ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ޖިންސީ ގޯނާ ލިބޭ މީހެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން "ދިވެހި ޗެނަލް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން އެޗްއާރްސީއެމްގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ބޮޑަށް ތަހައްމަލް ކުރަނީ އަންހެނުން ކަމަށެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ޖިސްމާނީ ދުޅަހެޔޮކަން ބޭނުންވާ ފަދައިން، ނަފްސާނީ ދުޅަހެޔޮކަން ވެސް ވަރަށް މުހިންމު ކަމަށެވެ.

"ދިވެހި ރާއްޖެއަށް ބެލި ކަމުގައި ވިޔަސް، ގެވެށި އަނިޔާގެ މައްސަލަތައް ވެސް އެންމެ ބޮޑަށް ތަހައްމަލް މި ކުރަނީ އަންހެނުން. ފިރިހެނުންނަށް މަދެކޭ ނޫން އިނގޭތޯ، އެކަމަކު މިކަހަލަ މައްސަލަތަކުގެ ސަބަބުން އަންހެނުންނަށް މުޖުތަމައުގެ ރައްކާތެރިކަން ބޭނުންވާކަމަށް އެބަ ފެނޭ،" މުއުމިނާ ވިދާޅުވިއެވެ.

އެޗްއާރްސީއެމްގެ މެމްބަރު ޝިފާތު އަބްދުއްރައްޒާގް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ދެ ޖިންސަށް ވެސް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް އަންހެނުންނަށް ކުރިމަތިވާ ކަންތައްތަކަށް ބަލައިލާއިރު، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ވަރަށް ގިނަ ސަބަބުތައް ހުރިކަމުގައި އޭނާ ވިދާޅުވިއެވެ. އޭގެ އެއް ސަބަބަކީ ޖިންސީ އަނިޔާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެން ދިއުންކަން ފާހަގަކުރެއްވިއެވެ.

ޝިފާތު ވިދާޅުވީ ޖިސްމާނީ ގޮތުން ބަލިކަމެއް ދިމާވުމުން ޑޮކްޓަރަކަށް ދައްކައިގެން ބޭސްކުރާ ފަދައިން، ނަފްސާނީ އެހީ ބޭނުންވާ ދަނޑިވަޅުގައި އެކަމުގެ މާހިރުންގެ އެހީތެރިކަން ހޯދަންޖެހޭ ކަމަށެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންގެ ނިސްބަތް ވަރަށްވެސް ގިނައެވެ. އެހެންނަމަވެސް މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަސް އިންސާފާއި ހަމައަށް ވާސިލްނުވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ގެވެށި އަނިޔާގެ 220 މައްސަލއެއް ހުށަހެޅިފައިވާއިރު 402 ޖިންސީ ގޯނާގެ މައްސަައެއް ވެއެވެ. 2020 ވަނަ އަހަރު 246 ގެވެށި އަނިޔާގެ މައްސަލައަކާއި 484 މައްސަލައެއް ރިޕޯޓް ކުރެވިފައިވެއެވެ. މި އަހަރު މިހާތަނަށް 132 ގެވެށި އަނިޔާއާއި 190 ޖިންސީ ގޯނާގެ މައްސަލައެއް ފުލުހަށް ހުށަހެޅިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންހެނުންނާއި ދޭތެރޭވިސްނަބެ

    މީއަންހެނުންގެ ހައްގުތަކޭ ކިޔައިގެން އަންހެންވެރިން ހައްދާލައިގެން ވޯޓްހޯދަން ވަކާލާތް ކުރަނީ ޕޯޑިއަމް ތަކުގައި އެކަނބަލުން ހިމާޔަތައް ކޮއްދޭ ކަމެއްނެތް ދޫނިސޫފާސޫފި ހިމާޔަތްކޮއްފައި އެސޮރުމެން އަރާތިބޭނެ ފިނޮޅެއް ގިރިއެއް ރަށެއްނެތް ހަމަ އެގޮތައް އަންހެނުން ހައްގުތައް ރަތްކާތެރިކޮއްދީފަ އަންހެނަކައް ހިމާޔާތެއް ލިބޭނެ ގެދޮރެއްނެތް ކިތއްމެ ވަރކައް ޖިންސީ އަނިޔާކުރިޔަސް އަނިޔާކުރިޔަސް ވަންނާނެ ހިޔާވައްސެއްނެތްތާގައި އިންސާފެއް ހޯދަންދާނެތަނެއްނެތް ނުލިބޭ މިހުރިހާކަމެއްގެ އަސްލަކީ ސަރުކާރުތކުން ރިޔަލްސުޓޭތް ހިންގަން ބިންތައް ހިސޯރުކޮއް ދަތިކޮއް ގަވައިދު ތަކެއް ހަދައިގެން ފިރިމީހާގެ ގެދޮރު ހުރިއްޔާ އަންހެނުން ގޯތިގެދޮރުން މަހުރޫމްކޮއްފައި ހިމާޔައްކޮއްފައި ބޭތިއްބުން ވެދުން

