ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެެވެ.

އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އެ މައްސަލަ ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއާއެކު އެ އަންހެން ކުއްޖާގެ އާއިލާއިން ވަނީ އެ މައްސަލަ ފުލުހުންނާއި ޖެންޑާގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި އޭގެ އަނެއް ދުވަހު އޭނާ ހައްޔަރުކުރިއިރު، ފުރަތަމަ އޭނާގެ ބަންދަށް ޖަހާފައި ވަނީ 24 ގަޑިއިރެވެ. އަދި 24 ގަޑިއިރު ހަމަވުމުގެ ކުރިން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އާއިލާާއިން މައުލޫމާތުދިން ގޮތުގައި ބިދޭސީ މީހާ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެ ކުއްޖާ ދިިރިއުޅޭ ގެއަށް ގޮސްގެންނެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޯގާތެރިވޭ

    މާދަމާފެންނާނެ ސާބިތުދަރަންޏެއްނެތޭ ކިޔަފަ ދޫކޮއްލާތަން ގާނޫނު ތަންފީޡް ކުރެވެނީ މީރާގަނޫނާއި ސައިކަލްގައިސްޓިކާޖަހާ ގާނޫން ދެންކީއްތޯ ކުރާނީ ތިޔަމީހާގެ އައިޑީއެއނެތޭ އޭނާއެއީ ކޮންގައުމެއްގެ މީހެއްކަންނޭނގޭކިޔާފަ ވެސް ދޫކޮއްލަފާނެކަމައް ލަފާކުރެވެނީ މާސްކްނާޅާއުޅޭ ބޭރުމީހުންނައް މިހާތަނައް ކަން ވެފައިވާގޮތަކުން މިހެންކިޔެނީ

  2. ކިހާދެރަ

    ސުންނަތް ފޮލޯކުރާ މީހުންނަށް އޮތް ގޮތް މީ