އެންވަޔަރަންމަންޓް މިނިސްޓްރ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް، ދެ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމަށް، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންއައްޔަން ކުރެއްވި ބޭފުޅުންނެވެ.

އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އައްޔަންކުރައްވާފައި ވަނީ ހ.ސުނާރު ހަދީޖާ ނަސީމެވެ.

ހަދީޖާ ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޭނާ ވަނީ ބައިނަލް އަގްވާމީ އަދި ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަގާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާ ތަޖްރިބާ ހޯއްދަވާފައެވެ. އެ މަގާމަށް އައްޔަން ކުރެވުއްވުމުގެ ކުރިން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެ މިނިސްޓްރީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަށް މިއަދު އައްޔަންކުރެއްވީ އަޙްމަދު އަފްޟަލް އިބްރާހީމެވެ.

އަފްޟަލް ވަނީ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް ( އޮނާސް) އިން މޮބައިލް ކޮމްޕިއުޓިން ޙާޞިލުކުރައްވާފައެވެ. އަފްޟަލް މީގެ ކުރިން ވަނީ ސަރުކާރުގެ އިދާރާތަކާ އަމިއްލަ ކުންފުނިތަކުގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސެން

  މަތިބަރެއް ނުން

  19
  2
  • Anonymous

   ގޯތި މީހުނަށް ދީފަ ދައުލަތުގެ ހަޒާނާގަ ބާކީ އެކައްޗެއްވެސް ނެތް.

   12
 2. ދަރަނި ދަންތުރަ

  ސާބަސް އަމިއްލަ ބާލިސް ބަންޑާރަ ކަފަ ، އަތްއަނބުރާލާފަ ޔާހަބޭސް ، ތިއޮތީ ތަރިކަމުދާގަނޑެއް ބަހާލާ ބަހާލާ

  19
 3. ބޭރި

  ގައުމު ފުނޑެމުންގޮސް ރަށްޔަތުންގެ ސިއްހީ ނިޒާމު ބޮށްސުންލައިގެން ދާއިރުވެސް އަމިއްލަ އަންބޮނޑި ބޮޑުކުރަމުން ކިތަންމެ ވަރަކަށް އުޅުނަސް މާދަމާ އަންނިފަދައިން އިސްތިއުފާދޭނެ .

  17
 4. Happy 123

  ޢަހަރުމެންގެ މޫސާރަ ބުޑުކުރަން ބުނީމަ ފއިސާއެއް ނެތް މި ކޮންތާކުން ލާރި ނެރެނީ😡