ކޮވިޑް-19ގެ ވޭދަނައެއް ފެނި ބަންދުކޮށްފައިވާ ހއ. ދިއްދޫން މިއަދު މިހާތަނަށް ނުވަ މީހަކު އެ ބައްޔަށް ފައްސިވެއްޖެއެވެ.

މިއާއެކު މިހާރު އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 18 އަށް ވަނީ އަރާފައެވެ. އެރަށުން މިއަދު ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި އެރަށު ފްލޫ ކްލިނިކަށް ދައްކައިގެން ނެގި ސުންކުތަކުން ފައްސިވި މީހުން ހިމެނެއެވެ. އަދި ފައްސިވި މީހުންގެ ތެރޭގައި ބިދޭސީންވެސް ހިމެނެއެވެ.

ދިއްދޫން މިފަހަކުން ކޮވިޑް ފެންނަން ފެށީ ބިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ، އެ ދުވަހު އެރަށުން ފައްސިވީ ފްލޫ ކްލިނިކަށް ދެއްކި ބިދޭސީއެކެވެ. އެ މީހާއަކީ ސެލޫނެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ހުކުރު ދުވަހު އެރަށުން ކުއްލި ގޮތަކަށް ނިޔާވި ބިދޭސީއަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެެވެ. އެއީ އެރަށު ފަހާތަނެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އެ މީހާއާ ގާތުން އެއްތާވި އެތަނުގައި މަސައްކަތް ކުރާ މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ފަހުން އެރަށުން ކޮވިޑްގެ ވޭދަނަތައް ފެންނަމުންދާއިރު، އެރަށުަގައި މިހާރު ބަލި ޖެހިފައި ތިބި 17 މީހަކު އެބަތިއްބެެވެ.

ދިއްދޫން ކޮވިޑް ފެންނަން ފަށާފައި ވަނީ،އެރަށުން މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް ފެނި ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުން، ރަށް ހުޅުވާލާފައި ވަނިކޮށެެވެ.

ކިޔުންތެރިންގެ ހިޔާލު