ޅ. ނައިފަރުގައި އާއްމު މީހަކަށް އަނިޔާ ކުރި ފުލުހުންގެ ތެރެއިން ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އިތުރު ދެ ފުލުހެއްގެ މަގާމު ދަށްކުރަން ނިންމައިފިއެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގާދިޔަ މިހާދިސާގެ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވާއިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ގިނަ އަދަދެއްގެ ފުލުހުން އޭނާ ހައްޔަރު ކުރުމަށް ބާރުގެ ބޭނުން ކޮށްފައިވާތަނެވެ. އަދި ދެ އަތާއި ފައިގައި ހިފައިގެން ފުލުހުންގެ އިދާރާއަށް ގެންދާ މަންޒަރު ވެސް ފެނިގެންދެއެވެ.
މިކަމާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން މި މައްސަލައިގައި ޝާމިލުވި ފުލުހުންނަށް ފިޔަވަޅު އަޅަން މި މަހު 22 ގައި ނިންމާފައިވާ ކަމަށެވެ.
"މައްސަލައިގައި 3 ފުލުހަކު ވަޒީފާއިން ވަކި ކުރުމަށް، އަދި ދެ ފުލުހަކު މިހާރު ހުރި ރޭންކު އިން އެއް ރޭންކު ދަށް ކުރުމަށް ވަނީ ނިންމާފައި" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައިގައި އަޅާފައިވާ ފިޔަވަޅު އިސްތިއުނާފު ކުރުމަށް، ބަންދު ދުވަސްތައް ނުހިމަނާ ހަތް ދުވަސް، މި މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ފުލުހުންނަށް ލިބޭނެ ކަމަށެވެ.
ނައިފަރުގައި ހުންނަ ފުލުހުންގެ އިދާރާގެ ފުލުހުންތަކެއް އެ ރަށު މީހަކަށް އަނިޔާ ކޮށްފައިވަނީ ފުލުހެއްގެ އަންބަކު މަގުމަތިން ދަނިކޮށް، ތުނބުން ފުމެ ފުރައްސާކުރި ކަމަށް ބުނެއެވެ. މި ހާދިސާއާއި ގުޅިގެން އެރަށުގައި ހަމަނުޖެހުން ހިނގަމުން އަންނާތީ އެކަމުގެ ތަހުގީގަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ވެސް އެރަށް ދިޔައެވެ.
ކޮބާހޭ ތި ފުލުހުން ކުރި ޖިނާއީ ކުށުގެ އަދަބު؟ މީހަކު ހައިރާނެއް ފަހެ ނުވާނެތަ؟
ކުށްވެރިން ހިމާޔަތްކުރާ ސަރުކާރު.. ޑްރަގް ބޮޑުން ހިމާޔަތް ކުރާ ސަރުކާރު.. ކުށްވެރިންގެ ހައްޤު އެކަނި އޮންނަ ސަރުކާރު..
މީހުންގެ އަނބުން ކޭރިއަށް ވަންނަ މީހުން ޖެހޭނެ ވަޒީފާއުން ވަ ކި ކުރައްވަން... ސާބަހޭ އިބޫ ސޯލިހު
ބުނެލާ ވާހަަކައެއް! ރަގަޅަށް ވިއްޔާ އެ އަނިޔާ ކުރި މީހާއަށް ދޭނީ ޕްރޮމޯޝަން
އެހެން ނޫނީ އެވަކި ކުރިމީހާގެ ވަނަވަރު ހާމަކޮށް ޖިނާޢީ ދަޢުވާ ނުކުރަނީ ކީއްވެ؟ މިހާރު އެވާނީ މާރާމާރީ ހިންގުމަށް! މަޤާމުގެ ބޭނުން ނަހަމަގޮތުގައި ހިފުން! ކިތައް ދަޢުވާ ކުރެވޭނެ
ފުލުހުން ހިންގާ ޖަރީމާތަކެއްނުބެލޭނެ. ދެތިން އަހަރު ކޮށްލާފަ ތި ފުލުހުންނަށް މުސާރަޔާ ރޭންކްތަކާ އެއްކޮށް ވަޒީފާ އަނބުރާ ދޭން އަންގާނެ. މިއަދާ ހަމަޔަށް ފެއްނަ މަންޒަރު. ރައްޔިތުންގެ ރުފިޔާއިން މުސާރަނަގާގެން ރައްޔިތުންނަށް ފައިދާއެއްނުވާ ބައެއް،