ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން 4,960 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ގާއިމު ކުރުމާއި 17,790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ސާވިސް ލައިން އެޅުމާއި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

 

މި މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.