މާލެ ސަރަހައްދުގައި ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ހުންނަ މުއްދަތު ޖުލައި 03 އަށް އިތުރު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ދެންމެ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އަންގަވާފައިވާ އެންގުމާއި ގުޅިގެން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފައިވާ ކަމަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި، މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައިވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކޮށްފައިވާ ދެންނެވުމުގައި، ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޖުލައި މަހުގެ 03 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދުކުރިއިރު ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަޟްހާ އީދާއި މިނިވަން ދުވަހާއި ގުޅިގެން ވެސް ބޮޑު ބަންދެއް ސަރުކާރު މުވައްޒަފުންނަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދޯރި

  ޖުލައި 03 އެއި މިއަންނަ ހޮނިހިރު ދުވަސް.

 2. ޗާންދަނީ

  މި 5 އަހަރު މިގޮތަށް ދުއްވާލާ އޭރަށް ވެރިކަމުގައި ބަގުޑިބައްދައި ތިހެން ހުރެވޭނި ، ކޮންމެސް ކޮންމެސް ދުލެއް ނުދޭތި ވެއްޓިދާނެ~

 3. Anonymous

  އޮފީސްތައް ހުޅުވަނީ މަސައްކަތް ކުރަން ކުރާނެ ކަމއްނެތީމަ ބަންދުކޮއްބަހހއްޓާ ހެޑް އޮފް ސްޓޭޓަކައް ހުރިީ ބޯނެއްރުކެއް

 4. އައްބެ

  އީދުގެ ފަހުން ހުޅުވާގޮތަށް ނިންމީމައި ނިމުނީނުން. ދެދުވަހުން އެއްދުވަހު އިއުލާންނުރެނެ.

  5
  2
 5. ޔޫސޭ

  އޮފީސްތައް ނު ހުޅުވިޔަސް މިސްކިތްތައް ހުޅުވާދޭށޭ!