ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަމުން ގެންދެވި ގ.ކެނެރީގޭގެ ސެކުއިރިޓީ ދަށްކޮށްފައިވާ ކަމަށް ނަޝީދުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުލް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވަނީ ކެނެރީގޭގެ ސެކިއުރިޓީ ދަށްކުރެއްވީ އޭނާ އއ.މާޅޮހަށް ފުރުއްވީމަތޯ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ސުވާލު ކުރައްވާފައެވެ.
މި ކަމުގެ ތަފްސީލް "ވަގުތު" އަށް ޚިއްސާ ކުރައްވަމުން ނާޒިމް ވިދާޅުވީ އޭނާ މާޅޮހަށް ފުރިފަހުން އާއިލާއިން މައުލޫމާތު ދެއްވި ގޮތުގައި ކެނެރީގޭގެ ސެކިއުރިޓީ ބަލަހައްޓަން މިހާރު ހުރީ އެމްއެންޑީއެފްގެ އެންމެ ސިފައިންގެ މީހެކެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ކެނެރީގޭގައި ނަޝީދު ދިރިއުޅުއްވާ ބައިގައި މީގެ ކުރިން އެމްއެންޑީއެފްގެ ޖުމުލަ ހަތް ސިފައިން ތިބޭ ކަމަށެވެ.
"ރައީސް ނަޝީދު ދިރިއުޅުއްވާ ބައި ކުރިމަތީ މަގުމަތީގަ ދެ ގާޑުން ތިބޭނެ، އެތެރޭގަ ހަތަރު ގާޑުން، އަދި އެސްޕީޖީ ގާޑެއް ވެސް ހުންނާނެ، ޖުމުލަ ހަތް ގާޑުން ތިބި، އަޅުގަނޑު ފުރަން ދެން ވެސް ތިބި، އެކަމަކު މިހާރު ހުރީ އެންމެ ގާޑެއް،" ނާޒިމް ވިދާޅުވިއެވެ.
މި ކަމުގައި އެމްއެންޑީއެފްގެ ބަހެއް ހޯދަން މަސައްކަތް ކުރެވުނު ނަމަވެސް އަދި އެމްއެންޑީއެފްގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
ކެނެރީގޭގެ ސެކުއިރިޓީ ދަށްކުރިއިރު މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.
ނަޝީދު ޖަރުމަނަށް ވަޑައިގެންނެވި ފަހުން ވެސް ކެނެރީގޭގައި ކުރިން ތިބޭ އަދަދަށް ސިފައިން ތިބެއެވެ. ސިފައިން މަދުވެފައިވަނީ އިއްޔެގެ ވަގުތަކުން ފެށިގެންނެވެ.
ނަޝީދު ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭގައެވެ. އޭޑީކޭގައި ގިނަ އޮޕަރޭޝަންތަކެއް ވެސް ކުރިއެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު، ޖަރުމަނަށް ވަޑައިގެން ފަރުވާ ހޯއްދަވަނީ އެ ގައުމުގައި ހުރި މިލިޓަރީ ހޮސްޕިޓަލަކުންނެވެ. އެ ތަނުން ވެސް ނަޝީދުގެ ފަޔާއި އަތުގެ އޮޕަރޭޝަންތަކެއް ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުންނަމަ، އަންނަ ނޮވެމްބަރު މަހު ވެސް އެމަނިކުފާނުގެ އޮޕަރޭޝަނެއް ކުރަން އެބަ އޮތެވެ.
މި ހަމަލާގެ ތަހުގީގު ފުލުހުން ކުރަމުން ދަނީ ބައިނަލް އަގްވާމީ މާހިރުންގެ ވެސް އެހީ ހޯދައިގެންނެވެ މިހާތަނަށް މި މައްސަލައާ ގުޅުވައި ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ހަމަލާއަކީ ހަރުކަށި ފިކުރުގެ ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމުގައި ބެލެވެއެވެ. ހަމަލާ ދިނުމުގައި އިސްކޮށް ތިބީ އެ ފިކުރު ފަތުރަމުންދާ ބަޔެކެވެ.
ސެކިއުރިޓީ އެއީ ފާރާނާފަ ހުންނަ އިމާރާތަކަށް ދެއެއްޗެއް ނޫން އެއީ އެތާ ދިރިއުޅޭ މީހަކަށް ދެވޭ އެއްޗަކަށް ކިޔާނަމެއް ނުންތޯ ؟
ވެންޑެލިޒަމުން ސަލާމަތްކުރުމުގެ ބޭނުމުގަ އިމާރާތްތަކަށް ވެސް ސެކިއުރިޓީ ދޭ.ނަމަވެސް ތިޔާ ނާޒިމް އެއީ ވަކި މީހެއްގެ މަޝްހޫރުކަމުގެ ހިިޔަނީގަ ހުރެގެން އިތުރު މަޝްހޫރުކަމެއް ހޯދަން އުޅޭ މީހެއް.ހެހެހެހެ.
