ދީނަށް ފުރައްސާރަ ކުރާ މީހުންނާއި މެދު މި ރާއްޖޭގައި ފިޔަވަޅެއް ނޭޅޭ ކަމަށާއި އެހެން ނަމަވެސް ދީނީ އިލްމުވެރިންނަށް ބިރު ދައްކަމުން އަންނަ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ އަގީދާއާއި ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހު ކުރަން ސަރުކާރުން ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅާއި އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ބަޔަކު މީހުން ހަދާފައިވާ ދިރާސާއެއް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ރީޓްވީޓް ކުރެއްވުމުން އޭނާގެ މައްސަލަ ބަލަން ހުށަހަޅާފައިވާ ދަނޑިވަޅާއި ދިމާކޮށެވެ.

އެގޮތުން ޝަހީމް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދީނާ ގުޅިގެން ނަފްރަތު އުދެއްދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ. އަދި އެއިން އެއްވެސް މައްސަލައަކާއި ގުޅިގެން ފިޔަވަޅެއް ނޭޅޭ ކަމަށާއި ނަމަވެސް ދީނީ އިލްމުވެރިޔަކު އޭނާ އަށް ފެންނަ ރައުޔެއް ބުނުމުން ބިރު ދައްކައި ކަންކަން ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ނަފްރަތު ނައްތާލަން ބޭނުންނަމަ އެބަޖެހޭ އަދުލުވެރިވާން" ޝަހީމް ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން ބަޔަކު މީހުން ހަދާފައިވާ ދިރާސާއެއް ޓުވިޓު ކުރެއްވުމުން އިޔާޒުގެ މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅާފައިވާތީ އޭނާ ވަނީ އެކަމަށް މާފަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަލާ ވެރިކަމެއް މިއޮތީ

    ނޫސްވެރިންނަށްވެސް އިންޒާރުދީ ބިރުދައްކަނީއޭ..

    13
    2
  2. ހަސަދު

    އިލމު ވެރިންނަކީ ކޮބާބާ!!!. މަތީތައުލީމް ތަނަކުން ފާހެއް ނަގިއަކަސް އިލްމު ވެރިއަކަށް ނުވާނެ. ދީނީ މައްސަލަ ތަކުގައި ވާހަކަ ދައްކަން ޖެހޭނީ ވަރަށް ރަނގަޅަށް ދީން އެގިގެން. "ފިލާވަޅުގެ 50% ދަސްކޮށްގެން ހުންނަ މީހާ އިލްމު ވެރިއަކަށް ނުވާނެ"

    10
  3. ސާމާނުބެ

    ދީނަށް ފުރައްސާރަ ކުރީމާ ފިޔަވަޅު އަޅާނީ މަތިން

    4
    5
    • އަހުމަދު

      އެހެންވެއްޖެއްޔާ މީހުނައް ލާދީނީ ގޮވީމަވެސް އަޅާނީ މަތިން

      10
      2
  4. އަހުމަދު

    މިހާރު ދައްކަނީ ބިރު. ބިލް ފާސް ކޮށްގެން ހައްޔަރު ކުރެވޭތޯ އެ މަސައްކަތް ކުރަނީ. މީ ގަބޫލު ކުރެވޭނެ ކަންކަމެއް ނޫން

    16
    2
  5. ޑީނޯ

    ސަހީމު ކޮބާތޯ މިހާރު ރަންފިހާރަކުގެ ހަބަރަކީ.

    2
    13
  6. ވަފާ

    އަދާލަތު ޕާޓީ އޮންނަނީ ގިނަވަގުތު ނިދާފަ ނުވަތަ މަންމަން ހާލުގަ.

    14
    1
  7. އަލީ

    ޝަހީމު ގެ އެއްވެސް ކޮމެންޓެއް ނެތްތޯ އަންހެންކުދިން ހިތާނުކުރުމާދޭތެރޭގަ؟