ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރައްވާ ކެމްޕޭންގެ ތެރެއިން ހާއްސަ ހަރަކާތެއް "ޓީމް ރައީސް ޔާމީން ގޯއްޗަށް" ނަމުގައި މިއަދު ފަށަން ނިންމައިފިއެވެ.

މިހަރަކާތް ކުރިއަށް ގެންދަވަނީ މެޑަމް ފާތިމަތު އިބްރާހިމް އިސްވެ ހުންނަވައިގެން ހިންގަވާ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުންނެވެ.

ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމިން ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ރައީސް ޔާމީންއަށް ތާއީދު އިތުރުކުމުގެ ޑޯޓްޑޯ ހަރަކާތައް މިއަދު ހަވީރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރަސްމީކޮށް ފަށާނެ ކަމަށެވެ.

"ޓީމް ރައީސް ޔާމީން ގޯއްޗަށް" ހަރަކާތުގައި ޖުމްލަ 3،000 ވޮލަންޓިއަރުން ހުރިހާ ގޭބިސީތަކަށް ޒިޔާރަތްކޮށް އާންމުންގެ ޝަުއޫރުތައް އަޑުއަހައި ރައީސް ޔާމީންއަށް ތާއީދު އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

މާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކުރިއަށް އޮތް ހަފްތާގައި މިހަރަކާތް ފަށާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަމަޟާން މަހަށް ޕީޕީއެމްގެ ޖަލްސާތައް މެދުކަނޑާލިގޮތައް އަދި ކެމްޕޭން ޖަލްސާތަކެއް ނުފަށައެވެ. ނަމަވެސް އެޕާޓީގެ އިސް ބޭފުޅުން ވަނީ ރަމަޟާން މަހު ވެސް ރަށްރަށަށް ޒިޔާރަތްކޮށް ކެމްޕޭން ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަޓުބެ

    ރަނގަޅޭ މިފަހަރު ގޯއްޗަށް ފޮނުވާލާނަން ރަނގަޅަށްވެސް

    • Anonymous

      ނުވާނެ ތިކަމެއް. އިންޝާ ﷲ.

  2. ހައުކަމް

    އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަނގަޅު ކުރަން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަނީ ނަމަވެސް އިންޑިއާގެ ފޮރިންގް މިނިސްޓަރު އެދިފައިވާ ކަމަކީ އެއީ ރާއްޖޭގެ ރިސޯރޓްސް ތަކުގައި ދިވެހި ދަރިންނަށް ހުރި ވަޒީފާ ތައް އިންޑިއާ މީހުންނަށް ދިނުމޭ އެވާހަކަ ތަކަކީ އެއީ އެއް ގޮތަކަށް ވެސް މަޝްވަރާ ކުރެވިގެން ވާނެ ވާހަކަ ތަކެއް ނޫނޭ އުސޫލެއްގެ ގޮތުން ރާއްޖޭގެ އެއްވެސް ރިސޯރޓަކުން ލަންކާ އަދި އިންޑިއާ މީހުންނަށް މަހަކު 200 ޑޮލަރަށް ވުރެން މަތީ މަގާމް ތަކަށް އާދެވިގެން ނުވާނެއޭ ލަންކާ އިންޑިއާ މީހުންނަށް ރިސޯރޓްސް ތަކުން ވާރކް ވިސާ ނުދޭނަމަ ރާއްޖޭގެ އާބާދީގައި މިހާރު ވަޒީފާ ނެތިފައިވާ ބޮޑު ބަޔަކަށް ރިސޯރޓްސް ތަކުން ވަޒީފާ ލިބޭނެއޭ. މާލޭގެ ބެކް ޔާރޑްގައި އޮތް ހުޅުލެ އައިލެންޑް ހޮޓަލުގެ ޖީއެމް ކަން ކޮށްލާނެ ދިވެއްސަކު ނެތޭ ސަރުކާރުން ބުނެފިނަމަ ސަރުކާރުގެ މޫނަށް މަމެން ޖަހާނީ ކަރުކަހާފައި ކުޅު އޭ މަމެން ނަށް އެކަންގަބޫލު ނުކުރެވެތީއޭ މަޓީގެ ބޮޑުންނަށް ނޫން ވޯޓް ދީގެން ހޮވީ ރާއްޖޭގެ ރައީސް އަކަށް.

  3. ށަލްމާނު

    މިގޯއްޗަށް ނާންނާތި. ސައްޕުޖަހާ ފޮނުވާލާނަން.

    • Anonymous

      ނުކެރޭނެ. ލާރިގަނޑެއްދޭން ނުވަތަ ރާއްޖޭންބޭރަށްދާން އެހީއަށް އެދޭނީ. ސައްޕު ޖަހަން ޖެހޭނީ އަންނި ނަމަތާ. ދިވެހިންނަށް ބޮއްޅަބެ ކޮށްދިން ކަމެއްނޯންނާނެ.

  4. ދަރުހޮވާ

    ޖޭޕީގެ ރައީސް ކަން އަލީ ވަހީދަށް ދޭން މެމްބަރުންތަކެއް ދެކޮޅު ހަދަނީ ނަމަވެސް އެއީ ބަލަން ޖެހޭނެ ކަމެއް ނޫނޭ ސަބަބަކީ ތިޔާ ކޮންގްރެސް ގައި ބައިވެރިވާ 400 މެމްބަރުންނަކީ އެއީ ދަކަންޓްރީ ސައިޑޭ މެން ނޫންތޭ އެމެން ނަކީ އެއީ ގަރުގޮހޮރު ކޮޅެއް އެެއްލި ނަމަވެސް ވަރަށް ފަސޭހައިން ގޮހޮރު ކޮޅު ފެނުގައި ނުޖެހެނީސް އައިސް ބުޅީގައި ހިފާނެ އެއްޗެހީގެ ވާހަކަ އެއް ނޫންތޭ ތިޔާ ދައްކަނީ. އަލީ ވަހީދު ޖޭޕީގެ ރައީސް އަކަށް ހަދައިފިނަަމ އެމްޑީޕީ އާއި ވަރުގަދަ އަށް ކޮމްޕީޓް ކުރުމަށް ޓަކައި ވަރުގަދަ ބޫސްޓެއް ލިބޭނެއޭ ނަތީޖާ އަކީ އެއީ ޖޭޕީ ރިބާރތް ކުރުމުން އެމްޑީޕީގެ ގައުމީ މަޖްލީސް އެއް ކޮށް އަލީވަހީދު އުފުރާލައިގެން ގެންނާނެ ޖޭޕީ އަށް. އެހެން ވެއްޖެނަމަ ރާއްޖޭގައި ދެން އޮންނާނީ އެއީ ވެރިކަން ކުރާ ކޯލިޝަން ކަމަށްވާ ޕީޕީއެމް އެމްޑީއޭ ކޯލިޝަން ދެން އޮންނާނީ ޖޭޕީ އެކަނި އިދިކޮޅުގައި. އެމްޑީޕީ އުވާލާފައި އޮންނާނީ އަދާލަތު ޕާރޓީ އެއް ނުވެސް އޮންނާނެ އޭގައި އުޅޭ މީޙުން ދާނީ ސިޔާސީ ވަލަށް ދަރުހޮވަން ބޮލިހިލަން.