މާމިހިންމުމީހެއް ނޫވީމަކަމައް ވާނީ
ކަލެއަށް އެކަނިތަ ގާޑުން ލިބެން ޖެހެނީ.މީނަ މިއީ އަދި އަންނިގެ ފޭމަސްކަމުގެ ހިޔަނީގަ ހުރެގެން މަޝްހޫރުވާން އުޅޭ ކަނޑުކޮހެއް.ދިވެހި ކޮންމެ ރައްޔިތަކަށް ގާޑެއް ލިބެންޖެހޭކަމަށް ވަކާލާތުކޮއްބަލަ.ވ.ވެދުން
ނަޝީދަށް ދޭ ސެކިއުރިޓީ އެއް އޭނަ ނެތީސް ދެން އެކަކުވެސް ބަހައްޓާނެ ކަމެއް ނެތެއްނު....ނާޒިމަށް ހީވަނީ ކަންނޭނގެ އޭނައަށްވެސް ދޭ ސެކިއުރިޓީ އެކޭ....އަނެއްކާ ސަރުކާރުން އެ ދެނީ ގެ ވެސް...ދެން ކީއްކުރަން ކެނެރީގޭގަ ސެކިއިރިޓީ ދޭންވީ
އެސްޕީޖީ އޮފީސް ތިގޭގަ ހަދާބަލަ އޭރަށް މުޅި އެސްޕީޖީ އޮންނާނީ ތިގޭގައި. އަޅެފަހެ ތީ ދެން ކޮންބަޔެއް މި ޤައުމުން ސެކިއުރިޓީދޭން؟
ސަލާމަތީ ބާ ރުތަކުން ރައްކާތެ ރިކަން ފޯ ރުކޮށްދޭން ޖެހޭ ފަ ރާތަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖުލީހުގެ ރައީސް މުހަންމަދު ނަޝީދު. އެބޭފުޅާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން މިހާރު ކެނެރީގޭގައި ސަލާމަތީ ބާރުތަކުން ތިބުމުގެ މާނައެއްނެތް
ގ. ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) އަށް ސެކިއުރިޓީ ދޭކަށްނުޖެހޭ. އެއީ ދިވެހިރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި މުދާ އޭނާގެ އައުވާނުންލައްވާ އަންދާ އަޅިޔަށްހަދާފަހުރި މީހެއް. ނިކަމެތި ރައްޔިތުން ނުރައްކަލުގެ ތެރޭގައި ބިރުވެރިކަމާއިއެކު އުޅޭއިރު މަތިފަޑީގެ ބޭފުޅުންނޭ ކިޔާ މީހުން ވަކި ސެކިއުރިޓީއެއްގަ ދަގަނޑުތޮށީގެ ތެރޭގައި ތިބެގެން ރައްޔިތުންގެ ފައިސާ ކައި ހުސްކުރަނީ. ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތިވެ ބިކަވަނީ.
ކާކުތަ ސިކިއު ރިޓީން ނަން މުސާ ރަދެނީ ދައުލަތުން މުސާ ރަ ދެނީ ހާދަ މަތީގައި ބޭފުޅާ ތިޔަ އުޅުއްވަނީ
ސިކިއުރިޓީ ދޭންޖެހެނީ އައްނިއަށް.
އޭނާގެ ކޮއްކޮ އާއި އޭނާގެ ބޭބެއާއި އޭނާގެ ދައްތަ އާއި އޭނާގެ ގޭގައި އުޅޭހާ ބަޔަކަށް ދައުލަތުގެ ފައިސާ ހަރަދުކުރާކަށް ނުޖެހޭނެ.
އައްނިހުރީ ޖަރުމަނުގައި ، އަންނަންދެން އެކަކު ހުއްޓަސް މައްސަލައެއްނޫން.
ކެނެރީގޭގެ ސެކުއިރިޓީ ބަލަހައްޓަނީ ނާޒިމް އަބްދުލް ސައްތާރު ކެނެރީގޭގައި އުޅުއްވާތީ އެއްނޫން ދޯ؟؟ އަނެއްކާވެސް ރައީސް ނަޝީދު ވަޑައިގެންނެވީމައި ކެނެރީގޭގެ ސެކިއުރިޓީ އެކަން އޮންނަ އުސޫލުން ކުރިޔައް ދާނެ...
ވވ ސަލާމް
ބަޔަކު ނެތްތާގައިު ކޮން ސެކުއިރިޓީއެއް.ނަޝީދު ހުރީއަކީނުން.