ކޮވިޑް-19ގެ ވޭދަނައެއް ފެނިގެން މިދިޔަ ބުރާސްފަތި ދުވަހު ބަންދު ކުރި ހއ. ދިއްދޫން ހަތަރު ދުވަސް ތެރޭގައި 15 މީހަކު އެ ބައްޔަށް ފައްސިވެއްޖެއެވެ.

ދިއްދޫން ކޮވިޑް ފެނި އެރަށް ބަންދުކޮށްފައިވާއިރު، އެރަށުން ފުރަތަމަ ފައްސިވަމުން ގޮސްފައި ވަނީ ގިނަ މީހުން ދާ ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ މީހުންކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އެހެން ނަމަވެސް ފަހުން އެރަށުން، އެރަށު މީހުންވެސް ދަނީ ފައްސިވަމުންނެވެ.

އެގޮތުން އެރަށުން ބުރާސްފަތި ދުވަހު ފައްސިވީ ބިދޭސީއެކެވެ. އެ ދުވަހު ފައްސިވީ ފްލޫ ކްލިނިކަށް ދެއްކި ބިދޭސީއެކެވެ. އެ މީހާއަކީ ސެލޫނެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ހުކުރު ދުވަހު އެރަށުން ކުއްލި ގޮތަކަށް ނިޔާވި ބިދޭސީއަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެެވެ. އެއީ އެރަށު ފަހާތަނެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އެ މީހާއާ ގާތުން އެއްތާވި އެތަނުގައި މަސައްކަތް ކުރާ މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ފަހުން އެރަށު ފިހާރައެއްގައި މަސައްކަތް ކުރާ މީހަކާއި، އިތުރު ބިދޭސީންތަކެއްވެސް ފައްސިވިއެވެ. އޭގެ ތެރޭގައި ވަކިތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވި މީހުން ހިމެނެއެވެ.

ދިއްދޫގައި އަނެއްކާވެސް ކޮވިޑްގެ ވޭދަނަތައް އިތުރުވާން ފަށާފައިވާއިރު، އެރަށުން މީގެ ކުރިންވެސް ވޭދަނަތަކެއް ފެނި ބަންދު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު