ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ.

އެނގިފައިވާ ގޮތުގައި މިއަދު ބާއްވާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް-19 އާ ގުޅޭގޮތުން އަޅާ އެންމެ ފަހުގެ ފިޔަވަޅުތައް ހާމަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަނެއްކާ ޑިލޭ ނުވާނެތޯ؟
    މިހެން މިދެންނެވީ މާޒީގައި ކަން ހިނގާފައިވާ ގޮތުންނެވެ.

  2. ލޯބިވާ ވަޠަން

    ބޭކާރު. އާ ލަވައެއް ނޯންނާނެ.

  3. އަސްލަމް

    އެމްއެންޑީއެފް ރެޑީތަ ބާލިދީ ހިފައިގެން ކަރުނަ ހިއްކަން