  2. އަބްދޫ

    ކޮންގެވެށި އަނިޔާކިޔާކަށް އަންހެނުންއަންހެނުންގެ މަގާމްގަ ކިޔަމަނުގަ ތިބެންޖެހޭފަރަތްތަކަސް ކިޔަމަންތެރިވެ އުޅެނަމަ އެންމެން ތިބޭނީ އުފަލުގަ. މާތްﷲ ހުރިހާއިންސާނުން ދުޔިޔޭގެ މައީސަތުގަ ލައްވަފަ ވަނީ ތަފާތު ދަރަޖަ ތަކުގަ އެކަން ކީރިތި ގުރްއާނުގަ މާތްﷲ ވަހީކުރައވާފަވޭ.އަދި އެކަން ދުނިޔޭގެ މައީސަތުންފެންނަންވެސް އެބަހުރި.މުއްސަނދިން ތިބީވެސް ތަފާތު ދަރަޖަ ތަކުގާ ފަގީރުންތިބީ ވެސް ތަފާތު ދަރަޖަތަކުގާ އިލްމުވެރިންތިބީ ވެސް ތަފާތު ދަރަޖަ ތަކުގާ ފިރިހެނުންތިބީ ވެސް ތަފާތު ދަރަޖަތަކުގާ އަންހެނުންތިބީވެސް ތަފާތު ދަރަޖަތަކުގާ މާތްﷲ ދެއްވަ ރިޒުގު މިލިބެނީވެސް ﷲ ގެ އަލަކު ގެ މަސައްކަތުގެތެރެއިން ލިބޭ މުސާރައިން. ހަމަހަމަ އެކަކުވެސް އެބަހުރިބާ ދެންބަލަބަލަ އެމިހާގެ ބަޔޮލޮޖިކަލް އެއްވެސް މީހެއްގެ ލޭގެ ސެލްތައް ހަމަހަމ ތޯ؟ ދޮންކަޅު އެއްވަރުތޯ ކުރުދިގު އެއްވަރުތޯ ލޮލުގެފެނުން އެއްވަރުތޯ ތިމާގެ ގައިގަ ހުރި ބާރު އެއްވަރުތޯ ބަރުދަން އެއްވަރުތޯ؟ ދުނިޔެ ފަސާދަ ނުކޮށް މިކަންކަމަސް ވިސްނަ ﷲ ގެ މަތިން ހަނދުމަކުރަމިހާ ތިމާ ދުނިޔޭގެ މައީސަތުގަ ހަމަހަމ ކަމަކަށް ދައުވާނުކުރާނެ ހަމަހަމ ކަމަށް ދައުވަކުރާމީހާ އެހަދަނި ދޮގު އެކަމަށް ގިޔާމަތް ދުވަހު އަޒާބު ލިބޭނެ. ދެން ކީރިތި ގުރްއަނުގާ މާތްﷲ މީސްތަކުންނަށް އަންގަވާފައިވަނީ ތިމަންސުވަމީންގެ ހަޒުރަތުގައެންމެން ހަމަހަމަ ކަމުގާ އޭގެ މާނަޔަކީ ގިޔާމަތް ދުވަހު އެންމެން ވެސް ތިބެހުށި ހަމަހަމ އިންސާނުންގެ ގޮތުގައޭ މޮޅުދެރައެއް ނެތެ އެދުވަހު އަޒާބާއި ސަވާބު ލިބޭނީ އެމީހަކުކުރި އަމަލުތަކުގެ މައްޗަށޭ. އަދުލު ވެރިކަމާއެކު އެދުވަހު ނިޔާކުރައްވާނެޔޭ. ދުނިޔޭގެ މައީސަތުގާ އެންމެން ހަމަހމަޔޭކިޔާ ދޮގުވާހަކަދައްކައިގެން ދުނިޔެ ފަސާދަ ކުރާމީހުނަށް ގިޔާމަތްދުވަހު ގަދަފަދަ އަޒާބު ލިބޭނެ.