ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ޕާޓީތަކުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި، ސިޔާސީ ގިނަ ޕާޓީތަކުން ބޭނުން ވަނީ ރައީސް ޔާމިން ވެރިކަމުން ދުރުކޮށް ހުދުމުހުތާރު ވެރިކަމަކުން މިގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

" މިވެރިކަން ބަދަލު ކުރުމަށް ޕާޓީތަކުގެ ތެރޭގައި ކުރަން ޖެހޭ މަޝްވަރާތައްކޮށް، ނިންމަން ޖެހޭ ނިންމުންތައް ނިންމާނެ " ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ބަދަލުކުރުމަށް ތަފާތު ގިނަ މުހުލަތުތަކެއް ދީފައެވެ. ނަމަވެސް އެއިން އެއްވެސް ތާރިހެއްގައި ވެރިކަން ބަދަލުވެފައެއް ނުވެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސް އަށް އިޝާރަތް ކުރައްވާ ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މިހާރު މުޅި އއ. އަތޮޅަށް ބޮޑު އީދެއް އައިސްފައިވާ ކަމަށާއި، އަތޮޅުގެ ރައްޔިތުން ވެސް އަންނަނީ ވަރަށް ފުރިހަމައަށް މިކޮންގްރެސް އަށް ތައްޔާރުވަމުން ކަމަށެވެ.

"ސިޔާސީ ޕާޓީއެއްގައި ހަރަކާތްވާންޖެހޭ ގޮތަށް ނުވަތަ ހަރަކާތްތެރިވުމަށް އެޕާޓީގެ މުސްތަގުބަލަށް ބިނާކުރުމަށް ގެންނަން ޖެހޭ ބަދަލެއް އޮތިއްޔާމުން މިވަގުތު ގެންނާނެ،" ޝިފާޒު ވިދާޅުވިއެވެ.

ޕީޕީއެމް އަކީ ފޭރިގަނެފައިވާ ޕާޓީއެއް ކަމަށް ވިދާޅުވެ ޝިފާޒު ވިދާޅުވީ ޕީޕީއެމްއިން ކޮންގްރެސްއެއް ބާއްވާނެ ކަމަށް އުންމީދުކުރުމަކީ ވެސް ބޭކާރު ކަމެއް ކަމަށެވެ. އޭނަ ވިދާޅުވީ ހުދުމުހުތާރު ވެރިންނާއި ހުދުމުހުތާރު އުސޫލުތައް ދަމަހައްޓަން ބޭނުންވާ ބޭބޭފުޅުންނަށް ޑިމޮކްރަސީގެ އުސޫލުތައް ކަމަކު ނުދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލައިސާ އާމިރު

    2013 ވަނައަހަރުގެ ޑިސެމްބަރުންފެށިގެން ތިއެއްނު އަމާޒަކަށްހަދައިގެން ކުރާކަމަކީ؟ ތިވާހަކަތައް އަޑުއަހާއަހާ ފޫހިވެއްޖެ! އާ ވާހަކެއް ދައްކާބަލަ!

  2. ލައްޓި

    ކަލޭ ރަނގަޅުވާނީ ވެބްކެމް ކުރިމަތީގައި ހުރިއްޔާ.

  3. ދޮންޔޫސުފު

    ޝިފާޒު ބަފާ ހިންގި ޖަރީމާ އަކުން ބާރަށު ސްކޫލުގެ ވަޒީފާއިން ވަކިކުރީމަ އެރުޅިގަނޑު މި ބާލަނީ

  4. ހޮޅީކޮޅު

    ރައްޔިތުން އަމާޒުހިފާފަ ހުރީ ރައީސް ޔާމީން 2018އިގަ 2ވަނަ ދައުރަކަށް އިންތިހާބުކުރަން. އަދި އިދިކޮޅު ޕާޓީތަކުގެ ތެރޭގައި ތިބި ކުނިބުނި ސާފުކޮށް ރަނގަޅު ހަމަޖެހޭ އިސްލާމީ އަދަބިއްޔާތާއި އުސޫލުތަކުގެ މަތީގައި ހިނގާ ބަހާއި އަމަލުން އިޙްލާސްތެރިކަމާއި ތެދުވެރިކަމާއި ޙިދުމަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކާ ޕާޓީތަކަކަށް ތިޔަ ޕާޓީތަށް ބަދަލުކުރަން...އެކަން ކުރާނީ ރއްޔިތުން، ރައްޔިތުން މިހާރު ފިލާވަޅު ނަގައިފި..ތިޔަބައިމީހުން އަނބުރާ ގޭސްތަށް ވަރަށް ރަނގަޅަށް ދަސްކޮއްފި...ދެން އިތުރަށް ގައުމު ހަލަބޮލިކުރާކަށް ގެއްލުންދޭކަށް ގައްދާރުވާކަށް ފުރުސަތެއް ނުދޭނެ!

  5. ހުސޭނުބޭ

    އިދިކޮޅު ޕާޓީތަކަށް ގޮވާލަބަލަ ވެރިކަން ބަދަލުކުރުމަށް ހޭބޯނާރާ ވެބްކެމް ބޭނުންކުރުމަށް ލޮލް!

  6. ޕްލީޒް

    ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް ވާދަކުރައްވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޒަކާތް ފެށެން ޖެހޭނީ ގޭތެރެއިންނޭ ސޯ ގާސިމްގެ ހަނގު އަނބިން ޖޭޕީގެ ކައުންސިލް ގައި ބައިވެރި ވުމަކީ އެއީ ހަމަ ރަނގަޅު ކަމެކޭ. މަމެން އުއްމީދު ކުރަމޭ ގާސިމްގެ ހުރިހާ ކުދިން ވެސް ބައްޕަގެ ދުނިޔޭގައި ޖޭޕީގެ ކައުންސިލުގެ މަގާމް ތައް އަދާ ކުރާނޭ ކަމަށް މިއަދު އަދި ގާސިމް އަށް ހުކުމެއް އައިސް ރާއްޖޭން ބޭރުގައި ހުރި ނަމަވެސް މަމެން ރާވާފައިވާ ޕޮލިޓިކަލް ގޭމް ކާމިޔާބު ވާއިރު ރާއްޖޭގައި އިދިކޮޅު ޕާރޓީ އަކަށް އޮންނާނީ ޖޭޕީ އެކަންނޭ އެމްޑީޕީ އޮންނާނީ އުވާލާފައޭ ކެނެރީގެ ނަޝީދު ނުފެންނާނެއޭ ރާއްޖޭގެ ސިޔާސީ މައިދާނުން އޭނާ ހުންނާނީ ލަންކާގައޭ ދެން އޭނާގެ އުމުރު ހުސްވަން ދެން ގާސިމްގެ މުޅި ފެމިލީގެ ބާރު ޖޭޕީ ތެރެއަށް ގަދަ ކުރަންވީ ޕްލީޒް ޑޯންޓް ގިވް އިޓް އަޕް ޕްލީޒް ޑޯން ލެޓް ސަމްބަޑީ އެލްސް ޓު ރިޕްލޭސް ޔޫ...

  7. Anonymous

    އެންމެ އަގުހެޔޮކޮއް ފިލްމު(ވެބްކެމްފިލްމު) ކުއްޔައް ދޫކުރުން އެމްޑީޕީ ހަރުގެއިން