ދަނގެތި ކައުންސިލް
 75. ހއ. މޮޅަދޫ ކައުންސިލް
 76. ނ. ހޮޅުދޫ ކައުންސިލް
 77. ތ. ބުރުނީ ކައުންސިލް
 78. ށ. މަރޮށި ކައުންސިލް
 79. ކ. ކާށިދޫ ކައުންސިލް
 80. ށ. ބިލެތްފަހި ކައުންސިލް
 81. ގއ. ދެއްވަދޫ ކައުންސިލް
 82. ކ. ގާފަރު ކައުންސިލް
 83. އދ. މަހިބަދޫ ކައުންސިލް
 84. ށ. ކަނޑިތީމު ކައުންސިލް
 85. ތ. ކަނޑޫދޫ ކައުންސިލް
 86. ބ. ދަރަވަންދޫ ކައުންސިލް
 87. މ. މުލީ ކައުންސިލް
 88. ތ. ވޭމަންޑޫ ކައުންސިލް
 89. މ. ނާލާފުށި ކައުންސިލް
 90. ގދ. ވާދޫ ކައުންސިލް
 91. ށ. މާއުނގޫދޫ ކައުންސިލް
 92. ރ. އަލިފުށި ކައުންސިލް
 93. ހދ. ނޮޅިވަރަންފަރު ކައުންސިލް
 94. ނ. ފޮއްދޫ ކައުންސިލް
 95. ރ. އިނގުރައިދޫ ކައުންސިލް
 96. ނ. ވެލިދޫ ކައުންސިލް
 97. ށ. ފޯކައިދޫ ކައުންސިލް
 98. ގއ. ކޮނޑޭ ކައުންސިލް
 99. އދ. ކުނބުރުދޫ ކައުންސިލް
 100. ރ. ރަސްމާދޫ ކައުންސިލް
 101. ނ. މިލަދޫ ކައުންސިލް
 102. ހދ. ވައިކަރަދޫ ކައުންސިލް
 103. ހއ. ބާރަށު ކައުންސިލް
 104. ގދ. ރަތަފަންދޫ ކައުންސިލް
 105. ހދ. ހަނިމާދޫ ކައުންސިލް
 106. މ. ވޭވަށް ކައުންސިލް
 107. ނ. މަގޫދޫ ކައުންސިލް
 108. ހދ. ނޭކުރެންދޫ ކައުންސިލް
 109. ގއ. ދާންދޫ ކައުންސިލް
 110. ފ. ބިލެތްދޫ ކައުންސިލް
 111. މ. ރަތްމަންދޫ ކައުންސިލް
 112. ހއ. އުލިގަން ކައުންސިލް
 113. ށ. ފީވައް ކައުންސިލް
 114. ހއ. ތުރާކުނު ކައުންސިލް

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަހުމަދު

  ރައްޔިތުން އެދޭ ވެރިކަމެއް ކުރާކަށް ނޫނޭ މި ސަރުކާރު އުޅެނީ. ލާދީނިއްޔަތު ފެތުރުން އެ މަސައްކަތް ކުރަނީ. މި ބިލު ބޭރުކުރުން ނޫން ގޮތެއް ނެތް

 2. ދަރަނި ދަންތުރަ

  އެމް ޑި ޕީ ގެ ދުރޫސުލްއަހުލާގަކީ ރައްޔިތުން ނިކަމެތިކޮށް ގައުމުއަޅުވެތިކޮށް ، އިސްލާމްދީނަން ފުރައްސާރަކޮށް ލާދީނިއްޔަތު ދިރުވާ އާލާކުރުން ހަޒާނާ ބަހާ ހުސްކުރުން ސޯލިބޭގެ އިބޫއަށް ވޯޓުދިން މީހުން ބާރަށް އަތްޖަހާ...